ދިވެހިރާއްޖެ
ގްރީން ކްލައިމެޓް ފަންޑް (ޖީ.ސީ.އެފް.) ގެ އެހީހޯދުމަށް ރާއްޖެއިން ތައްޔާރުކޮށްފައިވާ ޕައިޕްލައިން އިތުރަށް ހަރުދަނާކުރުމަށް، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ގެސްޓްހައުސް ފަތުރުވެރިކަމުގެ ސިނާއަތަށް އިގްތިސާދީގޮތުން ކުރާނެ އަސަރުތަކާބެހޭ އެސެސްމަންޓެއް ތައްޔާރުކުރުމަށް ވަނީ ރޭވިފައެވެ. މި މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ޖީ.ސީ.އެފް. ގެ އެހީ ލިބިގެން، އ.ދ. ގެ ތިމާވެށްޓާބެހެ ޕްރޮގްރާމް (ޔުނެޕް) އާ ގުޅިގެންނެވެ.
މި މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ޕްރޮޕޯސަލް ހުށަހެޅުމަށް އެދި 08 އޮކްޓޫބަރު 2020 ގައި ޝާއިއުކޮށްފައިވާ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގެ ނަންބަރު (IUL)438-CCD/438/2020/174 އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައި ނުވެއެވެ. މިހެންކަމުން މި މަސައްކަތަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތައް މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށް ދިނުމުގެ ގޮތުން ޓަރމްސް އޮފް ރެފަރެންސްގައިވާ ގޮތުގެ މަތިން މައުލޫމާތުތައް ހުށަހަޅަންވާނެއެވެ.
މި މަސައްކަތުގެ "ޓާރމްސް އޮފް ރިފެރެންސް" މި އިޢުލާނާއި އެކު ޑައުންލޯޑު ކުރެވޭ ގޮތައް ހިމަނާފައިވާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.
މަޢުލޫމާތު ސާފުކުރުން
މި މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީ-މެއިލް ކުރައްވާނީ 1 ނޮވެމްބަރ 2020 ވާ އާދީއްތަ ދުވަހުގެ 00:11 ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. އަދި އިސްވެދެންނެވުނު ސުންގަޑި ހަމަވުމުގެ ކުރިން ހުށައެޅޭ ސުވާލުތަކުގެ ޖަވާބުތައް މިނިސްޓްރީގެ ވެބްސައިޓް (www.environment.gov.mv) މެދުވެރިކޮށް 2 ނޮވެމްބަރ 2020 ވާ ހޯމަ ދުވަހު އެރުވޭނެއެވެ.
ބީލަން ހުށައެޅުން
ބީލަން ހުށައަޅުއްވާނީ 8 ނޮވެމްބަރ 2020 ވާ އާދީއްތަ ދުވަހުގެ 11:00 ގެ ކުރިން ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުގެ ރިސެޕްޝަނަށްށެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން, އީމެއިލް-އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު ލިޔެވިފައި އޮންނަން ވާނެއެވެ.
ބީލަން ވެލިޑިޓީ އަދި ބީލަން ހުޅުވުން
ބީލަމުގެ މުއްދަތުގެ ގޮތުގައި ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 60 ދުވަސް އޮންނަންވާނެއެވެ.
ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 8 ނޮވެމްބަރ 2020 ވަނަ ދުވަހުގެ 11:00 ގައި، މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތުގައި ހާޒިރުވެ ތިބި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެ ފަރާތަކުން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.
އަންދާސީހިސާބުހުށަހަޅުއްވަންވާނީތިރީގައިމިދަންނަވާގޮތަށްއެޑްރެސްކޮށްފައެވެ.
“Do not Open Before 8th November 2020at 11:00 – Development of Cost Scenarios for Climate Change Investments Non-Resort Tourism sector in the Maldives
ޕްރޮކިއުމަންޓް ސެކްޝަން،
މިނިސްޓްރީ އޮފް އެންވަޔަރަމަންޓް،
ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.
އީމެއިލް: [email protected]
ވެބްސައިޓް: www.environment.gov.mv
އިޢުލާނު ނަންބަރު: IUL)438-CCD/438/2020/189)
ހުށަހެޅީ؛
(ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް)
(ބީލަން ހުށަހަޅާ ފަރާތައް ގުޅޭނެ ފޯނު ނަންބަރާއި އީމެއިލްއެޑްރެސް)
ނޯޓް:
މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްއަށް ލިބިގެންވެއެވެ.