ދިވެހިރާއްޖެ
ނަންބަރު: 75/IUL)202-M/1/2020)
އިޢުލާން
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އިން ކުރިއަށް ގެންދާ އަސްކަރީ ތަމްރީނުތަކެއް 29 އޮކްޓޫބަރ 2020 ދުވަހުގެ 17:00 އިން 23.00 އަށް ކ.ތަނބުރުދޫ އަދި ކ.ގިރިފުށީގައި ވައިގެ ސަރަހައްދު ބޭނުންކޮށްގެން ތަމްރީނުތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަން މިއޮތޯރިޓީއަށް ވަނީ އަންގާފައިވެއެވެ. މި ތަމްރީނުތަކުގެ ތަފްސީލް ތިރީގައި މިވަނީއެވެ.
ތަމްރީނުގައި ވައިގެ ސަރަހައްދު ބޭނުންކުރާނެ ގޮތުގެ ތަފްސީލް
1- ބޭނުންކުރާ ހަތިޔާރު/ ޕައިކޯޓެކްނިކްސް : މިނީފްލޭއަރ، ޕެރަޝޫޓް ފްލޭއަރ
2- ވައިގެ ސަރަހައްދު ބޭނުންކުރޭނެ އެންމެ ދުރުމިން: 300 މީޓަރ
3- ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ އުސްމިން: 300 މީޓަރ
4- ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ތިރިމިން: ސީ.ލެވެލް
5- ވައިގެ ސަރަހައްދު ބޭނުންކުރާނެ ޑައިރެކްޝަން: ކ.ތަނބުރުދޫ އަދި ގިރިފުއްޓާއި ދިމާމަތި
ވީމާ، މި ސަރަހައްދުން ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދެއްވައިގެން ދަތުރުފަތުރު ކުރެއްވުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އާއްމުކޮށްއަންގާ އިޢުލާންކުރީމެވެ.
06 ރަބީއުއްއައްވަލް 1442
22 އޮކްޓޫބަރ 2020
ރައީސުލް ޖުމްހޫރިއްޔާގެ އޮފީސް
މާލެ،ދިވެހިރާއްޖެ