ދިވެހިރާއްޖެ
އިޢުލާން
އަންދާސީ ހިސާބު ބޭނުންވެއްޖެ! |
މިސްކޫލުން ދޭ މަޢުލޫމާތާއި އެއްގޮތަށް ސްކޫލްގެ ކޮރިޑޯރ ސީލިންގ މަރާމާތު ކުރުމާއި، ނަލަފިލާ ބަދަލުކުރުމުގެ މަސައްކަތް ކޮށްދޭނެފަރާތެއް ހޯދަން 04އޮކްޓޯބަރ 2020 ވަނަ ދުވަހު ކުރި އިޢުލާން ނަމްބަރު: GS13/IUL/2020/012 ބާތިލުކޮށް އަލުން އިޢުލާންކުރަމެވެ.
މިސްކޫލުން ދޭ މަޢުލޫމާތާއި އެއްގޮތަށް ސްކޫލްގެ ކޮރިޑޯރ ސީލިންގ މަރާމާތު ކުރުމާއި، ނަލަފިލާ ބަދަލުކުރުމުގެ މަސައްކަތް ކޮށްދޭނެފަރާތެއް ހޯދަން ބޭނުންވެއެވެ
ވީމާ،އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ، ފަރާތްތަކުން 2020 އޮކްޓޯބަރ 28ވާ ބުދަ ދުވަހުގެ މެންދުރު 13:15ށް މިސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2020 ނޮވެމްބަރ 5ވާ ބުރާސްފަތިދުވަހުގެ މެންދުރު 13:00ށް މިސްކޫލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ކަމުގައި ދެންނެވީމެވެ.
ނޯޓް: އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ލީޑިންގ ޓީޗަރ އަޙުމަދު ޢަލީފުޅު ( 7847282 ) އާއި ގުޅުއްވުން އެދެމެވެ.
ވީމާ މިކަން ޢާއްމުކޮށްއެންގުމަށްޓައި އިޢުލާން ކުރީމެވެ.
22 އޮކްޓޯބަރ 2020