ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)340/340/2020/55
ޕަބްލިޝްކުރި ތާރީޚް: 01 ނޮވެންބަރު 2020
ޕަބްލިޝްކުރި ގަޑި: 12:59
އަރިއަތޮޅު އުތުރުބުރީ ރަސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލަށް ބޭނުންވާ މަސައްކަތްތަކާއި ޚިދުމަތްތައް ދޭ ފަރާތްތަކާއެކު މުޢާމަލާތްކުރެވޭނެ ފަސޭހަ އިންތިޒާމެއް ހަމަޖެއްސުން:

            މި ކައުންސިލުން ތިން ފަރާތުގެ އަގު ސާފުކޮށްގެން ކުރަންޖެހޭ މަސައްކަތްތަކާއި ހޯދަންޖެހޭ ޚިދުމަތްތައްދޭ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލަން ބޭނުންވެއްޖެއެވެ. މި ދަފްތަރު އެކުލަވާލުމަށް ބޭނުންވަނީ ކައުންސިލުން ތިން ފަރާތުގެ އަގު ސާފުކޮށްގެން ކުރަންޖެހޭ މަސައްކަތްތަކާއި ހޯދަންޖެހޭ ޚިދުމަތްތައް އަވަސްކުރުމާއި އެ ފަދަ ޚިދުމަތްތައް ދޭ ފަރާތްތަކަށް ހަމަހަމަ ފުރުޞަތެއް ދިނުމާއި ހާމަކަން ބޮޑުކޮށް ކަންކަން ހިންގުމުގެ ބޭނުމުގައެވެ. އެގޮތުން މި ދަފްތަރުގައި ރަޖިސްޓަރީވާ ފަރާތަކާއެކު މި ކައުންސިލުން ހަދާ ސޯސަލްމީޑިއާ ޕްލެޓްފޯމްތަކުން ތިން ފަރާތުގެ އަގު ސާފުކޮށްގެން ކުރަންޖެހޭ މަސައްކަތްތަކާއި ޚިދުމަތްތައް ހޯދަންބޭނުންވާ ކަންކަމުގެ މަޢުލޫމާތާއި އަގު ހުށަހަޅަންވީ ފޯމްތައް ހިއްސާކުރެވޭނެއެވެ. މި ދަފްތަރުގައި ރަޖިސްޓަރީވުމަށް މިއަދުން ފެށިގެން ވަކި މުއްދަތެއް ނެތްގޮތަށް ފުރުޞަތު ހުޅުވާލި ވާހަކަ ދަންނަވަމެވެ. ދަފްތަރުގައި ރަޖިސްޓަރީވުމަށް މި ކައުންސިލްގެ ތިރީގައި އެވާ މެއިލަށް ނުވަތަ ރަސްމީ ގަޑީގައި މި ކައުންސިލަށް ސިޓީއަކުން ތިރީގައި މި ދަންނަވާ މަޢުލޫމާތު ހިމެނޭގޮތަށް ހުށަހެޅުމުން ހުރިހާ ފަރާތްތަކާއެކު މި ކައުންސިލުން މުޢާމަލާ ހިންގާނެ ސޯސިއަލް މީޑިއާ ޕްލެޓް ފޯމުތަކުގައި ބައިވެރިކޮށް އަދި އެ ތަކެތީގެ މަޢުލޫމާތު އެ ފަރާތްތަކާއި ހިއްސާކުރެވޭނެއެވެ.

މެއިލް: [email protected]

ދަފްތަރުގައި ޖެއްސުމަށް ހުށަހަޅަންޖެހޭ މަޢުލޫމާތު:

- ވިޔަފާރި/ޕަރޓްނަރޝިޕް/ކުންފުނީގެ ނަން:

- ރަޖިސްޓަރީގެ ކޮޕީ:

- ވެރިފަރާތުގެ ނަން:

- އައި.ޑީ.ކާޑުގެ ކޮޕީ:

- ދޭ ޚިދުމަތްތައް:

- ތަނުގެ ފޯނުނަންބަރު:

- ވައިބަރ/ވަޓްސްއަޕް ނަންބަރު:

- ރަސްމީ އީމެއިލް އެޑްރެސް:

01 ނޮވެންބަރު 2020