ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)28-AD-1/1/2020/53
ޕަބްލިޝްކުރި ތާރީޚް: 22 އޮކްޓޫބަރު 2020
ޕަބްލިޝްކުރި ގަޑި: 13:29
ސުންގަޑި: 04 ނޮވެންބަރު 2020 00:00
މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) ގައި ހުރި ބޭނުންކޮށްފައިވާ ބައެއް ތަކެތި ނީލަން ކިޔުމާ ގުޅޭ

އިޢުލާން

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) ގައި ހުރި ބައުވެ ހަލާކުވެފައިވާ ތިރީގައި މި ދަންނަވާ ތަކެތި ނީލަން ކިޔުމަށް ކުރެވުނު ނަންބަރު IUL)28-AD-2/1/2020/43) އިއުލާނާއި ގުޅިގެން އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ އެ ތަކެތި ނީލަން ކިޔުމަށް ދެވަނަ ފަހަރަށް އިޢުލާނު ކުރީމެވެ.

- 11 ލަކުޑި އަލަމާރި

- 03 ގޮނޑި (ލޯ ބެކް އެގްޒެކެޓިވް)

- 10 ސަރަންފީ ގޮނޑި

- 01 ޓްރޮލީ

- 42 ޕްލާސްޓިކް ގޮނޑި (އަތްގަނޑު ނުލައި)

- 01 ޑަސްޓްބިން (ބޮޑު)

- 04 ކޮންފަރެންސް ޗެއަރ

- 01 ޖަގު (ޕްލާސްޓިކް)

މި ނީލަމާގުޅޭ ތަފްޞީލު ތިރީގައި މިވަނީއެވެ.

  1. ނީލަން ފެށޭ އަގު: 4424.75ރ. (ހަތަރު ހާސް ހަތަރު ސަތޭކަ ސައްވީސް ރުފިޔާ ހަތްދިޔަ ފަސް ލާރި).
  2. ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަން: މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ / ވިލިމާލެ.
  3. ނީލަންކިޔުމަށް ހަމަޖެހިފައިވާ ދުވަހާއި ގަޑި: 08 ނޮވެންބަރު 2020 ވަނަ ދުވަހުގެ 11:30 ގައި.
  4. ނީލަންކިޔުމަށް ހަމަޖެހިފައިވާ އުޞޫލު: ދުވަހު ނީލަމުގައި.
  5. މަޢުލޫމާތު ހޯދުމަށް ގުޅުއްވާނެ ފޯން ނަންބަރު: 9633858

ވީމާ މި ނީލަމުގައި ބައިވެރިވެވަޑައިގެންނެވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ނީލަން ކިޔުމަށް ހަމަޖެހިފައިވާ ގަޑިއަށް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ(ވިލިމާލެ) އަށް ވަޑައިގެންނެވުމަށް ދަންނަވަމެވެ.

22 އޮކްޓޫބަރު 2020