ދިވެހިރާއްޖެ
ރާއްޖޭގައި ރުކުގެ އައު ޖީލެއް އުފެއްދުމަށްޓަކައި ފެންވަރު ރަނގަޅު ރުކުގެ މުޑުވައް އާލާކުރުމުގެ މަސައްކަތް މިނިސްޓްރީން މިދަނީ ކުރަމުންނެވެ. މި ޕްރޮގްރާމުގެ މައިގަނޑު މަޤްސަދަކީ ދުރުމުސްތަޤުބަލަށް މުޑުވައް ނެރެވޭ، ރަނގަޅު ފެންވަރުގެ ރުކުގެ ޖީލެއް ރަށްރަށުގައި ތަރައްޤީކުރުމެވެ. މި ޕްރޮގްރާމަށް އަމިއްލަ ފަރާތްތަކުންވެސް ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މިގޮތުން ސިޔާހާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން 1500 ރުއް ހަދިޔާކުރުމަށް މިހާރުވަނީ ހަމަޖެހިފައެވެ. ހަދިޔާކުރުމަށް ހަމަޖެހިފައިވަނީ 'ޗަވައްކަޑު އޮރެންޖެ' ޑްވާފު މުޑުވަކެވެ. އާންމުކޮށް ޑްވާފް ވެރައިޓީގެ މުޑުވައްތައް ހެދޭނެ ދިގުމިނަކީ 10-15 ފޫޓެވެ. މިޕްރޮގްރާމްގެ ދަށުން ރުއް އިންދަން ޝަޢުޤުވެރިވެލައްވާ ކައުންސިލްތަކުން، މިއިއުލާނާއެކު މިވާ އެޕްލިކޭޝަން ފުރިހަމަ ކުރެއްވުމަށްފަހު 12 ނޮވެމްބަރު 2020 ގެ 14:00 ގެ ކުރިން މިނިސްޓްރީގެ އީމެއިލް [email protected] އަށް ފޮނުއްވާދެއްވުން އެދެމެވެ.
ޝައުގުވެރިވެލައްވާ ކައުންސިލްތަކުގެ ތެރެއިން ހޮވާލެވޭ 15 ކައުންސިލަކަށް ކޮންމެ ރަށަކަށް 100 ރުއް ހަދިޔާކުރުމަށް ވަނީ ހަމަޖެހިފައެވެ. ރުއްތައް ލިބޭ ރަށްތައް ހޮވުމުގައި ތިރީގައި މިވާ ކަންތައްތަކަށް ބެލެވޭނެއެވެ.
- ރަށުގެ ބޮޑުބިން
- ރަށުގެ ރުއްތަކަށް ދިމާވެފައިވާ މައްސަލަތައް އަދި މި މައްސަލަތައް ޙައްލުކުރުމުގެ ގޮތުން ކުރެވިފައިވާ މަސައްކަތްތައް
- ހަދިޔާކުރެވޭ ރުއްތައް ބޭނުންކުރުމުގެ ޕްލޭން އަދި ދުރުމުސްތަޤްބަލަށް އެރުއްތަކުން ފައިދާހޯދަން ރާވާފައިވާ ގޮތް
މިޕްރޮގްރާމާއި ގުޅޭ ގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިނިސްޓްރީގެ ނަންބަރ 3339236، 3339261 ގުޅުއްވުން އެދެމެވެ.