ޢާންމު މަޢުލޫމާތު
ނަންބަރު: (I)288/2020/097
ޕަބްލިޝްކުރި ތާރީޚް: 02 ނޮވެންބަރު 2020
ޕަބްލިޝްކުރި ގަޑި: 13:44
ސުންގަޑި: 04 ނޮވެންބަރު 2020 00:00
މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުބައްތި އިންސްޓޯލްކޮށްދޭނޭ ބަޔަކު ހޯދުން

ނ. ކުޑަފަރީގައި މީހުން އާބާދުވެފައިވާ ސަރަޙައްދުތަކާއި، އަލަށް އާބާދުވަމުންދާ ސަރަޙައްދުތަކާއި، އިޖުތިމާޢީ ސަރަޙައްދުތަކުގެ މަގުތަކާއި، ގޯޅިތައް އަލިކުރުމުގެ ގޮތުން މަގުބައްތި ޖެހުމަށް ހިންގާ މަޝްރޫޢުގެ ދަށުން، މަގުބައްތި އިންސްޓޯލްކުރުމުގއ ފުރަތަމަ ފިޔަވަހީގައި ހިމެނޭ 15 (ފަނަރަ) ބައްތި، ނ. ކުޑަފަރީ ކައުންސިލް އިދާރާއިން ކަނޑައަޅާ ސަރަޙައްދުތަކެއް ގައި އިންސްޓޯލްކޮށްދެއްވާނޭ ފަރާތެއް ހޯދަން 2020 އޮކްޓޫބަރު 14 ވަނަ ދުވަހު ކުރި މި އިދާރާގެ (I)288/2020/093 ނަންބަރު އިޢުލާނާ ގުޅިގެން ހުށަހަޅުއްވައިފައިވާ ބީލަމުގައިވާ އަގުތައް މާ ބޮޑުކަމަށް ފެންނާތީވެ އެ ބީލަން ބާޠިލްކޮށް، އަލުން އިޢުލާނުކުރަމެވެ.

ވީމާ، މަސައްކަތަށް ބޭނުންވާ މައިގަނޑު ތަކެތި މި އިދާރާއިން ދިނުމުން، މި އިދާރާއިން ކަނޑައަޅާ ސަރަޙައްދުތަކެއް ގައި 15 (ފަނަރަ) މަގުބައްތި އިންސްޓޯލްކޮށްދެއްވަން ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވައިލަމެވެ.

މަސައްކަތާ ގުޅޭ ގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމާއި، ބީލަން ހުށަހެޅުއްވުމުގެ ބައްދަލުވުން ތިރީގައިވާ ތާވަލާ އެއްގޮތަށް މި އިދާރާ ގައި ކުރިއަށް ދާނެއެވެ. އެއްވެސް ސަބަބަކާ ހުރެ މިއިން ދުވަހެއް ރަސްމީ ބަންދަކަށް ވެއްޖެ ނަމަ، ބައްދަލުވުން އޮންނާނީ ޖެހިގެން އަންނަ ރަސްމީ ދުވަހު، އެ ގަޑީގައެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

4 ނޮވެންބަރު 2020 (ބުދަ)

މެންދުރުފަހު 1:00

ބީލަން ހުށަހެޅުއްވުމުގެ ބައްދަލުވުން

8 ނޮވެންބަރު 2020 (އާދީއްތަ)

މެންދުރުފަހު 1:00

ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ، އެ ކަމަށް ތައްޔާރުކޮށްފައިވާ ބީލަން ފޮތުންނެވެ. ބީލަން ފޮތް ވިއްކާނީ 2020 ނޮވެންބަރު 5 ވާ ބުރާސްފަތި ދުވަހު ހެނދުނު 8:30އިން މެންދުރު 12:00ގެ ނިޔަލަށް ނ. ކުޑަފަރީ ކައުންސިލް އިދާރާއިންނެވެ. ބީލަން ފޮތެއްގެ އަގަކީ 100.00ރ. (އެއް ސަތޭކަ ރުފިޔާ) އެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށާއި، ބީލަން ހުށަހެޅުއްވުމުގެ ބައްދަލުވުމަށް، ބަދަލު ގައި މީހަކު ފޮނުއްވާ ނަމަ ސިޓީއަކާ އެކު ފޮނުއްވުން އެދެމެވެ. ސިޓީ ގައި ވެރި ފަރާތް، ނުވަތަ ކުންފުންޏަކުން ނަމަ، ކުންފުނީގެ އީމެއިލް އެޑްރެސް ހިމެނުއްވުން އެދެމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިނުގަންނަވާ ފަރާތްތަކަށް ބީލަން ހުށަހެޅުއްވުމުގެ ފުރުޞަތު ލިބިވަޑައެއްނުގަންނަވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރައްވަން ތިރީގައިވާ ނަންބަރަށް ގުޅުއްވުން އެދެމެވެ. ނުވަތަ އީމެއިލް އެޑްރެހަށް މެއިލްކުރެއްވުން އެދެމެވެ.

ކައުންސިލް އިދާރާގެ ފޯނު ނަންބަރު:

6560015

ކައުންސިލް އިދާރާގެ މޯބައިލް ފޯނު:

7763264

ކައުންސިލް އިދާރާގެ އީމެއިލް އެޑްރެސް:

[email protected]

ޕްރޮޖެކްޓް ފޯކަލް ޕޮއިންޓް (ކައުންސިލަރ މުޙައްމަދު ރަމީޒު)

9839383

 

16 ރަބީޢުލްއައްވަލް 1442ހ.

2 ނޮވެންބަރު 2020މ.

02 ނޮވެންބަރު 2020