މަސައްކަތް
ނަންބަރު: FSM-ADV/2020/036
ޕަބްލިޝްކުރި ތާރީޚް: 25 އޮކްޓޫބަރު 2020
ޕަބްލިޝްކުރި ގަޑި: 14:11
ސުންގަޑި: 28 އޮކްޓޫބަރު 2020 12:00
ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

                           

         ފިއުލް ސަޕްލައިސް މޯލްޑިވްސްގެ ފަރާތުން މާލޭގައި ޤާއިމު ކޮށްފައިވާ ފިއުލް ޝެޑްތަށް (ފާޚާނާ ހިމެނޭގޮތުން)، 2 އަހަރު ދުވަހުގެ މުއްދަތަށް ކުނިކަހާ، ފޮޅާ ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިޚިދުމަތް ދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

  • ރެޖިސްޓްރޭޝަން:  28 އޮކްޓޯބަރ 2020 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން [email protected]  އަށް މެއިލް ކުރައްވާ ރެޖިސްޓަރ ކުރެއްވުން އެދެމެވެ.

މެއިލްގައި ތިރީގައި މިދަންނަވާ މަޢުލޫމާތު ހިމަނަންވާނެއެވެ.

  • ކުންފުނީގެ ނަން
  • ގުޅޭނެ ނަންބަރު އަދި އީމެއިލް
  • ކުންފުނި ތަމްސީލު ކުރާނެ ފަރާތް އަދި މަޤާމް
  • އިޢުލާނު ނަންބަރު

 

ބިޑަށް ރަޖިސްޓަރ ނުކުރައްވާ ފަރާތްތަކުގެ ބީލަންތައް ބާޠިލު ކުރެވޭނެއެވެ.

  • ބީލަން ހުށަހެޅުން: ބީލަން ހުށަހަޅުއްވާނީ، 08 ނޮވެމްބަރ 2020 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން [email protected] އަށް މެއިލްގެ ޒަރީޢާއިންނެވެ.

(އީމެއިލް މެދުވެރިކޮށް ބިޑު ހުށަހެޅުމަށް ހަމައްޖަސާފައިމިވަނީ، ކޮވިޑް-19 ގެ މިޙާލަތުގައި ގިނަ ފަރާތްތަކަކުން އެއްތަނަކަށް ޖަމާވެ ބައްދަލުވުމަކީ އެންމެ އެދެވިގެންވާ ގޮތް ކަމަށް ނުވާތީއެވެ)

          މިބީލަމާއި ގުޅޭ އިތުރު މަޢުލޫމާތު، މިއިޢުލާނާއި އެކު އެޓޭޗްކުރެވިފައި ވާނެއެވެ.  

25 އޮކްޓޫބަރު 2020