ދިވެހިރާއްޖެ
އިޢުލާން
މި ކައުންސިލްގެ އިދާރާގެ، ބެލުމުގެ ދަށުގައި ހުރި، ބައެއް ތަކެތި ނީލަން ކިޔުން، 31 އޮކްޓޫބަރު 2020 ވާ ހޮނިހިރު ދުވަހުގެ ހަވީރު 04:00 ގައި މިރަށު ހުޅަނގު އަވަށު ކުރީގެ އަންހެނުންގެ ނަމާދުގެ ސަރަޙައްދުގައި އޮންނާނެއެވެ.
ވީމާ، މި ނީލަމުގައި ބައިވެރިވެލައްވަން ބޭނުންވެލައްވާ ފަރާތްތަކުން ދެންނެވިފައިވާ ގަޑިއަށް އެ ސަރަހައްދަށް ދުރުވެ، ނަން ނޯޓު ކުރެއްވުން އެދެމެވެ. ނީލަމުގައި ބައިވެރިވެލެއްވެވޭނީ، ނީލަން ފެށުމަށް ހަމަޖެހިފައިވާ ގަޑީގައި އެތަނަށް ދުރުވެ، ނަންނޯޓް ކުރައްވާފައިވާ ފަރާތްތަކަށެވެ.
ނީލަމުގައި ބައިވެރިވެލައްވާ ފަރާތްތަކުން، ނީލަމަށް އިތުރު ކުރެވޭނީ މަދުވެގެން އެއްރުފިޔާއެވެ. އަދި ނީލަމުން ނަންގަވާ ތަކެތި 03 ނޮވެމްބަރ 2020 ވާ އަންގާރަ ދުވަހުގެ ހަވީރު 06:00 ގެ ކުރިން އެ ސަރަހައްދުން ގެންދެވުމަށާއި، ނީލަމުން ނަންގަވާ ތަކެއްޗަށްވާ ފައިސާ، 01 ނޮވެންބަރު 2020 ވާ އާދީއްތަ ދުވަހުގެ ހެނދުނު 09:00 އާ 11:00 ދެމެދު މި ކައުންސިލްގެ އިދާރާއަށް ދުރުވެ، ދައްކަވައި ނިންމަންވާނެއެވެ.
ނީލަމުން ނަންގަވާ ތަކެތި، ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ނުގެންދަވާ ފަރާތްތައް، ފަސްސަތޭކަ ރުފިޔާ އިން ޖޫރިމަނާ ކުރެވޭނެ ކަމަށާއި، އަދި ކަނޑާއަޅާފައިވާ މުއްދަތުގައި ފައިސާ ނުދައްކަވާ ފަރާތްތަކާމެދު ޤާނޫނީ ގޮތުން ފިޔަވަޅު އެޅޭނެއެވެ.
ނީލަން ކިޔާ ތަކެތީގެ ލިސްޓް ތިރީގައި އެވަނީއެވެ.
ވީމާ، މިކަން އާއްމުކޮށް އަންގައި އިޢުލާނު ކުރީމެވެ.
|
# |
ބާވަތް |
|
1 |
5 ގަސް ހިރުނދު (ކަނޑާލާފައި) |
|
2 |
1 ގަސް ހިރުނދު (ކަނޑާލާފައި) |
|
3 |
1 ރުއް (ކަނޑާލާފައި) |
|
4 |
15 ގަނޑު ޓިނު (އާދައިގެ) |
|
5 |
12 ގަނޑުޓިނު ( 6 ގަނޑު ތިނބިޓިނާއެކު) |
|
6 |
12 ގަނޑު ލައިސާޓް ޓިނު (ބޭނުންކުރެވޭ) |
|
7 |
4 ގަނޑު ލައިސާޓް ޓިނު (ރަނގަޅު) |
|
8 |
13 ގަނޑު ލައިސާޓް ޓިނު (ދިގު) |
|
9 |
14 ގަނޑު ލައިސާޓް ޓިނު (ކުރު) |
|
10 |
5 ގަނޑު ޓިނު (އާދައިގެ) |
|
11 |
2 ގަނޑު އޮމާން ޓިނު |
|
12 |
2 ދަގަނޑު ހޮޅި ( 4 އިންޗީގެ) |
|
13 |
ދަގަނޑު ހޮޅިބުރިތަކެއް |
|
14 |
1 ދަގަނޑު އެންގަލަ (3އިންޗި) |
|
15 |
ލަކުޑި ފަތިތަކެއް |
|
16 |
ފެންތާނގީތަކުގެ ހޮޅިތަކާއި، ޓިނުތަކާއި، ވަޑާންގަނޑާއި، އޮމާންޓިނުތަކެއް |
|
17 |
4 ސްޕީކަރ (ކޮލަމް) |
|
18 |
1 ފެންމޯޓަރު |
|
19 |
1 މައިކް ސްޓޭންޑް |
|
20 |
2 ކޮމްޕްލީޓް (4 ފޫޓްގެ) |
|
21 |
2 ލައުޑް ސްޕީކަރ (ކުޑަ) |
|
22 |
1 މެގަ ފޯން |
|
23 |
3 ރޯލުފިހި |
|
24 |
2 ހޮޅިބުރި (ދެފޫޓްގެ) |
|
25 |
2 ކޮމްޕިޔުޓަރ ސްޕީކަރ |
|
26 |
3 ބާލިދީ (އަތްގަނޑު ނެތް) |
|
27 |
1 ބެޓެރީ ( ހަލާކުވެފަ) |