މަސައްކަތް
ނަންބަރު: HPSN-IL/2020/07
ޕަބްލިޝްކުރި ތާރީޚް: 20 އޮކްޓޫބަރު 2020
ޕަބްލިޝްކުރި ގަޑި: 19:45
ސުންގަޑި: 02 ނޮވެންބަރު 2020 12:00
ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު، ކ. ގުރައިދޫ
ދިވެހިރާއްޖެ
އަންދާސީހިސާބުބޭނުންވެއްޖެ

ޚާއްޞައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު

މިނިސްޓްރީ އޮފް ޖެންޑަރ،ފެމިލީ އެންޑް ސޯޝަލް ސާރވިސަސް        

ކ.ގުރައިދޫ،ދިވެހިރާއްޖެ.                                                    ނަންބަރު: HPSN-IL/2020/07

 

އިޢްލާން

އަންދާސީހިސާބު ބޭނުންވެއްޖެ.

                   މިމަރުކަޒުން ބަލަހައްޓަމުންގެންދާ ފިރިހެނުންގެ ބޯކޮށުމާއި ތުނބުޅި ބޭލުން އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު HPSN-IL/2020/05 އިޢްލާނަށް އެސްޓިމޭޓް ހުށައެޅި ފަރާތްތަކަކީ މިމަސައްކަތް ކުރުމުގެ ތަޖުރިބާ ހުރި ފަރާތްތަކެއްކަން ލިޔެކިއުމުން އެނގެން ނެތުމުން އަލުން މިމަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް އިއުލާން ކުރަމެވެ.

ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 26 އޮކްޓޮބަރ 2020 ވާ ހޯމަ ދުވަހުގެ 12:00 އަށް މި މަރުކަޒަށް ވަޑައިގެން މަޢްލޫމާތު ސާފުކުރެއްވުމަށްފަހު 02 ނޮވެމްބަރ 2020 ވާ ހޯމަ ދުވަހުގެ 12:00 އަށް މި މަރުކަޒަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. އަންދާސީހިސާބު ހުށަހެޅުމުގައި ބައިވެރިވެ ވަޑައިގަނެވޭނީ މަޢްލޫމާތު ސާފުކުރަން ވަޑައިގަންނަވާ ފަރާތްތަކަށް އެކަނިކަމުގައި މަޢްލޫމާތަށްޓަކައި ދެންނެވީމެވެ.

                                     03      ރަބީއުލްއައްވަލް      1442

20 އޮކްޓޫބަރު 2020