ނޫސްބަޔާން
ނަންބަރު: (PR)203-ECA/1/2020/6
ޕަބްލިޝްކުރި ތާރީޚް: 21 އޮކްޓޫބަރު 2020
ޕަބްލިޝްކުރި ގަޑި: 11:46
އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
ހއ.ބާރަށުގެ ގުރީންބެލްޓް ހިމެނޭ ސަރަހައްދުން އަދި ރަށުގެ އެހެނިހެން ސަރަހައްދުތަކުން ޤަވާޢިދާ ޚިލާފަށް ރުއްގަސް ކެނޑުމާއި، އުފުރުމާއި އަދި ހއ.ބާރަށުން ރުއްގަސް ބޭރުކުރުމާ ގުޅިގެން ކުރެވުނު ޖޫރިމަނާއާގުޅޭ

                     ނަންބަރު:(PR)203-ECA/1/2020/6

 

ނޫސްބަޔާން

ހއ.ބާރަށުގެ ގުރީންބެލްޓް ހިމެނޭ ސަރަހައްދުން އަދި  ރަށުގެ އެހެނިހެން ސަރަހައްދުތަކުން ޤަވާޢިދާ ޚިލާފަށް ރުއްގަސް ކެނޑުމާއި، އުފުރުމާއި އަދި ހއ.ބާރަށުން ރުއްގަސް ބޭރުކުރުމާ ގުޅިގެން ކުރެވުނު ޖޫރިމަނާއާގުޅޭ

ތިލަދުންމަތީ އުތުރުބުރީ ބާރަށުގެ ގްރީން ބެލްޓް (ހޭޅިފަށް) ހިމެނޭ ސަރަހައްދުން އަދި ރަށުގެ އެހެނިހެން ސަރަހައްދުތަކުން، ޤަވާއިދާއި ޚިލާފަށް ގިނަ އަދަދެއްގެ ރުއްގަސް ކެނޑުމާއި އުފުރުމާއި އަދި ހއ.ބާރަށުން ރުއްގަސް ބޭރުކޮށްފައިވާތީ، ދިވެހިރާއްޖޭގެ ތިމާވެށިރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ޤާނޫނު (ޤާނޫނު ނަންބަރު:4/93) ގެ ދަށުން ހެދިފައިވާ ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ޤަވާޢިދު (ޤަވާޢިދު ނަންބަރު:2011/R-9) ގެ ޖަދުވަލު 5 (ގަވާއިދާއި އެއްގޮތަށް ފުރިހަމަކުރަންޖެހޭ އިދާރާ ކަންކަން ފުރިހަމަ ނުކުރުން: ނަގަންޖެހޭ ހުއްދަތައް ނެތުން) ރިޢާޔަތްކޮށް ޖުމްލަ 191,250  (އެއްލައްކަ ނުވަދިހަ އެއްހާސް ދުއިސައްތަ ފަންސާސް) ދިވެހިރުފިޔާއިން ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލުގެ އިދާރާ ވަނީ 21 އޮކްޓޫބަރު 2020 ގައި ޖޫރިމަނާކުރެވިފައެވެ. އަދި މިޖޫރިމަނާ ފައިސާ މިއެޖެންސީއަށް 30 (ތިރީސް) ދުވަހުގެ މުއްދަތުގެ ތެރޭގައި ދެއްކުމަށް އެފަރާތަށްވާނީ އެންގިފައެވެ.

 

............................................

04            ރަބީޢުލްއައްވަލް 1442

21            އޮކްޓޫބަރު 2020

 

 

21 އޮކްޓޫބަރު 2020