ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)298/2020/46
ޕަބްލިޝްކުރި ތާރީޚް: 28 އޮކްޓޫބަރު 2020
ޕަބްލިޝްކުރި ގަޑި: 10:14
ސުންގަޑި: 09 ނޮވެންބަރު 2020 14:00
މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހަކުރުބައްޔަށް ފަރުވާ ހޯދާ ފަރާތްތަކުގެ މަޢުލޫމާތު ހޯދުމާއި ގުޅޭ.

ހަކުރުބައްޔަށް ފަރުވާހޯދާ މީހުން އިތުރުވުމާއި މި ބަލިހުންނަ ފަރާތްތަކަށް ފޯރުކޮށްދެންޖެހޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން ނެޝަނަލް ޑައެބެޓީސް ސެންޓަރެއް ޤާއިމް ކުރެވިފައިވާކަމާއި، މި ސެންޓަރުގެ ބޭނުމަށް ޑައެބެޓިކް ނެޝަނަލް ޑާޓަރބޭސް އެއް ޤާއިމްކުރުމަށް، ރާއްޖޭގައި ހަކުރުބައްޔަށް ފަރުވާ ހޯދާ ފަރާތްތަކުގެ މަޢުލޫމާތު ހިއްސާކޮއްދެއްވުމަށް އެދި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުން ވަނީ އެދިލައްވާފައެވެ.

ވީމާ މިރަށުގައި ދިރިއުޅޭ، ހަކުރުބައްޔަށް ފަރުވާ ހޯދާ ފަރާތްތަކުގެ ތެރެއިން މި ޑޭޓަރ ބޭސްގައި ނަން ހިމެނުމަށް އުޒުރުވެރި ނުވާ ފަރާތްތަކުގެ މަޢުލޫމާތު 2020 ނޮވެމްބަރ 9 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މި ކައުންސިލާ ހިއްސާ ކުރެއްވުމަށް ދަންނަވަމެވެ.

                   މިހެންވެ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

                     11 ރަބީއުލް އައްވަލް 1442

                  9 އޮކްޓޯބަރ 2020

28 އޮކްޓޫބަރު 2020