ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)266-A/266/2020/126
ޕަބްލިޝްކުރި ތާރީޚް: 28 އޮކްޓޫބަރު 2020
ޕަބްލިޝްކުރި ގަޑި: 10:19
ސުންގަޑި: 10 ނޮވެންބަރު 2020 14:00
ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމު:

ޕްރޮކިއުމަންޓް އޮފިސަރ  

މަޤާމުގެ ނަންބަރު:

J-326422

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެމް. އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ އޮފިސަރ ގްރޭޑް 1

ޝެކްޝަން:

ކޯޕަރޭޓް އެފެއާޒް ޔުނިޓް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ކުޅުދުއްފުށި ކައުންސިލް އިދާރާ، ހދ. ކުޅުދުއްފުށި

މުސާރަ:

5610.00 ރުފިޔާ

ސަރވިސް އެލަވަންސް:

2000.00 ރުފިޔާ

އެހެނިހެން އެލަވަންސް:

ސަޕޯރޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި -/700 ރުފިޔާ
ސިވިލް ސާރވިސް މުއައްޒަފުނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

  1. ޕްރޮކިއުމަންޓް ޕްލޭން އެކުލަވާލައި، ޕްރޮކިއުމަންޓް ޕްލޭން ތަންފީޒު ކުރަން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުމާއި ލިޔެކިޔުންތައް ފުރިހަމަ ކުރުމާއި ރިކޯޑް ރަނގަޅަށް ބެލެހެއްޓުން
  2. ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށް އާއްމުކޮށް އިއުލާންކުރަންޖެހޭ މިންގަނޑުގެ މަސައްކަތްކުރުމާއި، ތަކެތި ގަތުމަށްޓަކާ ޢިއުލާނުކުރުމާއި، މަޢުލޫމާތު ކަރުދާސް އެކުލަވާލުމާއި، ބީލަން ފޮތް ތައްޔާރު ކުރުމާއި ބީލަމަށް މަޢުލޫމާތު ދިނުމާއި، ބީލަން ބަލައިގަތުން އަދި އިވެލުއޭޓް ކުރުމުގެ މަސައްކަތް ޑިޕާރޓްމަންޓްގެ ވެރިޔާ ނުވަތަ ސެކްރެޓްރީ ޖެނެރަލްގެ ލަފާގެ މަތިން ކުރިއަށް ގެންދިއުން.

 

  1. ކައުންސިލް އޮފީސް އިމާރާތް، މިސްކިތްތައް އަދި ކައުންސިލްއިން ބަލަހައްޓާ އިމާރާތްތައް މެއިންޓަނެންސްއަށް ބޭނުންވޭތޯ ބަލާ ގަވައިދުން މެއިންޓެނެންސް ކުރުން
  2. ކައުންސިލް އިދާރާގެ ފަރާތުން ހޯދާ މުދަލާއި ޚިދުމަތްތަކާ ގުޅިގެން އެކި ފަރާތްތަކަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށްޓަކައި ބޭނުންވާ ޔެކިޔުންތައް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން
  3. ކައުންސިލް އިދާރާގެ ބިޑް ކޮމިޓީގެ އެންމެހައި އިދާރީ މަސައްކަތްތައް އިންތިޒާމްކޮށް ބެލެހެއްޓުމާއި، ބިޑް ކޮމިޓީގެ ލިއުންތައް ޤަވާޢިދުން ބެލެހެއްޓުމާއި، ބިޑް އިވޭލުއޭޝަން ކޮމިޓީގެ އެންމެހާ މަސައްކަތްތައް ކުރުން
  4. އެކި ފަރާތްތަކަށް ކައުންސިލްގެ މުދާ ދޫކުރުމުގެ ސިސްޓަމް އެކުލަވާލައި އެތަކެތި ދޫކުރުމާއި ރިކޯޑް ބެލެހެއްޓުން
  5. ސެކްޝަނަށް ހުށަހެޅޭ ސިޓީ، މެސެޖު އީ-މެއިލް ތަކަށް ޖަވާބު ތައްޔާރު ކުރމާއި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން
  6. އިދާރީ ސެކްޝަންގެ އެހެނިހެން މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން
  7. އޮފީހުގެ ޖެނެރަލް ސްޓޮކަށް ހޯދަންޖެހޭ ތަކެތީގެ ޕްލޭން އެކުލަވާލައި އެތަކެތި ހޯދުމުގެ ކަންތައް ގާވައިދުތަކާއި އުސޫލުތަކުގެ ތެރެއިން ކުރިއަށް ގެންގޮސް އޮފީސް ޖެނެރަލް އޮޕަރޭޝަންސް ބެލެހެއްޓުން
  8. ކައުންސިލް އަދި ކައުންސިލް ބެލުމުގެ ދަށުގައިވާ ތަންތަނަށް ބޭނުންވާ މުދަލާއި ޚިދުމަތްތައް ހޯދުމުގެ ކަންތައް ޕްލޭންކޮށް ގަވާއިދުތަކާއި އެއްގޮތަށް މުދަލާއި ޚިދުމަތްތައް ހޯދުމުގެ އެންމެހާ މަސައްކަތްތައް ކުރުން
  9. ކައުންސިލް އިދާރާގެ ވާރކްޕްލޭން ތަންފީޒު ކުރުމަށް ބޭނުންވާ މުދަލާއި ޚިދުމަތްތައް ދެނެގަނެ ވާރކްޕްލޭން ތަންފީޒުކުރުމަށްޓަކައި މުދަލާއި ޚިދުމަތްތައް ގަވައިދުން ހޯދުން
  10. ކައުންސިލް އަދި ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ތަންތަނުން ބާއްވާ އެކިއެކި ޖަލްސާ، ބައްދަލުވުން، ހަފްލާ، އިވެންޓް އަދި ހަރަކާތްތަކާ ގުޅިގެން ހަމަޖައްސަންޖެހޭ އިންތިޒާމްތަކަށް ބޭނުންވާ ޚިދުމަތްތަކާއި ތަކެތި ހޯދުން.
  11. ކައުންސިލްއިން ކުރަންޖެހޭ އެއްގަމު، ކަނޑު އަދި ވައިގެ ދަތުރުތަކުގެ އިންތިޒާމްތައް ހަމަޖައްސައި ދަތުރުތަކަށް ބޭނުންވާ ލިޔެކިޔުންތައް ތައްޔާރުކޮށް ރިކޯޑް ބެލެހެއްޓުން
  12. ރަށަށް ޒިޔާރަތްކުރާ ވަފްދުތަކާއި ޓީމްތަކަށް ބޭނުންވާ އިންތިޒާމްތައް ޖަމަޖެއްސުމަށް ކުރަންޖެހޭ ޕްރޮކިއުމަންޓް މަސައްކަތްތައް ކުރުން
  13. ކައުންސިލް އަދި ކައުންސިލްއާ ގުޅިފައިވާ ތަންތަނުން އެކިފަރާތްތަކާއި އެކުކުރެވޭ އެއްބަސްވުންތަކާއި އެގްރިމެންޓްފަދަ ލިޔުންތައް ގުޅުންހުރި ފަރާތްތަކާއި މުއާމަލާތުކޮށް ބެލެހެއްޓުން.
  14. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސްޕައިވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން
  15. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއ ސެކްޓްރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން

 

މަޤާމުގެ ޝަރުޠުތައް:

މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލް ކޮށްފައިވުން

މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގުތައް (އެކަޑަމިކް ޑިސިޕްލިން): އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓް
މަޤާމާ ގުޅޭ މަސައްކަތު ދާއިރާތައް (ކެރިއަރ ފީލްޑް): އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. 
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)   މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް؛ ނުވަތަ: ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)    މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާ ނަމަ، އެ ސެޓުފިކެޓްގެ ކޮޕީ. 
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:  

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

(ނ)   ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އުވާލާފައިވާ ތަންތަނުގައި މަސައްކަތްކޮށްފައިވާ ނަމަ،  އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން އަދި އެ ޖަމްޢިއްޔާ/ޖަމާޢަތަކީ ހިނގަމުންދާ ޖަމްޢިއްޔާ/ޖަމާޢަތެއްކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ލިބިފައިވާ ތަޢުލީމު (ކަނޑައެޅިފައިވާ އިންސައްތަ: 35% )
  2. މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ލިބިފައިވާ ކުރުމުއްދަތުގެ ތަމްރީން (ކަނޑައެޅިފައިވާ އިންސައްތަ: 5%)
  3. މަޤާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖުރިބާ (ކަނޑައެޅިފައިވާ އިންސައްތަ: 15%)
  4. މަސައްކަތު ހުނަރާއި ފެންވަރާއި ޤާބިލްކަމާއި، ސިފަތައް އިންޓަވިއު ޕެނަލްއަށް ސާބިތުކޮށްދޭ މިންވަރު (ކަނޑައެޅިފައިވާ އިންސައްތަ: 40%) 
  5. "ސިވިލް ސާރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާން " (ކަނޑައެޅިފައިވާ އިންސައްތަ: 5%)

 

ނޯޓް: ލިބުނު ޕޮއިންޓްގެ ޖުމްލަ 45% (ސާޅީސް ފަހެއް) އިންސައްތައަށް ވުރެ މަތިވާންޖެހޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ (10 ނޮވެމްބަރ 2020) ގެ (14:00) ގެ ކުރިން، (ކުޅުދުއްފުށި ކައުންސިލްގެ އިދާރާ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.
ކޮވިޑް-19 ރޯގާއާއި ގުޅިގެން ސަރުކާރު އޮފީސްތައް ނުހުޅުވާ ދުވަސްތަކުގައި ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ އީ-މެއިލް މެދުވެރިކޮށް އެކަންޏެވެ. އިދާރާގެ އީ-މެއިލްއަށް ފޯމު ލިބުމުން އެކަން ފޯމު ހުށައެޅުއްވި ފަރާތަށް އީ-މެއިލް މެދުވެރިކޮށް އެންގޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓްކުރެވޭނެއެވެ.

 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، (11 ނޮވެމްބަރ 2020) އާއި (11 ޑިސެމްބަރ 2020) އާ ދެމެދު، (ކުޅުދުއްފުށި ކައުންސިލްގެ އިދާރާ) ގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ (6527181) އަށެވެ. އީ-މެއިލް ކުރާނީ ([email protected]  (އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

28 އޮކްޓޫބަރު 2020