ދިވެހިރާއްޖެ
އިޢުލާން
ގެއެއް ކުއްޔަށް ހިފަން ބޭނުންވެއްޖެ
( 19 އޮކްޓޯބަރ 2020 ގެ އިޢުލާނު އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީ ބާތިލްކޮށް އަލުން އިޢުލާނުކުރުން )
މިސްކޫލްގެ ޕްރިންސިޕަލް ހުންނަވާނެ 03 ކޮޓަރީގެ ގެއެއް / އެޕާޓްމަންޓެއް، 1 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ.
ވީމާ، ގެއެއް ކުއްޔަށް ދޫކުރައްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މި ދަންނަވާ ތާރީޚަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް މި ސްކޫލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ދިނުން |
05 ނޮވެމްބަރ 2020 ވާ ބުރާސްފަތި ދުވަހު 11:00 ގައި މަޑުއްވަރީ ސްކޫލްގައި |
އަންދާސީ ހިސާބު ހުށަހެޅުން |
10 ނޮވެމްބަރ 2020 ވާ އަންގާރަ ދުވަހު 11:00 ގައި މަޑުއްވަރީ ސްކޫލްގައި |
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ. އަދި މަޢުލޫމާތުތައް ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބާޠިލުކުރެވޭނެއެވެ.
މަތީގައި ދެންނެވިފައިވާ ތާރީޚްތަކުގައި 1 ފަރާތުން މަޢްލޫމާތު ސާފުކޮށް އަންދާސީ ހިސާބު ހުށަހެޅުއްވި ކަމުގައި ވިޔަސް ބިޑިންގ ޕްރޮސެސް ކުރިއަށް ގެންދެވޭނެ ވާހަކަދެންނެވީމެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
މަޑުއްވަރީ ސްކޫލް
ރ.މަޑުއްވަރި، ދިވެހިރާއްޖެ
ފޯން: 6580146
އީމެއިލް: [email protected]