ދިވެހިރާއްޖެ
ނަންބަރު:IUL)MMPRC-PRO/1/2020/25)
އިޢުލާން
މިކޯޕަރޭޝަންއިން ފޯރުކޮށްދޭ މައުލޫމާތާއި އެއްގޮތައް ފަޔަރވޯލްއެއް ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2020 ނޮވެމްބަރ 05 ވާ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 14:15 ގެ ކުރިން ބިޑް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މި މަސައްކަތާއި ބެހޭގޮތުން މައުލޫމާތު ސާފްކުރެއްވުމަށް 2020 ނޮވެމްބަރ 10 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 14:15 ގެކުރިން މި ކޯޕަރޭޝަންގެ ނަންބަރ 3323228 ފޯނާއި ގުޅުއްވައިގެން ނުވަތަ އީމެއިލް [email protected] މެދުވެރިކޮށް މައުލޫމާތު ސާފުކުރެއްވުން އެދެމެވެ.
އަދި 2020 ނޮވެމްބަރ 18 ވާ ބުދަ ދުވަހުގެ ހެނދުނު 10:00އަށް މި ކޯޕަރޭޝަންގެ އޮފީސް (ހ.ޒޮނާރިއާގެ ދެވަނަ ފަންގިފިލާ)އަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.
ބިޑު ރަޖިސްޓްރީ ކުރެއްވުމަށް ތިރީގައިވާ މައުލޫމާތު ފުރިހަމަ ކުރެއްވުމަށްފަހު [email protected] އީމެއިލް އެޑްރެސް އަށް ފޮނުވުން އެދެމެވެ.
- ބިޑު ހުށައަޅާ ފަރާތުގެ ނަން:
- ކުނަފުނީގެ ނަން:
- ގުޅޭނެ ފޯން ނަންބަރު:
- އީމެއިލް އެޑްރެސް:
- އީމެއިލްގެ ސަބްޖެކްޓް: To Acquire a Firewall for MMPRC
ބިޑް ރަޖިސްޓްރީ ނުކުރަށްވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. މި އިޢުލާން އާއިއެކު މަޢުލޫމާތު ކަރުދާސް އެޓޭޗް ކުރެވިފައިވާނެއެވެ. އަދި މިކޯޕަރޭޝަންގެ ވެބްސައިޓް (https://corporate.visitmaldives.com/downloads/) ގައިވެސް ޝާއިއުކުރެވިފައި ވާނެއެވެ.
09 ރަބީއުލްއައްވަލް 1442ހ.
26 އޮކްޓޯބަރ 2020މ