ދިވެހިރާއްޖެ
ކުޑަހުވަދޫ ފުޓްބޯޅަދަނޑު ސާފުކޮށް ބެލެހެއްޓުމަށް ކުޑަހުވަދޫ ކައުންސިލް އިދާރާއަށް ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއެވެ.
މަޤާމް: |
މަސައްކަތު |
ބޭނުންވާ ޢަދަދު: 01 (18 އަހަރު ފުރި 65 އަހަރު ނުފުރޭ މީހުން ) |
|
މަޤާމުގެ ބާވަތް: |
ކޮންޓްރެކްޓް (މި މަޤާމަކީ ކޮންޓްރެކްޓް އުޞޫލުން 1 އަހަރު ދުވަހުގެ މުއްދަތަށް، ހަމަޖައްސައިދެވޭ ވަޒީފާއެކެވެ. އަދި މިވަޒީފާއަކީ ސިވިލްސާރވިސްގެ ވަޒީފާއެއް ނޫނެވެ.) |
||
މުސާރައާއި އެލަވަންސް |
މުސާރަ (މަހަކު) -/3100( ތިންހާސް އެއްސަތޭކަ ރުފިޔާ) |
||
ޙާޟިރީ އެލަވަންސް |
މަސައްކަތު ނުކުންނަ ކޮންމެ ދުވަހަކަށް -/60 ( ފަސްދޮޅަސް ރުފިޔާ ) |
||
އިތުރު އެލަވަންސްތައް: |
އިތުރުގަޑީގައި މަސައްކަތްކުރަން ޖެހިއްޖެނަމަ، ދިވެހިރާއްޖޭގެ ވަޒީފާއާއި ބެހޭ ޤާނޫނުގައިވާ ގޮތުގެ މަތިން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. |
||
ޢާއްމުކޮށްމަސައްކަތް ކުރަންޖެހޭ ދުވަހާއި ގަޑިތައް: |
ހަފްތާ އަކު 6 ދުވަސް ، ދުވާލަކު 6 ގަޑީއިރު |
||
ފެންވަރު ނުވަތަ ޝަރުޠު 1. ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން،
|
|||
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: 1- ކޮންމެ ދުވަހަކު 1 ފަހަރު ދަނޑަށް ފެންޖެހުމުގެ މަސައްކަތްކުރުން 2- ކޮންމެ ދުވަހަކު މަދުވެގެން 3 ގަޑީއިރު ވިނަނޮޅުމުގެ މަސައްކަތްކުރުން 3- ހަފްތާއަކު 2 ދުވަހު ދަނޑަށް ބޭސްޖެހުމުގެ މަސައްކަތްކުރުން 4- ކައުންސިލް އިދާރާއިން އަންގަވާ ގޮތެއްގެ މަތިން އިތުރު ގަޑީގައި މަސައްކަތް ކުރުން. 5- މަސައްކަތްކުރަންޖެހޭ ދަނޑުގައި ފުޓުބޯޅަ މުބާރާތެއް ހިނގާނަމަ ކައުންސިލުން ކަނޑައަޅާގޮތަކަށް އެމަސައްކަތުގައި ބައިވެރިވުން. 6- ހަފްތާއަކު 1 ދުވަހު ދޮޅިދާންގެ ކުނިކަހައި ސާފުކޮށް ބެލެހެއްޓުން. 7- އިދާރާއިން ރާވައި ހިންގާ މަސައްކަތްތަކުގައި ކައުންސިލުން އަންގައިފި ހިނދެއްގައި އެ މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވުން.
|
|||
އިންޓަރވިއު އޮންނާނެ ތަނާއި ، މުއްދަތު: |
އިންޓަވިއު އޮންނާނީ 2020 ނޮވެންބަރު 09 ން ފެށިގެން ރަސްމީ 3 ދުވަހުގެ މުއްދަތަށް ކުޑަހުވަދޫ މަލްޓިޕާޕަސް ބިލްޑިންގ ގައެވެ. ވަޒީފާއަށްއެދޭ ފަރާތްތަކުން އިންޓަވިއުގެ މުއްދަތުގައި މިރަށުގައި ހުންނަވަންވާނެއެވެ. އިންޓަރވިއުގެ މުއްދަތުގައި ރަށުގައި ނޫޅުއްވާ ފަރާތްތަކާއި އިންޓަވިއު ނުކުރެވި، އެފަރާތެއްގެ ވަޒީފާ ގެއްލުމުގައި މިއިދާރާއިން ޒިންމާނުވާނެކަމުގައި ދަންނަވަމެވެ. |
||
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
2019 ނޮވެންބަރު 8 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން ނިލަންދެއަތޮޅުދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާއަށް ވަޒީފާއަށްއެދޭ ފޯމުންނެވެ. ވަޒީފާއަށް އެދޭ ފޯމް މި އިދާރާއިން ލިބިވަޑައިގަންނަވާނެއެވެ. |
||
ނޯޓު: މި ވަޒިފާއަށް ނެގޭ މުވައްޒަފުންގެ މަސައްކަތައް ބަލައި މަސައްކަތައް ޤާބިލް ނަމަ މި އިދާރާއިން ބޭނުންވެއްޖެ ހިނދެއްގައި އެފަރާތެއްގެ ކޮންޓްރެކްޓް އިތުރުކޮށްދެވޭނެއެވެ. މިއިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ ނިލަންދެއަތޮޅުދެކުނުބުރީ ކުޑަހުވަދޫ ކައުންސިލް އިދާރާގެ 6760667 / 6760522 ނަންބަރު ފޯނާ އެވެ. އީ މެއިލްކުރައްވާނީ [email protected] އަށެވެ.
|
|||
ވީމާ، މިވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން ވަޒީފާއަށް އެދި ކަނޑައެޅިފައިވާ ސުންގަޑިއަށް މިއިދާރާއަށް ލިޔުންތައް ހުށަހެޅުއްވުން އެދެމެވެ.
މި ވަޒީފާއަށް މީހުން ނެގުމުގައި މިފަދަ މަސައްކަތެއްގައި އުޅެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.