ދިވެހިރާއްޖެ
އިޢުލާން
ކޮވިޑް-19ގެ ޙާލަތާއި ގުޅިގެން ފަތުރުވެރިން އަދި މިދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުން ކަރަންޓީންކުރުމަށާއި އައިސޮލޭޓް ކުރުމަށް ވަކި ޙާއްސަ ރިޒޯޓެއް ކަނޑައެޅުމަށް މިމިނިސްޓްރީން ވަނީ ނިންމާފައެވެ. އެގޮތުން ކޮވިޑް-19 އަށް ފައްސިވާ އަދި ކޮންޓްރެކްޓް ޓްރޭސިންގ ގެ ތެރެއިން ޑައިރެކްޓް ކޮންޓެކްޓްގެ ގޮތުގައި ފާހަގަވާ ޓުއަރިސްޓުންނާއި އަދި މުވައްޒިފުން މިރިޒޯޓުގައި އައިސޮލޭޓް އަދި ކަރަންޓީން ކުރާގޮތަށްވަނީ ނިންމާފައެވެ.
ކަރަންޓީން އަދި އައިސޮލޭޝަން ފެސިލިޓީގެގޮތުގައި ހަމަޖައްސާ ރިޒޯޓެއްގައި ހުންނަން ޖެހޭ ޝަރުތުތައް:
- މަދުވެގެން 50 (ފަންސާސް) ކޮޓަރީގެ ރިޒޯޓަކަށްވުން.
- މާލެ އަތޮޅު (ކ)، އަރިއަތޮޅު އުތުރުބުރި (އއ)، އަރިއަތޮޅު ދެކުނުބުރި (އދ) ނުވަތަ ފެލިދިއަތޮޅު (ވ) ރިޒޯޓެއް ކަމުގައިވުން.
- 3 (ތިނެއް) މަސްދުވަހަށްވުރެ ކުރުނޫން މުއްދަތަކަށް މުޅި ރިޒޯޓް ލިބުން.
- ރިޒޯޓުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ކަރަންޓީން އަދި އައިސޮލޭޓް ކުރެވޭ މީހުންގެ ކެއުމާއި ތިބުމުގެ އެންމެހާ އިންތިޒާމްތައް ރިޒޯޓުން ހަމަޖެހެން ހުރުން.
- ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ (އެޗް.ޕީ.އޭ) ގެ އެންމެހައި ޤަވާއިދުތަކަށް ފެތޭ ފަދަ ރިޒޯޓަކަށްވުން.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 10 ނޮވެންބަރު 2020 ވާ އަންގާރަ ދުވަހުގެ 13:00ގައި ވަރޗުއަލްކޮށް (ޒޫމް މެދުވެރިކޮށް) ބާއްވާ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެ، 16 ނޮވެމްބަރު 2020 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 14:00ގެ ކުރިން ޝައުޤުވެރިކަން ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށްޓަކައި 09 ނޮވެމްބަރު 2020 ވާ ހޯމަ ދުވަހުގެ 14:00ގެ ކުރިން މިމިނިސްޓްރީގެ އީމެއިލް [email protected] އަށް މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް އެދި ނަމާއި، އީމެއިލް އެޑްރެސް، އީމެއިލް ކުރެއްވުން އެދެމެވެ.
ޝައުޤުވެރިކަން ހާމަކޮށް ހުށަހަޅާ ކަރުދާހާއެކު ހިމަނަންޖެހޭ މައުލޫމާތު
- ޝައުޤުވެރިކަން ހާމަކުރުމަށް ހުށަހަޅާ ސިޓީ. (މި ސިޓީގައި ޝައުޤުވެރިކަން ހާމަކުރާ ފަރާތުގެ ނަން، އެޑްރެސް، ގުޅޭނެ ނަންބަރު ނުވަތަ އެފަރާތް ތަމްސީލުކުރާ ފަރާތުގެ މައުލޫމާތު ހިމަނަންވާނެއެވެ.)
- ޝައުގުވެރިކަން ހުށަހަޅާ ވިޔަފާރި ނުވަތަ ފަރުދުގެ މައުލޫމާތު (ރަޖިސްޓްރީ، އައިޑީކާޑު ނުވަތަ ޕާސްޕޯރޓް ކޮޕީ، އަދި ލިބިފައިވާ ތަޖުރިބާއާއި ޤާބިލިއްޔަތުކަން ހާމަކޮށްދޭ ލިޔުން ހިމަނަންވާނެއެވެ.)
ޝައުޤުވެރިކަން ހުށަހަޅަންޖެހޭ ތާރީޚު:
ޝައުޤުވެރިކަން ހުށަހަޅަންވާނީ 16 ނޮވެމްބަރު 2020 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 14:00ގެ ކުރިންނެވެ. އަދި އެގަޑިއަށް ފަހު ހުށަހެޅޭ އެއްވެސް ލިޔުމެއް ބަލައެއް ނުގަނެވޭނެ ވާހަކަ ދެންނެނެވީމެވެ.
ޝައުޤުވެރިކަން ހުށަހެޅުން:
ޝައުޤުވެރިކަން ހުށަހަޅާ ސިޓީ އުރައިގެ ބޭރުގައި ތިރީގައިވަ ފަދައިން ލިޔެފައި އޮންނަންވާނެއެވެ.
“EOI FOR MANAGING AND OPERATING A TOURIST RESORT FOR THE PURPOSE QUARANTINE AND ISOLATION”
ޝައުޤުވެރިކަން ހުށަހަޅާނީ:
މިނިސްޓްރީ އޮފް ޓޫރިޒަމް
5 ވަނަ ފަންގިފިލާ، ހ. ވެލާނާގެ،
މާލެ'، ދިވެހިރާއްޖެ
ފޯނު ނަންބަރު: 3022200 960+ ، 3022266 960+ ، ފެކްސް ނަންބަރު: 3322512 960+
އީމެއިލް: [email protected]
ހުށަހެޅުންތައް ބަލާ ފާސްކުރުން
- ޝައުގުވެރިކަން ހުށަހަޅާފަރާތްތަކުން ހުށަހަޅާ ހުށަހެޅުމުގައި ހިމަނާފައިވާ މައުލޫމާތު މިމިނިސްޓްރީ ބަލާ މިންކުރެވޭނެއެވެ. މިމިންކުރުމަށްފަހު، އޭގެތެރެއިން ހޮވޭ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވޭނެއެވެ.
މި އިޢުލާނާއި ގުޅޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ 09 ނޮވެންބަރު 2020 ވާ ހޯމަ ދުވަހުގެ 13:00ގެ ކުރިން މިމިނިސްޓްރީގެ ނަންބަރު 2207 302 960+ އަށް ގުޅުއްވައިގެން ސާފުކުރެއްވުން އެދެމެވެ.