ދިވެހިރާއްޖެ
ވޭމަންޑޫއިން ދިރިއުޅުމަށް ބަންޑާރަގޯތި ދޫކުރުމަށް ޢިއުލާނު ކުރުމާގުޅިގެން ގޯއްޗަށް އެދި ފޯމް ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތަކާއި އެފަރާތް ތަކަށް ޕޮއިންޓްލިބިފައިވާ ގޮތާއި އަދި ޝަރުޠު ފުރިހަމަނުވާ މީހުންގެ ވަގުތީލިސްޓް ޢާއްމުކުރުން :
ތ. ވޭމަންޑޫއިން ދިރިއުޅުމަށްޓަކައި ދޫކުރުމަށް ހަމަޖެހިފައިވާ 70 ބަންޑާރަ ގޯއްޗަށް އެދުމަށް މިއިދާރާއިން ކޮށްފައިވާ ނަންބަރު (IUL)392-ADM/392/2019/48 ( 1/10/2019 ) އިޢުލާން އާއި ގުޅިގެން ގޯއްޗަށް އެދި ފޯމު ހުށަހެޅި 147 ފަރާތްތަކުގެ ތެރެއިން، ގޯތިލިބޭނެފަރާތްތައް ކަނޑައެޅުމަށްޓަކައި އެކުލަވާލާފައިވާ ކޮމިޓީން، ގޯއްޗަށް އެދި ހުށަހަޅާފައިވާ ލިޔުންތަކަށާއި، ގޯއްޗަށް އެދިފައިވާ ފަރާތްތަކާބެހޭގޮތުން ސަރުކާރުގެ އިދާރާތަކުންނާއި، ރާއްޖޭގެ އެކިއެކި ރަށްރަށުން ލިބިފައިވާ މަޢުލޫމާތުތައް ދިރާސާކޮށް ބެލުމަށްފަހު، ޝަރުތުހަމަވާ ފަރާތްތަކާއި އެފަރާތް ތަކަށް ޕޮއިންޓްލިބިފައިވާ ގޮތާއި އަދި ޝަރުޠު ފުރިހަމަނުވާ މީހުންގެ ވަގުތީލިސްޓް މި އިޢުލާނާ އެކީ ޢާއްމުކުރެވިފައި ވާކަމުގައި ދެންނެވީމެވެ.
ވީމާ، ވަގުތީ ލިސްޓްގައިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ފަރާތަކުން ޝަކުވާއެއް ހުށަހަޅަން ބޭނުންވާނަމަ، " ވޭމަންޑޫއިން ދޫކުރާ 70 ގޯއްޗަށް އެދިފައިވާ ފަރާތްކުން ޝަކުވާ ހުށަހަޅާ ފޯމް" ފުރުމަށްފަހު 19ނޮވެމްބަރު 2020 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން ކައުންސިލް އިދާރާއަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. ޝަކުވާ ފޯމް ބަލައިގަތުން އޮންނާނީ ރަސްމީ ކޮންމެ ދުވަހެގެ ހެނދުނު 10:00 އިން މެންދުރުފަހު 13:30 އަށް ކަމުގައި ދެންނެވީމެވެ.
ޕޮއިންޓް ލިބިފައިވާވަގުތީ ލިސްޓްގައިވާ ފަރާތްތަކުން ހުށަހަޅުއްވާ ޝަކުވާތަކަށް ތ. ވޭމަންޑޫ ކައުންސިލްގެ އިދާރާއިންޖަވާބު ލިބިލައްވާނެއެވެ. އަދި ދަންނަވަމެވެ. މި އިޢުލާނާ އެކު ޢާންމު ކޮށްފައިވާ ވަގުތީލިސްޓުގައިވާ ފަރާތްތަކަށް ހުށަހެޅޭ ޝަކުވާއާއި، އަދި އެހެނިހެން ސަބަބުތަކާއިގުޅިގެން ވަގުތީލިސްޓަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމުގައި ދަންނަވަމެވެ.