ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)285-A/285/2020/53
ޕަބްލިޝްކުރި ތާރީޚް: 26 އޮކްޓޫބަރު 2020
ޕަބްލިޝްކުރި ގަޑި: 09:15
ސުންގަޑި: 08 ނޮވެންބަރު 2020 14:00
މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ މަސްޖިދުލް އައްވާބީގެ މަސައްކަތް މަޤާމަށް 2 މުވައްޒަފުން ހޯދުމާއިގުޅޭ

 

 

                                            ނަންބަރު:  IUL)285-A/285/2020/53)

އިޢުލާން

ވަޒީފާގެ ފުރުޞަތު

 

މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ މަސްޖިދުލް އައްވާބީގެ މަސައްކަތް މަޤާމަށް 2 މުވައްޒަފުން ހޯދުމާއިގުޅޭ

 

 ތިރީގައި މިދަންނަވާ މަގާމަށް މީހަކު ބޭނުންވެއްޖެއެވެ.

 

 މަޤާމް:                   މަސައްކަތު

 މަޤާމުގެ ނަންބަރ:           J-309900   އަދި J-309899

 ބޭނުންވާ އަދަދު             :

 މަޤާމުގެ ގިންތި:             ދާއިމީ

 މަޤާމުގެ ރޭންކް:             އެސް.އެސް. 1

 މަޤާމުގެ ކްލެސިފިކޭޝަން:       ސަޕޯޓް ސްޓާފް ގުރޭޑް 1

 ވަޒީފާ އަދާކުރަންޖެހޭ ތަން:     ނ.ހެނބަދޫ މަސްޖިދުލް އައްވާބީ / މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލް އިދާރާ

 ސެކްޝަން / ޔުނިޓް:         އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސަސް ޔުނިޓް

 މުސާރަ:                  3100 ރުފިޔާ  (މަހަކު)

 ސަރވިސް އެލަވަންސް:        1000 ރުފިޔާ (މަހަކު)

 ސަޕޯޓިންގ ކޯ އެލަވަންސް      1200 ރުފިޔާ (މަހަކު)

 އިތުރު އިނާޔަތްތައް:

-          ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

-          ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

-          މީގެ އިތުރުން ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެމަތީން އެހެނިހެން ޢިނާޔަތްތައް ލިބޭނެއެވެ.

 މަޤާމުގެ މަސްއޫލިއްޔަތު:

  1. ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތިން ކޮންމެ ނަމާދު ވަގުތެއްގެ 15 މިނެޓް ކުރިން މިސްކިތަށް ގޮސް މިސްކިތުގެ ފަންކާތަކާއި ބޮކިތަށް ދިއްލައި އަދި އިސްކުރުބަރި ސާފުކުރުމާއި އަދި  ނަމާދު ވަގުތުގެ ފަހުން މިސްކިތުގެ ފަންކާތަކާއި ބޮކިތަށް ނިއްވުން.
  2. ރަށު ކައުންސިލުން ކަނޑައަޅައި ތާވަލަކާ އެއްގޮތަށް ކައުންސިލުގެ އިދާރާއިން ކަނޑައަޅައި މިސްކިތުގެ ފަންކާތަކާއި ބޮކި ފަދަތަކެއްޗަށް ގެއްލުމެއް ލިބިއްޖެނަމަ ބަދަލުކުރުމުގެ މަސައްކަތް ކުރުން.
  3. ކޮންމެ ނަމާދެއްގެ ވަގުތެއްގެ ކުރިން ރަށު ކައުންސިލުގެ އިދާރާއިން އިންތިޒާމުކުރާ ގޮތެއްގެ މަތިން މިސްކިތް ފޮޅައި ސާފުކުރުމާއި، ފާޚާނާއާއި އިސްކުރުބަރި ލެވިފައިވާ މިސްކިތްތަކުގައި އެ ތަންތަން ދޮވެ ސާފުކޮށް ބެލެހެއްޓުމާއި، މިސްކިތުގެ ގޯތިތެރެއާއި މިސްކިތާ އިންވެގެން އޮންނަ މަގުތައް ކުނިކެހުމާއި ވިނަ ނޮޅުމާއި ކުނި އުކާލުމުގެ މަސައްކަތްކުރުން.
  4. ރަށުކައުންސިލުން އަންގަވައި ގޮތެއްގެ މަތިން ކޮންމެ ދުވަހަކު ވެސް މިސްކިތަށް ގޮސް ބިއްލޫރި ލެވިފައިވާ ތަންތަނާއި ހޮޅިބުރި، ފަންކާ، ކަބަޑުތައް ފޮޅައި ސާފުކުރުން. އަދި ހޮޅިބުރިތަކާއި ފަންކާތައް ކައުންސިލް އިދާރާއިން ހަމަޖައްސައި އުސޫލަކުން ދިއްލުމާއި ނިއްވުން.
  5. މިސްކިތަށް ލިބެމުންދާ ގެއްލުންތައް ގަވައިދުން ރަށު ކައުންސިލް އިދާރާއަށް އަންގަމުން ގެންދިޔުން.
  6. ރަށު ކައުންސިލް އިދާރާއިން ހަމަޖައްސައި ގޮތެއްގެ މަތިން މިސްކިތުގެ ގޯތިތެރޭގައި ގަސްއިންދައި، ގަސް ކޮށައި، ގަސްތަކަށް ފެން ދީ ބެލެހެއްޓުން.
  7. މިސްކިތާއި މިސްކިތުގެ ގޯތިތެރެ ފޮޅައި ސާފުކުރުމަށް ނުވަތަ މިސްކިތާއި ގޯތިތެރެ ބެލެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ރަށު ކައުންސިލް އިދާރާއިން އަންގަވައި ގޮތެއްގެ މަތިން 2 ގަޑިއިރު ހޭދަކުރުން.
  8. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެ ފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފަޔާއި އިރުޝާދުގެ މަތިން ކުރުން.
  9. ކައުންސިލުގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލުގެ ނިންމުންތައް ތަންފީޒުކުރުމާ ގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.
  10. މީގެ އިތުރުން ވެސް މިސްކިތާ ގުޅިގެން ހަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން

 ޝަރުތު:

1-      ލިޔަން ކިޔަން އެނގުން

      ނޯޓް: ލިޔަން ކިޔަން އެނގޭކަން ދެނެގަންނާނީ، ދަށްވެގެން ސްކޫލް 5 ނިންމިކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ލިޔަން ކިޔަން އެނގޭކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ބަޔާންކޮށް ދޫކުރާ ލިޔުމަށް ބަލައިގެންނެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް:  

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވީސްގެ ވަޒީފާއަށް އެދޭ ފޯމް (މި ކައުންސިލްގެ އިދާރާއިންނާއި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން  www.csc.gov.mv ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ދެފުށު ލިޔުންތަށް ފެންނަ، ލިޔެފައިވާ ލިޔުންތަށް ކިޔަން އެނގޭ ފަދަ ކޮޕީއެއް ނުވަތަ އައި.ޑީ ކާޑު ގެއްލިފައިވާނަމަ އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓު ނުވަތަ ޑްރައިވިންގ ލައިސަންސްގެ ކޮޕީ
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5.  ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ: 

 

     (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު / ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓް ކޮޕީ؛ ނުވަތަ ސެޓުފިކެޓް ނެތްހާލަތެއްގައި ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމަންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

 

     (ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.

   6.      ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.

 

   7.   ސިވިލްސަރވިސްގެވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލްސަރވިސް

ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.

   8.   މަސައްކަތުގެ ތަޖުރިބާ ލިޔުންތަކުގެ ކޮޕީ:

 

(ހ.) ސިވިލް ސަރވީސް ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ / ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ،  އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

 

(ނ.) ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްޞާވާ ކުންފުނިތަކުގެ ތެރެއިން އުވާލާފައިވާ ތަންތަނުގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު

 (ރ.)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ / ޖަމާޢަތެއްގައި މަސައްކަތް ކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން އަދި އެ ޖަމްޢިއްޔާ / ޖަމާޢަތަކީ ހިނގަމުންދާ ޖަމްޢިއްޔާ / ޖަމާޢަތެއްކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން.

 

 

  ވަޒީފާގެ އެންމެ ޤާބިލްފަރާތް ހޮވުމަށް ބެލެވޭނެކަންތައްތައް

ދާއިރާ

ބެލޭނެ ބައިތަށް

މާކްސް

އިންސައްތަ (%)

ކެޓަގަރީގެ ޖުމްލައިންސައްތަ

ތަޢުލީމާއި ތަމްރީނު

ލިބިފައިވާ ތަޢުލީމް

25

21

26

މަސައްކަތުގެ ދާއިރާއާއި ގުޅޭ ކުރުމުއްދަތުގެ ތަމްރީނު

30

5

މަސައްކަތުގެތަޖުރިބާ

މަޤާމުގެމަސައްކަތުގެ ދާއިރާއާއި ގުޅޭ ތަޖުރިބާ

30

26

26

ލިބިފައިވާހުނަރު

އިންޓަވިއު / ޕްރެޒެންޓޭޝަން /ޕްރެކްޓިކަލް

100

48

48

ޖުމްލަ

185

100

100

  މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

 މަޤާމަށް އެދި ހުށަހަޅަންޖެހޭތަކެތި ހުށަހަޅާނީ 08 ނޮވެމްބަރ 2020 ވަނަ ދުވަހުގެ 14:00 ގެ ކުރިން، މިލަދުން

މަޑުލުދެކުނުބުރީ ހެނބަދޫ ކައުންސިލް އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected]

މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ،

އެކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށްއެދޭ ފޯމު ބަލައިގަނެވޭނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އިދާރާގެ ނަންބަރ 6560018

އަށް ގުޅުއްވުން އެދެމެވެ. 

  ޝޯޓް ލިސްޓްކުރުން:

  މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

 އިންޓަވިއު އޮންނާނެތަނާއި މުއްދަތު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 09 ނޮވެމްބަރ 2020 އާއި 16 ނޮވެމްބަރ 2020 އާއި ދެމެދު މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލް އިދާރާގައެވެ. މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚު ތަކުގައި އިންޓަރވިއުއަށް ޙާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

  "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމް)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި " ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމް)" އާންމުކޮށް ފެންނާނެހެން މި އިދާރާގެ ނޯޓިސްބޯޑްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާއިމެދު ޝަކުވާއެއް އޮތްނަމަ A2  ފޯމް އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

 

މި ޢިއުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ މި އިދާރާގެ ފޯން ނަންބަރ 6560018 އަށެވެ. އަދި އީ-މެއިލް ކުރާނީ ([email protected]) އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތަށް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ"   (http://www.csc.gov.mv/dv/recreuitment-usoolu) އިން ލިބެން ހުންނާނެއެވެ. 

ވީމާ މިކަން އާންމުކޮށް އަންގާ އިއުލާނު ކުރީމެވެ.

9 ރަބީޢުލްއައްވަލް 1442

 

26 އޮކްޓޯބަރ 2020

 

26 އޮކްޓޫބަރު 2020