ދިވެހިރާއްޖެ
ނަންބަރު:342/2020/96(IUL)
އިޢުލާން
އޮޑިހަރުގެއާއި ބެހޭ އާންމު އުސޫލު ގެޒެޓްކުރުން:
މިރަށުގައި އުޅަނދު ފަހަރު ބަނުމާއި އެހެލައި މަރާމާތުކުރުމަށް ކައުންސިލުން ކަނޑައަޅާފައިވާ އޮޑިހަރުގެއިން ބިން ދޫކުރުމާއި ބިންތައް ބެލެހެއްޓުމަށް ހެދިފައިވާ އާންމު އުސޫލަށް ގެނެވުނު އިސްލާޙުތަކާއެކު އަލުން އެކުލަވާލެވުނު "އޮޑިހަރުގެއާއި ބެހޭ އާންމު އުސޫލު" ކައުންސިލުން ފާސްކޮށް މިއަދުން ފެށިގެން ޢަމަލުކުރުމަށްޓަކައި ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފީމެވެ.
މި އުސޫލުގައިވާ ގޮތުގެމަތީން އޮޑިހަރުގެއިން ކުއްޔަށް ދޫކުރާނީ 2 ބާވަތެއްގެ ބިމެވެ. އެއީ؛
- އުޅަނދުފަހަރު ބަނުމަށާ، ތިރީސް ދުވަހަށްވުރެ ގިނަދުވަސްވާ މަރާމާތުތަކަށް ދޫކުރާ "ހަރުގެ"
- އުޅަނދުފަހަރު އެހެލައިގެން ކުރާ ތިރީސް ދުވަސް ނުވާ ކުދި މަރާމާތުތަކަށް ދޫކުރާ "ފަސްވަޅު"
ހަރުގޭގެ ބިމު ކުއްޔަކީ އަކަފޫޓަކަށް މަހަކަށް 0.70 (ހަތްދިހަ) ލާރިއެވެ. ފަސްވަޅުގެ ބިމު ކުއްޔަކީ އަކަފޫޓަކަށް ދުވާލަކަށް 0.10 (ދިހައެއް) ލާރިއެވެ. ނަމަވެސް ރަށުގެ އުޅަނދުފަހަރަށް ކުރިއެކޭވެސް އެއްގޮތަށް ފަސްވަޅުގެ ބިމުކުލި ނަގާނީ 15 ދުވަހަށްވުރެ އިތުރަށް ހިނގާ ދުވަސްތަކަށެވެ.
މި އުސޫލުގެ 5 ވަނަ މާއްދާގެ (ށ) "މި އުޞޫލަށް ޢަމަލުކުރަން ފެށުމުގެ ކުރިން މަރާމާތަށް އޮޑިއެހެލުމަށް "ފަސްވަޅު" ނަގާފައިވާ ފަރާތްތަކުގެ ތެރެއިން މަސްދުވަހަށްވުރެ ގިނަ ދުވަސްވެފައިވާ ފަރާތްތަކާއި މި އުޞޫލާ ޚިލާފަށް އެހެލައި އޮޑިހަރުގެއަށް ދޫކޮށްލާފައިވާތާ މަސްދުވަހަށް ވުރެ ގިނަ ދުވަސްވީ އުޅަނދުފަހަރު މި އުޞޫލަށް ޢަމަލުކުރަން ފަށާތާ ހަމަސް ދުވަސްތެރޭ "ހަރުގެ" އަށް ބަދަލުވުމަށްޓަކައި މި އުސޫލުގެ ޖަދުވަލު 1 ގައިވާ "އުޅަނދުފަހަރު ބަނުމާއި މަރާމާތުކުރުމަށް އެދޭ ފޯމް" ހުށަހަޅަންވާނެއެވެ."
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
9 ރަބީޢުލްއައްވަލް 1442
26 އޮކްޓޫބަރު 2020
ނަންބަރު: RUL-A/342/2020/01
26 އޮކްޓޫބަރު 2020
އޮޑިހަރުގެއާއި ބެހޭ އާންމު އުސޫލު
ތަޢާރަފާއި ނަން: |
(ހ) |
މިއީ ޤާނޫނު ނަންބަރު: 2011/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 151 ވަނަ މާއްދާގެ (ޏ) ގެ ދަށުން އިޖްތިމާއީ ޚިދުމަތުގެ ޤަވާއިދު ނަންބަރު: 1249–R/2013 ދަށުން އެކުލަވާލެވިފައިވާ ޢާންމު އުސޫލެކެވެ. |
|
|
|
(ށ) |
މި އުސޫލަށް ކިޔަނީ "އޮޑިހަރުގެއާ ބެހޭ ޢާންމު އުސޫލު" އެވެ. |
މަޤްޞަދު: |
މި އުސޫލަކީ މިރަށުގައި އުޅަނދު ފަހަރު ބަނުމާއި އެހެލައި މަރާމާތުކުރުމަށް ކައުންސިލުން ކަނޑައަޅާފައިވާ އޮޑިހަރުގެއިން ބިން ދޫކުރުމާއި ބިންތައް ބެލެހެއްޓުމަށް ހެދިފައިވާ އުސޫލެކެވެ. |
||
އޮޑިހަރުގެ: |
އޮޑިހަރުގެ އޮންނާނީ މަތިވެރީ ސްކޫލުގެ އިރުން އއ. މަތިވެރީ އަންހެނުންގެ މަރުކަޒާއި ވޭސްޓްމެނޭޖްމަންޓް ސްޓާފް ބްލޮކާ އިންވެގެން ޗާނދަނީމަގަށް ކުރިމަތިކޮށެވެ. |
||
ޢަމަލުކުރަން ފަށާ ތާރީޚް: |
މި އުސޫލަށް ޢަމަލުކުރަން ފަށާނީ، ކައުންސިލުން ފާސްކޮށް ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ. |
||
ކުރީގައި ހިނގާފައިވާ ކަންކަމަށް މި އުސޫލް ހިންގުން: |
(ހ) |
މި އުސޫލަށް ޢަމަލުކުރަން ފެށުމުގެ ކުރިން ހިނގާފައިވާ ކަންކަމުގެ މައްޗަށް މި އުސޫލެއް ނުހިނގާނެއެވެ. ނަމަވެސް މި އުސޫލަށް ޢަމަލު ކުރަން ފެށުމަށްފަހު މި އުސޫލުގައި ވަކިކަމެއް ލާޒިމްކޮށްފައިވާނަމަ، އެކަމެއް މި އުސޫލުގެ ދަށުން ހިނގާނެއެވެ. |
|
|
|
(ށ) |
މި އުޞޫލަށް ޢަމަލުކުރަން ފެށުމުގެ ކުރިން މަރާމާތަށް އޮޑިއެހެލުމަށް "ފަސްވަޅު" ނަގާފައިވާ ފަރާތްތަކުގެ ތެރެއިން މަސްދުވަހަށްވުރެ ގިނަ ދުވަސްވެފައިވާ ފަރާތްތަކާއި މި އުޞޫލާ ޚިލާފަށް އެހެލައި އޮޑިހަރުގެއަށް ދޫކޮށްލާފައިވާތާ މަސްދުވަހަށް ވުރެ ގިނަ ދުވަސްވީ އުޅަނދުފަހަރު މި އުޞޫލަށް ޢަމަލުކުރަން ފަށާތާ ހަމަސް ދުވަސްތެރޭ "ހަރުގެ" އަށް ބަދަލުވުމަށްޓަކައި މި އުސޫލުގެ ޖަދުވަލު 1 ގައިވާ "އުޅަނދުފަހަރު ބަނުމާއި މަރާމާތުކުރުމަށް އެދޭ ފޯމް" ހުށަހަޅަންވާނެއެވެ. |
|
|
(ނ) |
މި މާއްދާގެ (ށ) ގައިވާ ގޮތަށް ހުށަނާޅައިފިނަމަ އެފަދަ އުޅަނދުފަހަރުތައް ނައްތާލުމަށް ކުރަންޖެހޭ މަސައްކަތް ފެށޭނެއެވެ. |
|
|
(ރ) |
މި އުސޫލަށް ޢަމަލުކުރަން ފެށުމާއެކު މީގެ ފަހުން އުޅަނދުފަހަރު ބަނުމާއި މަރާމާތުކުރަންވާނީ މި އުޞޫލުގެ 3 ވަނަ މާއްދާގައިވާ އޮޑިހަރުގޭގައެވެ. |
ޢާންމު ތަންތަނުގައި އުޅަނދު ފަހަރު އެހެލުމާއި މަރާމާތު ކުރުން: |
(ހ)
|
ދިރިއުޅުމުގެ ބޭނުމަށް ދޫކޮށްފައިވާ ބިމެއްގައި ނުވަތަ ޢާންމު ތަންތަނުގައި އުޅަނދުފަހަރު އެހެލާ މަރާމާތު ކުރުމަކީ މަނާކަމެކެވެ. އެފަދަ ޢަމަލެއް އެއްވެސް މީހަކު ކޮށްފިނަމަ އެމީހަކު އެކުރިކަމެއް އިޞްލާހުކުރުމަށް ނަސޭހަތްތެރިވެވޭނެއެވެ. އަދި ދެވަނަ ފަހަރަށް އެފަދަކަމެއް ތަކުރާރުކޮށްފިނަމަ ކުޑަބޮޑުމިނަށް ބަލާ -/500 (ފަސްސަތޭކަ) ރުފިޔާއާއި -/5000 (ފަސްހާސް) ރުފިޔާއާއި ދެމެދު އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. |
|
|
|
(ށ) |
މިއުސޫލަށް ޢަމަލުކުރަން ފަށާ ދުވަހުން ފެށިގެން މިއުސޫލުގެ 3 ވަނަ މާއްދާގައިވާ އޮޑިހަރުގެ ފިޔަވާ އެހެން ތަންތަނުގައި " ބޮއްކުރާ، ޑިންގީ" ފަދަ ތަކެތި ބެހެއްޓުމަކީ މަނާކަމެކެވެ. |
|
|
(ނ) |
މި އުސޫލުގެ 5 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައި އޮތްނަމަވެސް ކުރާ މަސައްކަތުގެ ބާވަތުން، ދިމާވާ ގުދުރަތީ ކަމަކާއި، މޫސުމީ ކަމަކާއި އަދި މިނޫންވެސް ކުރިމަތިވާ ޚާއްޞަ ހާލަތެއްގައި ކައުންސިލުން ކަނޑައަޅާ މުއްދަތަކަށް، ކަނޑައަޅާ މަސައްކަތެއް ކުރުމަށް، ކަނޑައަޅާ ތަނަކަށް އުޅަނދުފަހަރު އެހެލުމުގެ ހުއްދަ ދެވިދާނެއެވެ. |
|
|
(ރ) |
މި މާއްދާގެ (ނ) ގައިވާ ހާލަތްތަކާއި ގުޅިގެން ހުއްދަދޭ ބިމަށްވެސް މި އުސޫލު ހިނގާނެއެވެ. |
އޮޑިހަރުގެއިން ބިން ދިނުމާއި ބެލެހެއްޓުން: |
(ހ) |
އުޅަނދުފަހަރު ބަނުމާއި މަރާމާތުކުރުމަށް ހަރުގެ އަށް ނުވަތަ ފަސްވަޅަށް ބިންދޫކުރެވޭނީ މި އުސޫލުގެ ޖަދުވަލު 1 ގައިވާ "އުޅަނދުފަހަރު ބަނުމާއި މަރާމާތުކުރުމަށް އެދޭ ފޯމް" ފުރުމަށްފަހު މިކައުންސިލަށް ހުށައެޅުމުންނެވެ. |
|
|
|
(ށ) |
ހަރުގެއަށް ނުވަތަ ފަސްވަޅަށް ބިން ދޫކުރެވޭނީ، މިއުސޫލުގެ 3 ވަނަ މާއްދާގައިވާ އޮޑިހަރުގޭގައި ހުސްބިން އޮތް ނިސްބަތަކުން އެކަމަށްއެދޭ މީހުންނަށެވެ. މިގޮތުން މަސައްކަތުގެ ބާވަތަށް ބަލައި ހަރުގެއަށް ނުވަތަ ފަސްވަޅަށް ބިން ކަނޑައަޅާނީ ކައުންސިލުންނެވެ. |
|
|
(ނ) |
އޮޑިހަރުގެ އިން ބިން ދިނުމުގައި އިސްކަންދޭންވާނީ އެދޭ ފަރާތްތަކުގެ ތަރުތީބުންނެވެ. މިގޮތުން އޮޑިހަރުގެ އިން ބިން ހޯދުމަށް ހުށަހަޅާ ފަރާތްތަކާއި ބިން ދެވިފައިވާ ފަރާތްތަކުގެ ރަޖިސްޓަރީއެއް ކައުންސިލުން ބަލަހައްޓަންވާނެއެވެ. |
|
|
(ރ) |
އޮޑިހަރުގެއިން ކުރިން ނަގާފައިވާ ބިމަކަށް ދައްކަންޖެހޭ ކުލި ނުދައްކާ އޮތް ނަމަ އެފަރާތަކަށް ނުވަތަ އެ އުޅަނދަކަށް ބިން ދޫކުރެވޭނީ ނުދައްކާ އޮތް ކުލި ދެއްކުމުންނެވެ. |
|
|
(ބ) |
ދޫކުރެވިފައިވާ ބިމުގައި، ބަލިމަޑުކަމެއް ފެތުރިދާނެ ނުވަތަ ފެތުރުމަށް މަގުފަހިވާ ތަކެތި ނުވަތަ މަދިރި އުފެދޭގޮތަށް ހުންނަ ތަކެތި ނައްތާލާ އެބިން ސާފުކޮށް ބެލެހެއްޓުމަކީ ބިމާ ހަވާލުވާ ފަރާތުގެ ޒިންމާއެކެވެ. |
|
|
(ޅ) |
އެހެލުން ނޫންގޮތަކަށް އޮޑިހަރުގެ ސަރަހައްދުގެ މޫދުގައި ނުވަތަ ގޮނޑުދޮށަށް ކައިރިކޮށްގެން ކުރާ ކުދި މަސައްކަތްތަކަށް ހުއްދައަށް އެދޭކަށް ނުޖެހޭނެއެވެ. ނަމަވެސް އެފަދަ ކަމެއް ކުރާކަން ކައުންސިލަށް ކަމާގުޅުންހުރި އިދާރި މުވައްޒަފަކަށް ނުވަތަ ވެރިއަކަށް އަންގަންވާނެއެވެ. |
|
|
(ކ) |
ކުއްޔަށް ނަގާ ބިން ދޫކޮށްލާއިރު ބިން ސާފުކޮށްފައިވާނަމަ އެބިމަކަށް ދެއްކި ޑިޕޮސިޓް ފައިސާ އަނބުރާ ލިބޭނެއެވެ. އެހެންނޫން ނަމަ އެބިމެއް ސާފުކުރުމަށް އެ ފައިސާ ކައުންސިލަށް ނެގޭނެއެވެ. |
|
|
(އ) |
މި އުސޫލުގެ 8 ވަނަ މާއްދާގެ (ދ) އަދި 9 ވަނަ މާއްދާގެ (ތ) ގައި ބަޔާންކޮށްފައިވާ ތަކެތީގެ ފުރިހަމަ ޒިންމާ ނަގަންވާނީ އެ ބިމެއް ކުއްޔަށް ނަގާ ފަރާތަކުންނެވެ. |
ހަރުގެ: |
(ހ) |
ހަރުގެ އަށް ބިން ދޫކުރާނީ އުޅަނދުފަހަރު ބަނުމަށާ، ތިރީސް ދުވަހަށްވުރެ ގިނަދުވަސްވާ މަރާމާތުތަކަށެވެ. |
|
|
|
(ށ) |
ހަރުގެ އަށް ބިން ދޫކުރެވޭނީ ދެފަރާތުގެ ދެމެދުގައިވެވޭ އެއްބަސްވުމަކުންނެވެ. |
|
|
(ނ) |
ހަރުގެ އަށް ބިން ދޫކުރެވޭނީ ގިނަވެގެން 24 (ސައުވީސް)މަސްދުވަހުގެ މުއްދަތަކަށެވެ. މިމުއްދަތު ކަޑައަޅާނީ މަސައްކަތުގެ ކުޑަބޮޑުމިނަށް ބަލައި ކައުންސިލުންނެވެ. |
|
|
(ރ) |
މި މާއްދާގެ (ނ) ބުނެފައިވާ މުއްދަތު ހަމަވާއިރު މަސައްކަތް ނުނިމޭނަމަ މަސައްކަތް ނުނިމޭ ސަބަބު ބަޔާންކޮށް މުއްދަތު ހަމަވުމުގެ 30 (ތިރީސް) ދުވަސް ކުރިން މިކައުންސިލަށް ލިޔުމުން އަންގަންވާނެއެވެ. އެހެން ނަމަވެސް ހަރުގެ އަށް ބިން ދޫކުރެވިފައިވާ ފަރާތަށް ދެވަނަ ފަހަރަށް އެބިން ދޫކުރެވޭނީ ކުރަމުންދާ މަސައްކަތަށް ބަލައި ކައުންސިލުން ނިންމައި ގޮތެއްގެ މަތިންނެވެ. މިގޮތުން އިތުރު ފަރާތަކުން ހަރުގެ އިން ބިމަށް އެދި އެފަރާތަކަށް ދޭނެ ބިން އޮޑިހަރުގޭގައި އޮތްތޯވެސް ބެލޭނެއެވެ. |
|
|
(ބ) |
އުޅަނދުފަހަރު ބަނުމާއި މަރާމާތުކުރުމަށް "ހަރުގެ" ލިބޭ ފަރާތުން ޑިޕޮސިޓްގެގޮތުގައި 1500.00 (ފަނަރަސަތޭކަ) ރުފިޔާ މިކައުންސިލަށް ދައްކަންޖެހޭނެއެވެ. |
|
|
(ޅ) |
"ހަރުގެ" ބިމަށް އެދޭ ފަރާތުން އެއްބަސްވުމުގައި ސޮއިކުރާ ދުވަހު ޑިޕޮސިޓް ދައްކަން ވާނެއެވެ. ޑިޕޮސިޓް ދައްކަން ވާނީ ކައުންސިލްގެ ރަސްމީގަޑީގައެވެ. |
|
|
(ކ) |
ވިޔަފާރި އުސޫލުން އުޅަނދުފަހަރު ބަނުމާއި މަރާމާތުކުރުމަށް "ހަރުގެ" އެޅުމަށް ބިން ކުއްޔަށް ދޫކުރާނީ ކުއްޔަށް ދިނުމަށް އިޢުލާނުކުރުމުން ހުށަހެޅޭ އެންމެ ރަނގަޅު ހުށަހެޅުމަށް އިސްކަން ދީގެން ވިޔަފާރި އުސޫލުންނެވެ. މިކަމާބެހޭ މަޢުލޫމާތު ބިޑް ޑޮކިޔުމަންޓުގައި ހިމަނަންވާނެއެވެ. |
|
|
(އ) |
ވިޔަފާރި އުސޫލުން އުޅަނދުފަހަރު ބަނުން ފިޔަވާ އުޅަނދުފަހަރު ބަނުމާއި މަރާމާތުކުރުމަށް "ހަރުގެ" ލިބޭ ފަރާތުން ބިމުކުލީގެ ގޮތުގައި އަކަފޫޓަކަށް މަހަކު 0.70 (ހަތްދިހަ ލާރި) މިކައުންސިލަށް ދައްކަންވާނެއެވެ. |
|
|
(ވ) |
ބިމު ކުލި ދެއްކުމުގައި "ހަރުގެ" މުއްދަތު ބަލާނީ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ އެއްބަސްވުން ފެށޭ ތާރީޚާއި ނިމޭ ތާރީޚަށެވެ. މިގޮތުން ކޮންމެ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން އެމަހެއްގެ ބިމުކުލި ކައުންސިލަށް ދައްކަންވާނެއެވެ. |
|
|
(މ) |
މި މާއްދާގެ (ވ) ގައިވާ ގޮތަށް ބިމުކުލި ދައްކަމުން ނުދާނަމަ މި އުސޫލުގެ 11 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅޭނެއެވެ. |
|
|
(ފ) |
ވިޔަފާރި އުސޫލުން ފިޔަވައި އުޅަނދުފަހަރު ބަނުމާއި މަރާމާތުކުރުމަށް "ހަރުގެ" އަށް ބިން ލިބޭފަރާތަށް ހަރުގެ އެޅުމަށް ކުލި ނުހިނގާގޮތަށް 30 (ތިރީސް) ދުވަހުގެ މުއްދަތެއް ދެވޭނެއެވެ. |
|
|
(ދ) |
ހަރުގެ އަށް ބިން ލިބޭ ފަރާތުން، ލިބިފައިވާ ބިމުން ބޭރުގައި އެއްވެސް ތަކެއްޗެއް ބަހައްޓައިގެން ނުވާނެއެވެ. އަދި އެއްވެސް ބާވަތެއްގެ މަސައްކަތެއް ކޮށްގެން ނުވާނެއެވެ. |
|
|
(ތ) |
މިރަށުގައި އުފެދޭ ކުނިބުނި ބެލެހެއްޓުމާއި ނައްތާލުމުގެ ޚިދުމަތް ދިނުމަށް މިކައުންސިލުން ތަންފީޒު ކުރަމުންދާ "ކުނި އުކުމާއި ކުނި ނައްތާލުމުގެ އުސޫލު" ގައިވާ ގޮތަށް މި ކައުންސިލުން ގާއިމުކޮށްފައިވާ ކުނި އުކާލުމުގެ ނިޒާމުގައި ހަރުގެ އަށް ބިން ލިބޭ ފަރާތުން ބައިވެރިވެ އެ އުސޫލާ އެއްގޮތަށް އަމަލުކޮށް ދައްކަންޖެހޭ ފީ ދައްކަންވާނެއެވެ. |
ފަސްވަޅު: |
(ހ) |
ފަސްވަޅަށް ބިން ދޫކުރާނީ އުޅަނދުފަހަރު އެހެލައިގެން ކުރާ ތިރީސް ދުވަސް ނުވާ ކުދި މަރާމާތުތަކަށެވެ. |
|
|
|
(ށ) |
ފަސްވަޅަށް ބިން ދޫކުރެވޭނީ މި އުސޫލުގެ ޖަދުވަލު 3 ގައިވާ "އުޅަނދުފަހަރަށް ފަސްވަޅު ދޫކުރިކަމުގެ ޗިޓް" އިންނެވެ. |
|
|
(ނ) |
އުޅަނދުފަހަރު އެހެލައި މަރާމާތު ކުރުމަށް "ފަސްވަޅު" ބިން ދޫކުރެވޭނީ ގިނަވެގެން 30 (ތިރީސް) ދުވަހަށެވެ. |
|
|
(ރ) |
މި މާއްދާގެ (ނ) ގައި ބުނެފައިވާ މުއްދަތުގެ ތެރޭގައި މަރާމާތު ނުނިމި އިތުރަށް ދިގުލާނަމަ މި މުއްދަތު ހަމަވާތާ ރަސްމީ 5 (ފަހެއް) ދުވަސްތެރޭގައި މި އުސޫލުގެ 8 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ "ހަރުގެ" ބިމަށް ބަދަލުވުމަށް އެދެވިދާނެއެވެ. މިގޮތަށް އެދުނު ނަމަވެސް "ހަރުގެ" އަށް ބިން ބަދަލުކުރުމުގެ އެއްބަސްވުން ވެވޭނީ "ފަސްވަޅު" ބިމަށް ދައްކަންޖެހޭ ފައިސާ ދެއްކުމުންނެވެ. |
|
|
(ބ) |
އުޅަނދުފަހަރު އެހެލައި މަރާމާތު ކުރުމަށް "ފަސްވަޅު" ލިބޭ ފަރާތުން ޑިޕޮސިޓްގެ ގޮތުގައި 500.00 (ފަސްސަތޭކަ) ރުފިޔާ މިކައުންސިލަށް ދައްކަންޖެހޭނެއެވެ. |
|
|
(ޅ) |
މި މާއްދާގެ (ބ) ގައި އެހެން ބަޔާންކޮށްފައި އޮތްނަމަވެސް ދިގުމިނުގައި 30 ފޫޓު ހަމަ ނުވާ އުޅަނދުފަހަރާއި ކުދި މަރާމާތަށް އެހެލާތާ ސައުވީސް ގަޑިއިރު ތެރޭ ބާލާ އުޅަނދުފަހަރު ޑިޕޮސިޓްގެ ގޮތުގައި 100.00 (ސަތޭކަ) ރުފިޔާ މި ކައުންސިލަށް ދައްކަންޖެހޭނެއެވެ. |
|
|
(ކ) |
"ފަސްވަޅު" ބިމަށް އެދޭ ފަރާތްތަކުން އުޅަނދު އެހެލުމުގެ 2 (ދުވަސް) ކުރިން ފޯމު ހުށަހަޅާ ޑިޕޮސިޓް ދައްކަން ވާނެއެވެ. ފޯމާއި ޑިޕޮސިޓް ދައްކަން ވާނީ ކައުންސިލްގެ ރަސްމީގަޑީގައެވެ. |
|
|
(އ) |
މި މާއްދާގެ (ކ) ގައިވާ ގޮތަށް ފޯމާއި ޑިޕޮސިޓް ފައިސާ ދެއްކި ކަމުގައި ވީނަމަވެސް ފަސްވަޅު ބޭނުން ކުރަން ފަށަންވާނީ މި މާއްދާގެ (ށ) ގައިވާ ޗިޓް ލިބުމުންނެވެ. |
|
|
(ވ) |
މިރަށު ރަޖިސްޓްރީގައިވާ އުޅަނދުފަހަރާއި، މަތިވެރީގެ ރައްޔިތަކު އެހެން ރަށެއްގެ އުޅަނދެއް މިލްކު ކުރުމަށްޓަކާ ފައިސާ ދައްކަމުންދާ އުޅަނދުފަހަރު އެހެލުމަށްފަހު، 15 (ފަނަރަ) ދުވަހަށްވުރެ އިތުރަށް ހިނގާ ކޮންމެ ދުވަހަކަށް "ފަސްވަޅު" ލިބޭ ފަރާތުން ބިމުކުލީގެ ގޮތުގައި އަކަފޫޓަކަށް ދުވާލަކު 0.10 (ލާރި) މިކައުންސިލަށް ދައްކަވަންވާނެއެވެ. |
|
|
(މ) |
މިމާއްދާގެ (ވ) ގައިވާ އުޅަނދުފަހަރު ފިޔަވައި އެހެނިހެން އުޅަނދުފަހަރު އެހެލައި މަރާމާތު ކުރުމަށް "ފަސްވަޅު" ލިބޭ ފަރާތުން ބިމުކުލީގެ ގޮތުގައި އަކަފޫޓަކަށް ދުވާލަކު 0.10 (ދިހަލާރި) މިކައުންސިލަށް ދައްކަންވާނެއެވެ. |
|
|
(ފ) |
މި މާއްދާގެ (މ) ގައިވާ އުޅަނދުފަހަރުވެސް (ޅ) ގައި ބަޔާންކޮށްފައިވާ ސައުވީސް ގަޑިއިރުތެރޭ ބޭލުމަށް އެހެލާ ނަމަ ބިމުކުލި ދައްކާކަށް ނުޖެހޭނެއެވެ. |
|
|
(ދ) |
ބިމު ކުލި ދެއްކުމުގައި "ފަސްވަޅު" ގެ މުއްދަތު ބަލާނީ އޮޑި އެއްގަމަށް އަރުވާ ތާރީޚުން ފެށިގެން އޮޑި މޫދަށް ބާލައި ތާރީޚަށެވެ. |
|
|
(ތ) |
ފަސްވަޅު ކުއްޔަށް ނަގާ ފަރާތުން މަސައްކަތަށް ގެންނަތަކެތި އޮޑިހަރުގޭގައި ރައްކާކޮށް ބަލަހައްޓަންވާނީ އޮޑިހަރުގެ ބޭނުންކުރާ އެހެން ފަރާތްތަކަށް ދަތިނުވާނޭގޮތަށެވެ. އަދި ކުރާ މަސައްކަތްވެސް ކުރާންވާނީ އެހެން ފަރާތްތަކަށް ދަތިނުވާނޭގޮތަށެވެ. |
ބިން ވަކިކުރުން: |
(ހ) |
އެއްވެސް ފަރާތަކުން "އުޅަނދުފަހަރު ބަނުމާއި މަރާމާތު ކުރުމަށް 'ހަރުގެ' އެޅުމަށް ބިން ކުއްޔަށް ދޫކުރުމުގެ އެއްބަސްވުން" އާއި ޚިލާފުވެއްޖެނަމަ، ނުވަތަ މި އުސޫލާ ޚިލާފުވެއްޖެނަމަ، ޚިލާފަށްކޮށްފައިވާ އެފަދަ ކަމެއް ސާފުކޮށް ބަޔާންކޮށް އެކަން އިސްލާޙްކުރުމަށް 30 (ތިރީސް) ދުވަހުގެ މުއްދަތެއް ލިޔުމުން ދެވޭނެއެވެ. އަދި އެމުއްދަތުގައި އެކަމެއް އިސްލާޙު ކޮށްފައިނުވާނަމަ، ނުވަތަ އެއްފަހަރަށްވުރެ ގިނަފަހަރު އެފަދަކަމެއް ތަކުރާރު ކޮށްފިނަމަ، އެއެއްބަސްވުމާއި ނުވަތަ މިއުސޫލާއި ޚިލާފުވެފައިކަމާއި، ޚިލާފުވީ ސަބަބު ބަޔާންކޮށް ލިޔުމުން އެންގުމަށްފަހު، އެއްވެސް ބަދަލެއް ދިނުމަކާނުލާ އެފަރާތެއްގެ ކިބައިން ބިން ވަކިކުރެވޭނެއެވެ. |
|
|
|
(ށ) |
މިމާއްދާގެ (ހ) ގެ ދަށުން އުޅަނދުފަހަރު ބަނުމާއި މަރާމާތު ކުރުމަށް 'ހަރުގެ' އެޅުމަށް ކުއްޔަށް ދޫކުރެވިފައިވާ ބިމެއް ވަކިކުރެވިއްޖެނަމަ، އެބިން ސާފުކުރުމަށް ހިނގާ ޚަރަދު އެބިމެއް ކުއްޔަށް ނަގާފައިވާ ފަރާތުން މިކައުންސިލަށް ދައްކަންޖެހޭނެއެވެ. |
ޖޫރިމަނާ: |
މިއުސޫލުގައި ހިމެނިފައިވާ ކަންކަމާ ޚިލާފުވާ ފަރާތްތަކާ މެދު، އެހެން ޤާނޫނަކުން ނުވަތަ ޤަވާއިދަކުން ވަކިގޮތަކަށް ޢަމަލުކުރުމަށް ކަނޑައެޅިފައިނުވާ ކަންކަމުގައި، ފުރަތަމަ ފަހަރު ނަސޭހަތް ދިނުމަށްފަހު ދެވަނަ ފަހަރު ކުށް ތަކުރާރުކޮށްފި ނަމަ -/500 (ފަސްސަތޭކަ) ރުފިޔާއާއި -/1000 (އެއްހާސް) ރުފިޔާއާއި ދެމެދު އަދަދަކުން ޖޫރިމަނާކުރުން؛ ތިންވަނަ ފަހަރު ކުށް ތަކުރާރުކޮށްފި ނަމަ -/1000 (އެއްހާސް) ރުފިޔާއާއި -/3000 (ތިންހާސް) ރުފިޔާއާ ދެމެދު އަދަދަކުން ޖޫރިމަނާ ކުރުން؛ ހަތަރުވަނަ ފަހަރު ކުށް ތަކުރާކޮށްފިނަމަ -/3000 (ތިންހާސް) ރުފިޔާއާއި -/5000 (ފަސްހާސް) ރުފިޔާއާ ދެމެދު އަދަދަކުން ޖޫރިމަނާ ކުރުން އަދި ހަތަރުވަނަ ފަހަރަށް ވުރެ އިތުރަށް ކުށް ތަކުރާރުކުރާ ކޮންމެ ފަހަރަކު -/5000 (ފަސްހާސް) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. |
||
މާނަ ކުރުން: |
(ހ) |
ކައުންސިލް: މިޤަވާއިދުގައި އެހެން ގޮތަކަށް ބަޔާން ކޮށްފައި ނުވާނަމަ، ކައުންސިލްކަމަށް ބުނެފައި އެވަނީ،ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު (2010/7) ގެ ދަށުން އިންތިހާބުކޮށްފައިވާ އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލަށެވެ. |
|
|
|
(ށ) |
"އޮޑިހަރުގެ" ކަމަށް ބުނެފައި އެވަނީ؛ އުޅަނދުފަހަރު ބަނުމާއި އެހެލައި މަރާމާތުކުރުމަށް "ހަރުގެ" އާއި "ފަސްވަޅު" ދޫކުރާ ސަރަޙައްދަށެވެ. |
|
|
(ނ) |
"ހަރުގެ" ކަމަށް ބުނެފައި އެވަނީ؛ އުޅަނދުފަހަރު ބަނުމާއި އެހެލައި ބޮޑެތި މަރާމާތުކުރުމަށް ދޫކުރާ ބިމަށެވެ. |
|
|
(ރ) |
"ފަސްވަޅު" ކަމަށް ބުނެފައި އެވަނީ؛ އުޅަނދުފަހަރު އެހެލައިގެން ކުދި މަރާމާތުކުރުމަށް ދޫކުރާ ބިމަށެވެ. |
|
|
(ބ) |
"އުޅަނދު" ކަމަށް ބުނެފައި އެވަނީ؛ ކަނޑުގައި ދުއްވާ އިންޖީނުލީ އަދި އިންޖީނުނުލައި ކޮންމެ އުޅަނދަކަށެވެ. |