ދިވެހިރާއްޖެ
ދ. ފެމެލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރ ގެ ދެކުނުން މޫނިމާމަގާ ދެމެދުންވާ ހުސްބިން، އެއިދާރާގެ ބިމަށްވަނީ އިތުރުކޮށްފައެވެ. އަދި އެބިމުގައި ހުރި ރުއްގަހުގައި މިއިދާރާއިން ވާނީ ހުދުކުލައިން 1 ން ފެށިގެން 79 އަށް ނަންބަރު ޖަހާފައެވެ.
ވީމާ އެރުއްގަހުގެ ވެރިން ތިރީގައިވާ ތަފްސީލާއެކު 2020 ނޮވެމްބަރު 05 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން އައިޑީކާޑުގެ ކޮޕީއާއެކު މިއިދާރާއަށް ސިޓީއަކުން ހުށަހެޅުއްވުން އެދެމެވެ.
- ބަދަލުބޭނުންވާގޮތް: ( ފައިސާއިން ނުވަތަ ރުއްގަސް ނަގައިގެން ގެންދިޔުން)
- ހެކިންގެ މަޢުލޫމާތު: (އައިޑީކާޑުގެ ކޮޕީއާއެކު)
- ރުއްގަހުގައި ޖަހާފައިވާ ނަންބަރު:
އަދި ދަންނަވަމެވެ. މިރުއްގަހަށް ބަދަލު ދިނުމަށް ހަމަޖެހިފައިވަނީ މިއިދާރާއިން ބަދަލުގެ ގޮތުގައި ދީފައިވާ ރުއްގަހާއި މިއިދާރާއިން ހުއްދަ ހޯދައިގެން އިންދާފައިވާ ރުއްގަހަށެވެ. ވީމާ މިނޫން ތަކެތި އެތަކެތީގެ ވެރިން މަތީގައި ބަޔާންކޮށްފައިވާ ތާރީހަށް އެތަނުން ނަންގަވާ ތަންހުސްކުރުމަށް އަންގަމެވެ. މިގޮތުން ނުނަންގަވާ ހުންނަ ރުއްގަހަކީ ރައްޔިތުންގެ ރުއްގަސް ކަމުގައިބަލާ، އެފަދަތަކެއްޗާއިމެދު ޢަމަލުކުރާ އުޞޫލުން އަމަލުކުރާނޭވާހަކަ ދަންނަވަމެވެ.