ދިވެހިރާއްޖެ
ފަނޑިޔާރު ކަމުގެ ވަޒީފާގެ ފުރުޞަތު |
ނަންބަރު: IUL)195-C/1/2020/21) |
||||
ތާރީޚް: 25 އޮކްޓޫބަރު 2020 |
|||||
ބޭނުންވާ ޢަދަދު |
ބޭނުންވާ މަޤާމު |
ބޭނުންވާ މެޖިސްޓްރޭޓްކޯޓް |
|||
1 |
މެޖިސްޓްރޭޓް |
ވ. ފެލިދޫ މެޖިސްޓްރޭޓް ކޯޓް |
|||
1 |
އިސް މެޖިސްޓްރޭޓް |
ފ. ފީއަލީ މެޖިސްޓްރޭޓް ކޯޓް |
|||
1 |
އިސް މެޖިސްޓްރޭޓް |
ގއ. ކޮލަމާފުށި މެޖިސްޓްރޭޓް ކޯޓް |
|||
1 |
މެޖިސްޓްރޭޓް |
ޏ. ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓު |
|||
1 |
އިސް މެޖިސްޓްރޭޓް |
ސ. ފޭދޫ މެޖިސްޓްރޭޓް ކޯޓު |
|||
1 |
މެޖިސްޓްރޭޓް |
ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓު |
|||
މުސާރައާއި ޢިނާޔަތް |
|||||
|
މެޖިސްޓްރޭޓް |
އިސް މެޖިސްޓްރޭޓް |
|||
އަސާސީ މުސާރަ |
18,850 ރުފިޔާ |
21,000 ރުފިޔާ |
|||
ލިވިންގ އެލަވަންސް |
4,000 ރުފިޔާ |
4,000 ރުފިޔާ |
|||
ރިސްކް އެލަވަންސް |
600 ރުފިޔާ |
600 ރުފިޔާ |
|||
މެޑިކަލް އިންޝުއަރެންސް |
ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެމަތިން ލިބިދެވޭނެއެވެ. |
||||
ފަނޑިޔާރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި އަންނަނިވި ޝަރުޠުތައް ފުރިހަމަވާންވާނެއެވެ. |
|||||
އަޚްލާޤާއި ސުލޫކު |
|
||||
ޢުމުރު |
ޢުމުރުން 25 (ފަންސަވީސް) އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން |
||||
ތަޢުލީމާއި ތަޖުރިބާ |
އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނު؛ ނުވަތަ ޤާނޫނާއި ޝަރީޢަތުގެ ރޮނގުން ދަށްވެގެން ޑިޕްލޮމާ ޙާޞިލުކޮށްފައިވުމާއެކު ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މިދެކަމުގައި ނުވަތަ ޝަރުޢީ ކޯޓެއްގެ ލީގަލް މަޤާމެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން؛ |
||||
ފަނޑިޔާރުކަމުގެ ވަޒީފާއަށް އެދި ހުށަހަޅާފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި |
ނޯޓް: ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ، މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ހިންގާ ތަޢުލީމާއި ތަމްރީނު ޕްރޮގްރާމްތަކުގެ ތެރެއިން ދިވެހިރާއްޖޭގެ ތައުލީމީ ސަނަދުތަކުގެ އޮނިގަނޑުގައި ކަނޑައެޅިފައިވާ ގިންތިތަކަށް ފެތޭގޮތަށް، އެމް.ކިއު.އޭގެ ހުއްދައާއެކެ 1 ސެޕްޓެމްބަރ 2016 ގެ ފަހުން ރާއްޖޭގެ ކޮލެޖު/ޔުނިވަރސިޓީތަކުން ހިންގާ ޕްރޮގްރާމްތައް ފުރިހަމަ ކުރުމުން ދޭ ސަނަދުތައް އެކްރެޑިޓް ކުރަން ނުޖެހޭނެއެވެ. |
||||
ސުންގަޑި |
04 ނޮވެމްބަރު 2020 ވަނަ ދުވަހުގެ 13:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ފަނޑިޔާރުކަމަށް އެދި ހުށަހަޅާ ފޯމާއި ލިޔުންތައް ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ކޮމިޝަނުގެ ރަސްމީ އީމެއިލް އެޑްރެހަށް [email protected] ފޮނުއްވުމުން ފޯމް ބަލައިގަންނާނެއެވެ. |
||||
ޤަވާއިދު |
މި އިޢުލާނުގައިވާ މެޖިސްޓްރޭޓް ކޯޓުތަކުގެ މެޖިސްޓްރޭޓްކަމަށް ކުރިމަތިލާ ފަރާތްތައް ނެގުމުގައި އަމަލުކުރާނީ "ދިވެހިރާއްޖޭގެ ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަނުކުރުމުގައި ޢަމަލުކުރާނެ ގަވާއިދު" ގައިވާ ގޮތުގެ މަތީންނެވެ. މި ގަވާއިދު ގެޒެޓުންނާއި މި ކޮމިޝަނުގެ ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ. |
||||
އިތުރުމަޢުލޫމާތު |
- ފަނޑިޔާރުކަމަށް އެދި ހުށަހަޅާ ފޯމާއެކު ހުށަހަޅަންޖެހޭނެކަމަށް މިއިޢުލާނުގައި ބަޔާންކޮށްފައިވާ ތަކެތި އިޢުލާނުގައި ބުނެފައިވާގޮތަށް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ފޯމް ބާޠިލް ކުރެވޭނެއެވެ. |
||||
|
- މަޢުލޫމާތު ސާފުކުރައްވަން ސާފުކުރުމަށް ރަސްމީ ގަޑީގައި ގުޅުއްވާނެ ނަންބަރަކީ 3303501 އެވެ. ފަނޑިޔާރުކަމަށް އެދޭ ފޯމާއި އިގްރާރު ފޯމް އަދި ކުށުގެ ރެކޯޑް ފޯމް www.jsc.gov.mv ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. |