ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ތުރާކުނު ސްކޫލުގެ ޕްލޭއޭރިޔާއަށް ބޭނުންވާ އައުޓްޑޯރ ސްލައިޑެއް ފޯރުކޮށްދޭނެ ފަރާތެއް ހޯދުން:
1 މިސްކޫލުގެ ޕްލޭއޭރިޔާއަށް ބޭނުންވާ އައުޓްޑޯރ ސްލައިޑެއް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަމްބަރު (IUL)GS-86/2020/10 އިޢުލާނާއި ގުޅިގެން ހުށައަޅާފައިވާ އަގު ބޮޑުކަމަށްފެންނާތީ، އެ އިޢުލާން ބާތިލްކޮށް، މި ސްކޫލުގެ ޕްލޭއޭރިޔާއަށް ބޭނުންވާ އައުޓްޑޯރ ސްލައިޑެއް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް 4 ވަނަ ފަހަރަށް އިޢުލާންކުރަމެވެ. ވީމާ މި މަސައްކަތް ކޮށްދެއްވުމަށް ޝަރުތުހަމަވާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
2 މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
3 މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2020 ނޮވެމްބަރ 02 އިން 2020 ނޮވެމްބަރ 15 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން ، ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 9:00 އިން 13:00 އަށް މިސްކޫލުގެ އޮފީހަށް ވަޑައިގެން ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.
4 މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2020 ނޮވެމްބަރ 15 ވަނަ ދުވަހުގެ ހެނދުނު 09:30 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
5 މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2020 ނޮވެމްބަރ 16 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ގައި މިސްކޫލްގެ އޭ.ވީ ރޫމްގައެވެ.
6 ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2020 ނޮވެމްބަރ 26 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި މިސްކޫލުގެ އޭ.ވީ ރޫމްގައެވެ.
7 މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
8 ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
9 ތުރާކުނު ސްކޫލް
10 ހއ. ތުރާކުނު، ދިވެހިރާއްޖެ
11 ފޯން: 6500547
12 އީ-މެއިލް: [email protected]
13 ކޮޕީ އީ-މެއިލް: [email protected]