ދިވެހިރާއްޖެ
07 އޮކްޓޯބަރ 2020 ކުރި ((IUL)438-ENV/438/2020/168) އިއުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ، އަލުން ބީލަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. އޯޒޯން ފަށަލައަށް ގެއްލުންދޭ މާއްދާއެއް ކަމަށްވާ އެޗްސީއެފްސީ އަދި އެޗްއެފްސީ އެކުލެވޭ ފިނިކުރާ ނިޒާމްތައް، ތިމާވެށްޓާއި ރައްޓެހި ގޭހަށް ބަދަލުކުރުމަށް ޝައުގުވެރިވެލައްވާ ފަރާތަތަކަށް ބިޑް ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމަވެ.
މި މިސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗް ކޮށްފައިވާނެއެވެ.އަދި މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރުން
މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، 29 އޮކްޓޫބަރު 2020 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މަޝްޜޫއުގެ ނަން އަދި އިއުލާނު ނަންބަރު ސަބްޖެޓުގައި ޖެއްސެވުމަށް ފަހު ތިރީގައިވާ މެއިލް އެޑުރެހަށް އީ-މެއިލް ކުރެއްވުން އެދެމެވެ.
އީމެއިލް: [email protected]
ކޮފީ: [email protected]
ބިޑް ސެކިއުރިޓީ
މި މަޝްރޫޢުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 6365 ދިވެހި ރުފިޔާ (ހަހާސް ތިންސަތޭކަ ފަސްދޮޅަސް ފަހެއް) ދިވެހި ރުފިޔާ ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޙުން ފެށިގެން 90 ދުވަހެވެ. އަދި، ބިޑް ސެކިއުރިޓީ ވާންޖެހޭނީ ސަރުކާރުން ގަބޫލުކުރާ ބޭންކަކުން ނުވަތަ ފައިނޭޝަލް އިންސްޓިޓިއުޝަނަކުން ދޫކޮށްފައިވާ ސެކިއުރިޓީއަކަށް ކަން މައުލޫމާތަށްޓަކައި ދަންނަވަމެވެ.
ބީލަން ހުށައެޅުން
ބީލަން ހުށައަޅުއްވާނީ 4 ނޮވެމްބަރު 2020 ވާ ބުދަ ދުވަހުގެ 11:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުގެ ރިސެޕްޝަނަށްށެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން، އީމެއިލް-އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު ލިޔެވިފައި އޮންނަން ވާނެއެވެ.
ބީލަން ވެލިޑިޓީ އަދި ބީލަން ހުޅުވުން
ބީލަމުގެ މުއްދަތުގެ ގޮތުގައި ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ.
ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 4 ނޮވެމްބަރު 2020 ވަނަ ދުވަހުގެ 10:00 ގައި، މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތުގައި ހާޒިރުވެ ތިބި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެ ފަރާތަކުން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.
އަންދާސީހިސާބުހުށަހަޅުއްވަންވާނީތިރީގައިމިދަންނަވާގޮތަށްއެޑްރެސްކޮށްފައެވެ.
“Do not Open Before4th November 2020at 10:00 – Refrigeration and air-conditioning equipment retrofit or/and replacement program for an establishment/facility in Maldives
ޕްރޮކިއުމަންޓް ސެކްޝަން،
މިނިސްޓްރީ އޮފް އެންވަޔަރަމަންޓް،
ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.
އީމެއިލް:[email protected]
ވެބްސައިޓް: www.environment.gov.mv
މަޝްރޫއުގެ ނަން: ފިނިކުރާ ނިޒާމްތައް ތިމާވެށްޓާއި ރައްޓެހި ގޭހަކަށް ބަދަލުކުރުން
އިޢުލާނުނަންބަރު: (IUL)438-ENV/438/2020/187
ހުށަހެޅީ؛
(ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް)
(ބީލަން ހުށަހަޅާ ފަރާތައް ގުޅޭނެ ފޯނު ނަންބަރާއި އީމެއިލްއެޑްރެސް)
ނޯޓް:
މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްއަށް ލިބިގެންވެއެވެ.