ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)459-HR/1/2020/159
ޕަބްލިޝްކުރި ތާރީޚް: 02 ނޮވެންބަރު 2020
ޕަބްލިޝްކުރި ގަޑި: 12:05
ސުންގަޑި: 16 ނޮވެންބަރު 2020 13:30
މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް
ދިވެހިރާއްޖެ
ރަޖިސްޓަރޑް ނަރސް/ ސީނިއަރ ރެޖިސްޓަރޑް ނަރސް/ ކްލިނިކަލް ނަރސް

އިޢުލާނު

 

މަޤާމު:

ރަޖިސްޓަރޑް ނަރސް/ ސީނިއަރ ރެޖިސްޓަރޑް ނަރސް/ ކްލިނިކަލް ނަރސް

މަޤާމުގެ ނަންބަރު:

J-309273

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ސީއެސް 8-1

މަޤާމުގެ ކްލެސިފިކޭޝަން:

ނަރސިންގ ޕްރޮފެޝަނަލްސް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ފިޔަވަތި، ހުޅުމާލެ

ޔުނިޓް:

ހެލްތް ކެއަރ އެންޑް ކައުންސެލިންގ ޔުނިޓް

މުސާރަ:

6295/- ރުފިޔާ

މަޤާމް

ރޭންކް/ގްރޭޑް

އަސާސީ ޝަރުތު

އަސާސީ މުސާރަ

ކްލިނިކަލް ނަރސް

CS12-3

ކްލިނިކަލް  ނާރސް، ސީ.އެސް 12-2 ގްރޭޑްގައި މަދުވެގެން 2 އަހަރުގެ މަސައްކަތްކޮށް މަސައްކަތުގެ  ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތީ މާކްސް ހޯދާފައިވުން.

10940/-

CS12-2

ކްލިނިކަލް  ނާރސް، ސީ.އެސް 12-1 ގްރޭޑްގައި މަދުވެގެން 2 އަހަރުގެ މަސައްކަތްކޮށް  މަސައްކަތުގެ  ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތީ މާކްސް ހޯދާފައިވުން.

10660/-

CS12-1

މޯލްޑިވްސް ނާރސިންގ އެންޑް މިޑްވައިފަރީ ކައުންސިލް ގަބޫލުކުރާ ނަރސިންގ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ނަރސިންގ ދާއިރާއިން ޖުމްލަ 2 އަހަރު ދުވަހުގެ  މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

10410/-

ސީނިއަރ ރެޖިސްޓަރޑް ނާރސް

CS10-3

ސީނިއަރ ރެޖިސްޓަރޑް ނާރސް، ސީ.އެސް 10-2 ގްރޭޑްގައި މަދުވެގެން 2 އަހަރުގެ މަސައްކަތްކޮށް  މަސައްކަތުގެ  ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތީ މާކްސް ހޯދާފައިވުން.

10160/-

CS10-2

ސީނިއަރ ރެޖިސްޓަރޑް ނާރސް، ސީ.އެސް 10-1 ގްރޭޑްގައި މަދުވެގެން 2 އަހަރުގެ މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތީ މާކްސް ހޯދާފައިވުން.

9920/-

CS10-1

މޯލްޑިވްސް ނާރސިންގ އެންޑް މިޑްވައިފަރީ ކައުންސިލް ގަބޫލުކުރާ ނަރސިންގ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ނަރސިންގ ދާއިރާއިން ޖުމްލަ 2 އަހަރު ދުވަހުގެ  މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

9670/-

ރެޖިސްޓްރޑް ނަރސް

CS8-3

މޯލްޑިވްސް ނާރސިންގ އެންޑް މިޑްވައިފަރީ ކައުންސިލް ގަބޫލުކުރާ ނަރސިންގ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

9360/-

CS8-2

ރެޖިސްޓަރޑް ނާރސް، ސީ.އެސް 8-1 ގްރޭޑްގައި މަދުވެގެން 2 އަހަރުގެ މަސައްކަތްކޮށް  މަސައްކަތުގެ  ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތީ މާކްސް ހޯދާފައިވުން.

9210/-

CS8-1

މޯލްޑިވްސް ނާރސިންގ އެންޑް މިޑްވައިފަރީ ކައުންސިލް ގަބޫލުކުރާ ނަރސިންގ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

9060/-

 

ސަރވިސް އެލަވަންސް:

ދުވަހަކަށް 188 ރުފިޔާ

އެހެނިހެން އެލަވަންސް:

  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ
  • ހަމަޖެހިފައިވާ އުޞޫލުން ރިސްކް އެލެވަންސް ފައިސާ
  •  

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ފިޔަވަތީގައި ތިބޭ ކުދިންގެ ސިއްޙީހާލަތު ދުވަހުން ދުވަހަށް މޮނިޓަރކޮށް، ކުދިންގެ ސިއްޙީ ހާލަތު ދެނެގަތުން. އަދި ކުދިންގެ މެޑިކަލް ހިސްޓްރީ ބެލެހެއްޓުން.
  2. ދުވަހުން ދުވަހަށް ޑޮކްޓަރަށް ދައްކަންޖެހޭ ކުދިން ފާހަގަކޮށް ސުޕަވައިޒަރުންނާއި، ކޭސްވާރކަރުންނަށް އިރުޝާދު ދިނުން.
  3. ކުދިންނަށް ދިމާވާ ސިއްޙީ މައްސަތައް ފާހަގަކޮށް އިތުރު ފަރުވާ ބޭނުންވާ ކުދިން ޑޮކްޓަރަށް ދެއްކުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް، ސުޕަވައިޒަރުން މެދުވެރިކޮށް ކުރުން.                             
  4. •ދުވަހުން ދުވަހަށް ކުދިންނަށް ދޭންޖެހޭ ބޭސް ގަވާއިދުން ދިނުމަށް ކުދިން ބަލަހައްޓާ މުވައްޒަފުންނަށް އިރުޝާދު ދިނުމާއި، ގަވާއިދުން ބޭސް ދެމުން ދޭތޯ ބަލާ ޗެކްކުރުން.
  5. ސިއްޙީ ގޮތުން ޚާއްޞަ ސަމާލުކަން ދޭންޖެހޭ ކުދިން ފާހަގަކޮށް އެކުދިންގެ ހާލަތު އަވަސްއަވަހަށް މޮނިޓަރކުރެވޭނެ އިންތިޒާމް ހަމަޖެއްސުން. އަދި ހޮސްޕިޓަލަށް ގެންދަންޖެހޭ ފަދަ ހާލަތަކަށް ކުއްޖަކު ގޮސްފިނަމަ ލަސްނުކޮށް އެންމެ ކައިރި ހޮސްޕިޓަލަކަށް ގެންދިއުން.
  6. ހޮސްޕިޓަލުގައި އެޑްމިޓް ކުރެވޭ ކުދިން ކައިރިއަށް ޒިޔާރަތްކޮށް ޑިސްޗާޖް ކުރުމުގެ ކުރިން ހާލަތު އޮޅުން ފިލުވުން. އަދި ޑިސްޗާޖް ކުރުމުން ޑިސްޗާރޖް ސަމަރީ ރަނގަޅަށް ރިވިއުކޮށް ސުޕަވައިޒަރާއި، ކުދިން ބަލަހައްޓާ މުވައްޒަފުންނަށް ފޯރުކޮށްދޭންޖެހޭ އެންމެހާ މަޢުލޫމާތު ފޯރުކޮށްދިނުން.
  7. ހޮސްޕިޓަލުން އަލަށް ފިޔަވައްޗަށް ގެނެވޭ ކުދިންގެ މެޑިކަލް ހިސްޓްރީއާއި ޑިސްޗާޖް ސަމަރީ ރަނގަޅަށް ރިވިއުކޮށް ސުޕަވައިޒަރުންނާއި ކޭސްވާރކަރުންނަށް އިރުޝާދު ދިނުން.
  8. ގައިންގަޔަށް އަރާ އެއްވެސް ބައްޔެއް ފިޔަވަތީގެ ކުއްޖަކަށް ޖެހިއްޖެނަމަ، ކުދިންގެ ރައްކާތެރިކަމަށްޓަކައި ފިޔަވަތީގެ މެނޭޖްމަންޓާއި ގުޅިގެން ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  9. ވެކްސިން ދޭންޖެހޭ އުމުރުގެ ކުދިންނަށް ގަވާއިދުން ވެކްސިން ދީ ރެކޯޑް ބެލެހެއްޓުން.
  10. ރާއްޖެއިން ބޭރަށް ފަރުވާހޯދަން ގެންދަންޖެހޭ ކުދިންގެ މެޑިކަލް ޑޮކިއުމަންޓްތައް ހިއްސާ ކުރަންޖެހޭ ފަރާތްތަކަށް ހިއްސާކޮށް އެކުދިންގެ ފަރުވާ ކުރިއަށް ގެންދާގޮތް މޮނީޓަރކުރުން. އަދި އެފަދަ ކުދިންނާއެކު ރާއްޖެއިން ބޭރަށް ދާންޖެހިއްޖެ ހާލަތެއްގައި އެހީތެރިއެއްގެ ގޮތުން ދިއުން.
  11. ކުދިން ޑޮކްޓަރަށް ދައްކަންގެންދިއުމާއި، ކުދިންގެ ބޭސް ފަރުވާ ކުރުމުގައި ދެވިފައިވާ އިރުޝާދާއިއެއްގޮތަށް ކުދިން ބަލަހއްޓާ މުވައްޒަފުން ޢަމަލުކުރަމުންދާކަން ޔަޤީންކުރުން.                              
  12. ހެލްތް އެޑިއުކޭޝަން ޕްރޮގްރާމުތައް ރާވާހިނގަން އެހީތެރިވެދިނުން.
  13. ޞިއްޙީ ގޮތުން ކުދިންނަށާއި ކުދިންބަލަހައްޓާ މުވައްޒަފުންނަށް ދޭންޖެހޭ މަޢުލޫމާތުތައް ދެނެގަނެ، އެކަމަށް އެކަށީގެންވާ ސެޝަންތައް ނަގައިދިނުން.
  14. މަހަކު އެއްފަހަރު ހުރިހާ ކުދިން ހެދިބޮޑުވާގޮތް (ބަރުދަން، އިސްކޮޅު) ބަލާ ރެކޯޑްކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން( www.csc.gov.mv ( އަދި މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސް  ވެބްސައިޓުން www.gender.gov.mv) ) ލިބެންހުންނާނެއެވެ.(
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓު ނުވަތަ ޑްރައިވިންގ ލައިސަންސް.  
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

    (ހ)    މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް؛ ނުވަތަ ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި، ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކއު.އޭ ކޮލިފިކޭޝަން އެސިސްމަންޓް ރިޕޯރޓުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

    (ށ)    މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާ ނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:   

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

(ނ)   ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އުވާލާފައިވާ ތަންތަނުގައި މަސައްކަތްކޮށްފައިވާ ނަމަ،  އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން އަދި އެ ޖަމްޢިއްޔާ/ޖަމާޢަތަކީ ހިނގަމުންދާ ޖަމްޢިއްޔާ/ޖަމާޢަތެއްކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ  ވަޒީފާއަށް އެދޭ ފޯމް އާއި އެހެނިހެން ލިޔެކިއުންތައް (16 ނޮވެންބަރު 2020) ގެ (13:30) ގެ ކުރިން، ([email protected]) މި އީ-މެއިލް އެޑްރެސް އަށް ފޮނުވުންއެދެމެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓްކުރެވޭނެއެވެ.

 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، (18 ނޮވެންބަރު 2020) އާއި (18 ޑިސެންބަރު 2020) އާ ދެމެދު، (މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސް) ގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3027551 ނުވަތަ 3027525 އަށެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

 

16 ރަބީޢުލްއައްވަލް 1442

 02 ނޮވެންބަރު 2020

 

02 ނޮވެންބަރު 2020