ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)167-HR/167/2020/52
ޕަބްލިޝްކުރި ތާރީޚް: 20 އޮކްޓޫބަރު 2020
ޕަބްލިޝްކުރި ގަޑި: 10:35
ސުންގަޑި: 02 ނޮވެންބަރު 2020 14:00
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
ދިވެހިރާއްޖެ
ނަރުސް

                      އިޢުލާން

ތިރީގައި މި ދަންނަވާ މަގާމަށް ކޮންޓްރެކްޓް އުސޫލުން މުވައްޒަފުން ބޭނުންވެއްޖެއެވެ. މިމަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން

އިސްކަންދެވޭނީ ދިވެހިބޭފުޅުންނަށެވެ.

 

މަޤާމް:

ނަރުސް

ރޭންކް:

އެމް.އެސް 3 (މެޑިކަލް ސަރވިސް 3)

ކްލެސިފިކޭޝަން:

މެޑިކަލް ސަރވިސް

މުސާރަ:

މަހަކު  -/5,610 ރުފިޔާ

ސަރވިސް އެލަވެންސް:

ނޮންޕްރެކްޓިކްސް އެލަވްންސް:

ފުޑް އެލަވަންސް:

އެކޮމޮޑޭޝަން އެލަވަންސް:  

މަހަކު  -/3,500 ރުފޔާ

މަހަކު 1,963/50 ރުފޔާ

މަހަކު -/1,800 ރުފިޔާ

މަހަކު -/2,500 ރުފިޔާ

ބޭނުންވާ އަދަދު:

01

މަސައްކަތް ކުރަންޖެހޭ ތަން:              

މާފުށި ޖަލު ، މާލެ ޖަލު، އައްސޭރި ޖަލު، ހުޅުމާލެ ޖަލު

މަޤާމުގެ ޤިންތި:

ކޮންޓްރެކްޓް

ފެންވަރު ނުވަތަ ޝަރުތު:                         

 

 

 

މަ މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު،

  • ދިވެހި ސަރުކާރުން ޤަބޫލުކުރާ އިންސްޓިއުޓެއްގައި ނަރސިންގ ޑިޕްލޮމާ ފުރިހަމަކޮށް ސެޓްފިކެޓް ހާސިލްކޮށްފައިވުން. ނުވަތަ؛
  • ދިވެހި ސަރުކާރު ޤަބޫލުކުރާ އިންސިޓިއުޓެއްގައި ޑިޕްލޮމާ އިން ނަރސިންގ އެންޑް މިޑްވައިފްރީ ކޯހެއް ފުރިހަމަކޮށް ސެޓްފިކެޓް ހާސިލްކޮށް ފައިވުން ނުވަތަ؛ ނަރުސްކަމުގެ ފަންނީ ރޮގުން ޑިޕްލޮމާ ސެޓްފިކެޓެއް ހާސިލްކޮށްފައިވުން.
  • އަދި ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' އަދި 'އިސްލާމް' މި

މާއްދާތަކުން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން؛  (ދިވެހިން)

  • މީލާދީ ގޮތުން 18 (އަށާރަ) އަހަރު ފުރި، 45 (ސާޅީސް ފަހެއް) އަހަރު ނުވާ މީހަކު ކަމުގައިވުން،
  • ޖިނާއީ އެއްވެސް ބާވަތެގެ ކުށެއް ކޮށްފައިވާ މީހަކަށް ނުވުމާއި،އެއްވެސް އިރެއްގައި މަސްތުވާ އެއްޗެއް ބޭނުންކޮށް އެކަހެރިވުމަށް ފަރުވާ ހޯދާފައިވާ ފަރާތެއްކަމުގައި ނުވުން.

 

މަޤާމުގެ މަސްޢޫލިއްޔަތު:

 

  • ޖަލުތަކުގައި ތިބޭ ބަންދުމީހުންނަށް ޤަވާއިދުން ބޭސްދިނުން.
  • ރަސްމީ ޑިއުޓީ އިތުރުން އެމެޖެންސީ ޙާލަތެއް މެދުވެރިވެއްޖެނަމަ އެޓެންޑްވުން.
  • ނާރސިން ސްޓޭޝަން އަބަދުވެސް އެމެޖެންސީ ޙާލަތަށް ތައްޔާރުކޮށްފައި ބެހެއްޓުން.
  • އޯޕީޑިގައި ދިމާވާ މެޑިކަލް އެމެޖެންސީތަކުގައި ބަންދުމީހުންނަށް ސިއްޙީ ފަރުވާ ދިނުން.
  • ބަންދުގައި ތިބޭ ޤައިދީންގެ ތެރެއިން ޙާއްސަ ބަލިތަކަށް ފަރުވާ ހޯދުމުންދާ ޤައިދީންގެ މަންތްލީ  މެޑިކޭޝަން މޮނިޓަރ ކުރުމާއި ފޮލޯއަޕްސް މޮނިޓަރ ކުރުން.
  • އަލަށް ގެންނަ ޤައިދީން ސްކްރީން ކުރުން.
  • މެޑިކަލް ފައިލްތައް ބެލެހެއްޓުން.

 

 

މީހުން ހޮވުމުގައި އިސްކަން ދެވޭ ކަންތައްތައް:

 

  • ތަޢުލީމީ ފެންވަރު.
  • ދާއިރާއިން ލިބިފައިވާ ތަޖުރިބާ.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

- ވަޒީފާއަށް އެދޭ ފޯމު. (މި ފޯމު މި ސަރވިސްގެ ވެބްސައިޓު www.corrections.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މި ސަރވިސްގެ ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ.

- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ނުވަތަ ޕާސްޕޯޓް ފޮޓޯ.

- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ފޮޓޯ ކޮޕީ.

- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. ( ސީވީ )

- ކުރިން ވަޒީފާ އަދާކޮށްފައިވާ މީހަކުނަމަ ވަޒީފާ އަދާކުރި ތަންތަނުން ދީފައިވާ ލިޔުމުގެ ކޮޕީ.

- ނެގި ފަހުން ތިން މަސްދުވަސް ހަމަނުވާ އިސްކޮޅު ފެންނަ ފޮޓޯއެއް.

- އިންޖީނުލީ އުޅަނދު ދުއްވާނަމަ ލައިލަންސްގެ ކޮޕީ.

- ޕޮލިސް ރިޕޯޓް.

- ބިދޭސީ އެއްނަމަ ފުރާފައިވާ މޯލެޑިވްސް މެޑިކަލް ކައުންސިލްގެ ރެޖިސްޓްރޭޝަން ފޯމު.

- ބިދޭސީއެއްނަމަ މި އިޢުލާންގައިވާ ލިޔެކިއުންތަކުގެ އިތުރުން މޯލެޑިވްސް މެޑިކަލް ކައުންސިލްގެ ރެޖިސްޓްރޭޝަން ފޯމްގައި ހިމެނިފައިވާ ހުރިހާ ލިޔެކިއުންތައް.

- ސިވިލް ސަރވިސްއަށް / ސަރުކަރާށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މީހަކު ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިޔުމުގެ ކޮޕީ.

- ކުރިން ވަޒީފާ އަދާކޮށްފައިވާ މީހަކުނަމަ ވަޒީފާ އަދާކުރި ތަންތަނުން ދީފައިވާ ލިޔުމުގެ ކޮޕީ.

 

ސުންގަޑި:

 

  • މި މަޤާމުތަކަށް އެދޭ ފަރާތްތަކުން 2020 ނޮވެމްބަރު 02 ވާ ހޯމަ ދުވަހުގެ 14:00ގެ ކުރިން ވަޒީފާއަށް އެދޭ ފޯމާއި ވަނަވަރު އަދި ހުށައަޅަންޖެހޭ ލިޔެކިއުންތަކާއި އެކު މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ( ޣާޒީ ބިލްޑިންގ/ ގްރައުންޑް ފްލޯރ) އަށް ހުށަހެޅުއްވުން އެދެމެވެ.
  • ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ ފޯމާއި ޝަރުޠު ހަމަނުވާ ފަރާތްތަކުން ހުށަހަޅުއްވާ ފޯމުތައް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.
  • ހުށަހަޅުއްވާފައިވާ ލިޔެކިއުންތައް ސައްހަ ނޫންކަމަށް ސާބިތުވެއްޖެނަމަ ފޯމް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.
  • ވަޒީފާއަށްއެދޭ ފޯމާއެކު ހުށަހަޅާ ލިޔުންތަކުގެ އަސްލު އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެ އެވެ

މީހުން ހޮވުމުގައި އިސްކަން ދެވޭ ކަންތައްތައް:

  • ތަޢުލީމީ ފެންވަރު.
  • ދާއިރާއިން ލިބިފައިވާ ތަޖުރިބާ

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް:

 

 މި ޢިއުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3026115 ނަންބަރު ފޯނަށް، ނުވަތަ 3026114 ނަންބަރު ފޯނަށެވެ.

އީ މެއިލް: [email protected]

(ފޯމާއެކު ހުށަހަޅުއްވާ ހުރިހާ ލިޔެކިއުންތައް ހުންނަންވާނީ ފޯމާއެކު ހީރަސްޖަހާ ސަފުހާ ނަންބަރު ޖަހާފައެވެ.)

       20 އޮކްޓޯބަރ 2020  

 

20 އޮކްޓޫބަރު 2020