ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)179-3.2/1/2020/22
ޕަބްލިޝްކުރި ތާރީޚް: 25 އޮކްޓޫބަރު 2020
ޕަބްލިޝްކުރި ގަޑި: 14:06
ސުންގަޑި: 04 ނޮވެންބަރު 2020 11:00
ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު - ސީނިއަރ އޮފިސަރ / އެޑިއުކޭޝަން އެންޑް ޓްރެއިނިންގ ޑިޕާޓްމަންޓް

އިއުލާން

ވަޒީފާގެ ފުރުޞަތު

މި އޮތޯރިޓީއަށް، ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއެވެ. 

މަޤާމް:  ސީނިއަރ އޮފިސަރ / އެޑިއުކޭޝަން އެންޑް ޓްރެއިނިންގ ޑިޕާޓްމަންޓް 

 

ބޭނުންވާ ޢަދަދު 01 (އެކެއް)

މުސާރަ/ މަހަކު :  -/11,500 ރުފިޔާ  އާއި -/13,000 ރުފިޔާ އާ ދެމެދު (މުސާރައާއި އެލަވަންސާއެކު) 

ޢިނާޔަތް: 

އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.  

އެޓެންޑެންސް އެލަވަންސްގެ ގޮތުގައި ދުވާލަކަށް -/100 ރުފިޔާ، މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކު ލިބޭނެއެވެ. 

 

މަޤާމުގެ ޝަރުޠު:

  • ބިޒްނަސް، އެކައުންޓިންގ، ފައިނޭންސް، ޤާނޫނީ ދާއިރާ، ނުވަތަ ގުޅުންހުރި ދާއިރާއަކުން ބެޗެލަރސް ޑިގްރީ ނުވަތަ މޯލްޑިވްސް ކޮލިފިކޭޝާން ފްރޭމްވަރކްގެ ލެވެލް 7 ގެ ސަނަދެއް ޙާސިލުކޮށްފައިވުން ނުވަތަ އެއާ އެއްފެންވަރުގެ ވަރުގެ ޕްރޮފެޝަނަލް ކޮލިފިކޭޝަނެއް ޙާސިލުކޮށްފައިވުން 

  • ބިޒްނަސް، އެކައުންޓިންގ، ފައިނޭންސް، ނުވަތަ ގުޅުންހުރި ދާއިރާއަކުން ޑިޕްލޮމާ ހާސިލުކޮށްފައިވުން ނުވަތަ އެއާ އެއްފެންވަރުގެ ޕްރޮފެޝަނަލް ކޮލިފިކޭޝަނެއް ޙާސިލުކޮށްފައިވުމާއެކު 4 އަހަރު ދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:

  • އެޑިއުކޭޝަން އެންޑް ޓްރެއިނިންގ ޑިޕާޓްމަންޓުގެ މަސައްކަތް ރާވާ ޕްލޭން ކުރުމާއި ޓްރެއިނިންގ އެކްޓިވިޓީތަކުގެ މޮޑިއުލް ތައްޔާރުކުރުމާއި ޕްރޮގްރާމްތައް ރާވާ ތައްޔާރުކުރުމުގައި ޑިޕާޓްމަންޓް ހެޑަށް އެހީތެރިވުން 

  • އޮތޯރިޓީން ކުރިޔަށްގެންދާ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހުށަހެޅުމާއި، ކެޕިޓަލް މާރކެޓާގުޅޭ ޕްރެޒެންޓޭޝަން ހުށަހެޅުން

  • ކެޕިޓަލް މާރކެޓްގައި ހިމެނޭ އެންމެހައި ފަރާތްތަކަށް ބޭނުންވާ ތަމްރީނުތައް ދެނެގަނެ އެފަރާތްތަކަށް އަމާޒުކޮށްގެން ހިންގާނެ ޓްރެއިނިންގތައް ކަނޑައެޅުމުގައި ޑިޕާޓްމަންޓް ހެޑަށް އެހީތެރިވުން 

  • އެޑިއުކޭޝަން އެންޑް ޓްރެއިނިންގއަށް ބޭނުންވާ މެޓީރިއަލްތައް (ބްރޯޝަރ، އޯޑިއޯ އަދި ވިޝުއަލް އެވެއަރނެސް އެކުލެވޭ) ޑިޒައިންކުރުމާއި ޑިވެލޮޕްކުރުމުގައި އެހީތެރިވުން

  • ޑިޕާޓްމަންޓުން ހިންގާ ޕްރޮގްރާމްތައް މާކެޓްކުރުމާއި ޕްރޮގްރާމާގުޅޭ ކަންކަން ބައިވެރިންނާއެކު ހިއްސާކުރުމުގެ އިންތިޒާމްތައް ހަމަޖެއްސުން 

  • ޒަމާނާ އެކަށީގެންވާ ގޮތަށް އޮތޯރިޓީން ހިންގާ އެޑިއުކޭޝަން އެންޑް ޓްރެއިނިންގ ޕްރޮގްރާމްތައް ޑިޒައިންކުރުމާއި މީޑިއާ މެދުވެރިކޮށް ބޭނުންކުރެވޭނެ ގޮތަށް އިންތިޒާމް ހަމަޖެއްސުން 

  • އޮތޯރިޓީން ލައިސަންސް ދޫކުރާ ފަރާތްތަކަށް ކަނޑައެޅިފައިވާ އިމްތިހާނުތައް ބޭއްވުމަށް ކުރަންޖެހޭ ކަންކަމުގެ އިންތިޒާމް ހަމަޖެއްސުން

  • ސީ.އެމް.ޑީ.އޭ ގެ އިންސްޓިޓިއުޓް ގެ މަސައްކަތްތައް ރާވާ ހިންގުމުގައި އެހީތެރިވުން 

ހުށަހަޅަންޖެހޭ ލިޔުންތައް: 

  • އެޕްލިކޭޝަން ފޯމު

  • ކަރިކިއުލަމް ވިޓާ (ސީވީ)

  • ދިވެހި ރައްޔިތެއްކަން އަންގައިދޭ (މުއްދަތު ހަމަނުވާ) ކާޑުގެ ކޮޕީ 

  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

  • ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭ ރަސްމީ ލިޔުމެއް

  • ސަރުކާރުގެ ނުވަތަ ސިވިލް ސަރވިސްގެ އޮފީހެއްގެ ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ، ސީ.އެމް.ޑީ.އޭ ގެ ވަޒީފާއަށް ބަދަލުވުމުގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން

ނޯޓު:

  • އިންޓަވިއުއަށް ދަޢުވަތު ދެވޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. 

  • މިވަޒީފާއަށް ހޮވޭ ފަރާތް ދާއިމީ މުވައްޒަފެއްގެ ގޮތުގައި ހަމަޖެއްސޭނީ، 3 މަސްދުވަހުގެ ޕްރޮބޭޝަނަކަށްފަހު މަސައްކަތަށް ރަނގަޅުނަމައެވެ.

  • ވަޒީފާއަށް ހޮވޭފަރާތުން މެޑިކަލް ރިޕޯޓް ހުށަހަޅަންވާނެއެވެ.

  • މިމަޤާމަށް ހޮވޭ ފަރާތުން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެޓެސްޓް ކޮށްފައިވާ) ހުށަހަޅަންވާނެއެވެ.

މި ވަޒީފާއަށް މީހަކު ހޮވާނީ، ކުށުގެރެކޯޑް ބަލާ ފޯމު ފުރުމަށްފަހު، ވޭތުވެދިޔަ  5  އަހަރު ދުވަހު ކުށުގެ ރެކޯޑެއް ނެތްނަމައެވެ.

  •  މީގެ ކުރިން އެހެން ވަޒީފާ އެއް އަދާކޮށްފައިވާނަމަ، ވަޒީފާއަދާކުރި ތަނުގެ ފަރާތުން މަސައްކަތް ކުރިކަމުގެ ލިއުން (މަސައްކަތަށް ފަރުވާތެރިކަން ބަހައްޓަފައިވާ މިންވަރާއި، ހާޒިރީ އާއި ޗުއްޓީނަގާފައިވާ ގޮތުގެ ރިކޯޑް އެގޭނެ ގޮތަށް) ހުށަހަޅަންވާނެއެވެ. 

  • މަޤާމުގެ މަސްއޫލިއްޔަތާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯދުމަށް ތިރީގައިވާ ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

ސުންގަޑި

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 4 ނޮވެންބަރު 2020 ވާ ބުދަ ދުވަހުގެ 11:00 ގެކުރިން ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ވަޒީފާއަށް އެދި، ތިރީގައިވާ އެޑްރެހަށް އީމެއިލް ގެ ޒަރީއާއިން ނުވަތަ ސިޓީ ނުވަތަ ފޯމް ހުށަހެޅުން އެދެމެވެ. ވަޒީފާއަށް އެދި ހުށަހަޅާ ފޯމް މިއޮތޯރިޓީގެ ވެބްސައިޓުން ޑައުންލޯޑު ކުރެވެން ހުންނާނެއެވެ. 

އެޕްލިކޭޝަން ހުށަހަޅަންޖެހޭ އެޑްރެސް

ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ، ހ. އޯކިޑް 3 ވަނަ ފަންގިފިލާ 

އަމީރުއަޙްމަދު މަގު، މާލެ، ދިވެހިރާއްޖެ

ފޯނު: 3336619، ފެކްސް:3336624

އީމެއިލް: [email protected]  ވެބްސައިޓް: www.cmda.gov.mv

 

 

25 އޮކްޓޫބަރު 2020