މަސައްކަތް
ނަންބަރު: (IUL)303-AS/2020/46:ނަމްބަރ
ޕަބްލިޝްކުރި ތާރީޚް: 25 އޮކްޓޫބަރު 2020
ޕަބްލިޝްކުރި ގަޑި: 14:02
ސުންގަޑި: 28 އޮކްޓޫބަރު 2020 10:30
މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިރަށު ޕްރީސްކޫލްގެ ހުޅަނގު ފާރު ޕައުންޑޭޝަން އަޅާ ރާނަ ސިމެންތިޖަހާ ކުލަލައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

`

މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ         

         އުނގޫފާރު، ދިވެހިރާއްޖެ                                        ނަންބަރު: IUL)303-AS/2020/46)           

އިޢުލާން

 

މިރަށު ޕްރީސްކޫލްގެ ހުޅަނގު ފާރު ޕައުންޑޭޝަން އަޅާ ރާނަ ސިމެންތިޖަހާ ކުލަލައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

                     

              މިރަށު ޕްރީސްކޫލް ހުޅަނގު ފާރު ޕައުންޑޭޝަން އަޅާ ރާނާ ސިމެންތިޖަހާ ކުލަލައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިއިދާރާގެ  (07 އޮކްޓޫބަރ 2020)ގެ އިއުލާނާއި ގުޅިގެން އެއްފަރާތުން ބިޑް ހުށަހަޅާފައިވާތީ އެއިއުލާން ބާތިލްކޮށް އަލުން ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތް ކޮށްދިނުމަށްއެދޭ ފަރާތްތަކަށް މައުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ 28 އޮކްޓޫބަރު 2020 ވާ ބުދަ ދުވަހުގެ 10:30ގައި މިއިދާރާގައެވެ. އަދި ދެވޭ މަޢުލޫމާތާއި އެއްގޮތަށް ހުށަހަޅާ ބިޑްތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 02 ނޮވެމްބަރު 2020 ވާ ހޯމަ ދުވަހުގެ 11:30 ގައި މިއިދާރާގައެވެ. މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ބޭފުޅަކަށް މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންނެވެން ނެތްފަދަ ޙާލަތެއް ދިމާވެއްޖެނަމަ ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ބަދަލުގައި ފޮނުއްވިކަން އެނގޭ ސިޓީއެއް ، އަދި ކުންފުންޏަކުން ފޮނުއްވާނަމަ އެއީ ކޮންކުންފުންޏެއް ތަމްސީލު ކުރުމަށްކަން އެނގޭނެ ކުންފުނީގެ ލެޓަރހެޑުގައި ލިޔެފައިވާ ސިޓީއެއް ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދި ދަންނަވަމެވެ. އަދި ހުށަހަޅާ ފަރާތަކީ ކުންފުންޏެއް ނުވަތަ ޕާރޓްނާޝިޕެއް ނުވަތަ އަމިއްލަފަރުދުންގެ ވިޔަފާރި އަކުންނަމަ އެތަނެއްގެ ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަންވާނެއެވެ. މިމަސައްކަތަށް އެދި ހުށައަޅާ އަންދާސީ ހިސާބް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މި މަސައްކަތަށް އެދި ހުށައަޅުއްވާ ސިޓީއުރައިގެ ބޭރުގައި " ޕްރީސްކޫލްގެ ހުޅަނގު ފާރު ރޭނުމަށް އެދި" މިހެންލިޔެފައި އޮންނަންވާނެއެވެ. އަދި މީގެ އިތުރުން އަންދާސީ ހިސާބު ހުށައަޅާ ފަރާތުގެ ނަމާއި، އެޑުރެސް އަދި ފޯން ނަމްބަރ ސިޓީއުރާގެ ބޭރުގައި އޮންނަން ވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މިއިދާރާގެ 6580118  ނަންބަރު ފޯނާއި ނުވަތަ ކައުންސިލްގެ ރައީސް އަބްދުއްނާޞިރު ޢަލީގެ ނަމްބަރ9755327 ގުޅުއްވުން އެދެމެވެ.

ޕްރީސްކޫލް ހުޅަނގު ފާރު ރޭނުމުގެ މަސައްކަތަށް މާކުސް ދިނުމަށް ހަމަޖެހިފައިވާގޮތް

  1. ޕްރީސްކޫލް ހުޅަނގު ފާރު ރޭނުމަށް ހުށަހަޅާ އަގަށް (ހަތްދިހަ ފަސްމާކުސް)       
  2. ތަޖުރިބާ ފަންނީ ގާބިލްކަމަށް        (ދިހަމާކުސް)
  3. މުއްދަތައް                    (ދިހަމާކުސް)
  4. މާލީތަނަވަސް ކަމަށް             (ފަސްމާކުސް)

        ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

        08  ރަބީޢުލްއައްވަލް  1442

        25 އޮކްޓޫބަރު  2020  

                                                                                             

25 އޮކްޓޫބަރު 2020