ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)312-MS/312/2020/57
ޕަބްލިޝްކުރި ތާރީޚް: 01 ނޮވެންބަރު 2020
ޕަބްލިޝްކުރި ގަޑި: 13:05
ސުންގަޑި: 09 ނޮވެންބަރު 2020 00:00
މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިރަށު ޤަބުރުސްތާނު އިރުންއޮންނަ ރަށް ހުރަސްކުރި މަގުގައި ހުރި ރުއްގަހުގެ ވެރިން ހޯދުން

އިއުލާން

 

މިރަށު ޤަބްރުސްތާން އިރުން އޮންނަ ރަށްހުރަސް ކުރިމަގުގައި ހުރި ރުއްގަހުގެ ވެރިން ހޯދުމަށްމިކައުންސިލުން ކުރެވުނު އިއުލާން ނަމްބަރ (IUL)312-MS/312/2020/53 (15 އޮކްޓޯބަރ 2020) އާއި ގުޅިގެން މައުލޫމާތު ހިއްސާކޮށްފައިވަނީ  ވަރަށް މަދުފަރާތްތަކެއް ކަމުން، އެމަގުގައި ހުރި ރުއްގަހުގެ ވެރިފަރާތްތައް ހޯދަން ބޭނުންވާތީ، އެބިމުގައިވާ ރުއްގަހުގައި މިކައުންސިލުން  "H1 އިން H56 ށް އަދި N1 އިން N94 ށް މިގޮތަށް ވާނީ ރީންދޫ ކުލައިގެ ދަވާދުން ނަންބަރު ޖަހާފައެވެ. 

 

ވީމާ މިނަންބަރުތައްޖަހާފައިވާ ރުއްގަހުގެ ވެރިން އެރުއްގަހުގައި މިކައުންސިލުން ޖަހާފައިވާ ނަންބަރާއެކު 2020 ނޮވެމްބަރ 9 ވާ ހޯމަ ދުވަހުގެ އޮފީސް ބަންދުމުމުގެ ކުރިން މި ކައުންސިލް އިދާރާއަށް ދުރުވެ ރުއްގަހުގެ މަޢުލޫމާތު ދެއްވުން އެދެމެވެ. ރުއްގަހުގެ މައުލޫމާތު ފޯރުކޮށްދެއްވާއިރު ރުއްގަހުގެ މިލްކު ސާބިތު ކުރިކަމުގެ ލިޔުން ހުށައެޅުމަށް ދަންނަވަމެވެ. މިފަދަ ކަންކަމުގައި ރަށުގެ ރައްޔިތުންގެ ފަރާތުން ކައުންސިލަށް ލިބެމުންދާ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް މިފުރުޞަތުގައި ޝުކުރުދަންނަވަމެވެ.   

 

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

 

01 ނޮވެންބަރު 2020