މަސައްކަތް
ނަންބަރު: (IUL)GS-51-Dpt-101/INDIV/2020/14
ޕަބްލިޝްކުރި ތާރީޚް: 26 އޮކްޓޫބަރު 2020
ޕަބްލިޝްކުރި ގަޑި: 12:55
ސުންގަޑި:
02 ނޮވެންބަރު 2020 12:00
މަދްރަސަތުލް އިފްތިތާޙް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މަދްރަސަތުލް އިފްތިތާޙުގެ އޭ ބްލޮކް ފާޚާނާ ތަކުގެ ދޮރާއި ދޮރުފަތް ބަދަލު ކުރުން.
- މަދްރަސަތުލް އިފްތިތާހުގެ އޭ ބްލޮކް ފާޚާނާތަކުގެ ދޮރާއި ދޮރުފަތް ބަދަލު ކުރުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2020 އޮކްޓޯބަރ 26 ން 2020 ނޮވެމްބަރ 02 ށް ބަންދުނޫން ކޮންމެ ދުވަހަކު 10:00 އިން 12:00 އަށް މިމަދްރަސާގައި ނަންނޯޓް ކުރެއްވުން އެދެމެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2020 ނޮވެމްބަރ 02 ވާ ހޯމަ ދުވަހުގެ 12:30 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2020 ނޮވެމްބަރ 02 ވާ ހޯމަ ދުވަހުގެ 13:00 ގައި މިމަދްރަސާގެ މީޓިންގރޫމްގައެވެ.
- ބީލަންތައް ފޮނުވާނީ 05 ނޮވެމްބަރ 2020 ވާ ބުރާސްފަތި ދުވަހުގެ 12:30 ގެ ކުރިން މިމަދްރަސާއަށެވެ.
- ބީލަން ހުޅުވުން އޮންނާނީ 2020 ނޮވެމްބަރ 05 ވާ ބުރާސްފަތި ދުވަހުގެ 13:00ގައި މިމަދްރަސާގެ މީޓިންގރޫމްގައެވެ.
- މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
- ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
- މިއިއުލާނު ނުކުތުމުން މިމަސައްކަތަށް ކުރެވިފައިވާ IUL)GS-51-Dpt-101/INDIV/2020/06)
) 17.02.2020 ) އިއުލާނު ބާތިލްވީއެވެ.
- · މަދްރަސަތުލް އިފްތިތާޙު / ޅ. ނައިފަރު
- · ފޯން: 6620009،6620288
އީމެއިލް: [email protected]
26 އޮކްޓޫބަރު 2020