މަސައްކަތް
ނަންބަރު: (IUL)262/262/2020/59
ޕަބްލިޝްކުރި ތާރީޚް: 22 އޮކްޓޫބަރު 2020
ޕަބްލިޝްކުރި ގަޑި: 08:24
ސުންގަޑި: 01 ނޮވެންބަރު 2020 11:00
ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
60 ހައުސިންގ ޔުނިޓް ސަރަހައްދު ސާފުކުރުމާ ގުޅޭ

ނޮޅިވަރަންފަރުގެ 60 ހައުސިން ޔުނިޓް ޢިމާރާތް ކުރަމުންދާ ސަރަހައްދު، ދީފައިވާ ކުރެހުމާއި މަޢުލޫމާތާ އެއްގޮތަށް ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

މަޢުލުމާތު:

  • ސާފުކުރާ ސަރަހައްދުން ނަގާ ގައު، ގާ ކުނޑި، ހިލަ، ގަނޑު ސިމެންތި ފަދަ ތަކެތި ނަރުދަމާ ނިޒާމާ ދިމާލުން ގޮނޑު ދޮށަށް އެޅުން.
  • ވިނަ އާއި އަނދާ ބާވަތުގެ ތަކެތި ކުނިކޮށްޓަށް އުކާލުން.
  • ސާފުކުރަން ޖެހޭ ސަރަހައްދުގެ ކުރެހުން ތިރީގައި އެވަނީ އެވެ.

ވީމާ މިމަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 01 ނޮވެމްބަރ 2020 ވާ އާދީއްތަ ދުވަހުގެ

11:00 އަށް މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

                މިހެންވެ މިކަން އާއްމުކޮށް އެންގުމައްޓަކައި އިއުލާން ކުރީމެވެ.

22 އޮކްޓޫބަރު 2020