ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)266/266/2020/117
ޕަބްލިޝްކުރި ތާރީޚް: 20 އޮކްޓޫބަރު 2020
ޕަބްލިޝްކުރި ގަޑި: 14:16
ސުންގަޑި: 16 ނޮވެންބަރު 2020 11:00
ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޅުދުއްފުށީ ކައުންސިލް އިދާރާއަށް ރަށުޕިކަޕެއް ފޯރުކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

 ކުޅުދުއްފުށީ ކައުންސިލް އިދާރާއަށް ރަށުޕިކަޕެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިއިދާރާއަށް ރަށުޕިކަޕެއް ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެމަތީން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 21 އޮކްޓޯބަރ 2020 (ބުދަ) ދުވަހުން ފެށިގެން 02 ނޮވެމްބަރ 2020 ވާ (ހޯމަ) ދުވަހާއި ދެމެދު މިއިދާރާގެ ނަމްބަރ 6528831 އަށް ގުޅުއްވާ ނަންނޯޓް ކުރެއްވުމަށް ދަންނަވަމެވެ.

  •  މައުލޫމާތު ދިނުން – 05 ނޮވެމްބަރ 2020 ވާ (ބުރާސްފަތި) ދުވަހުގެ 11:00 ގައި
  • އަންދާސީ ހިސާބު ހުށަހެޅުން – 16 ނޮވެމްބަރ 2020 ވާ (ހޯމަ) ދުވަހުގެ 11:00 ގައި

 

މަޢުލޫމާތު ދިނުން އޮންލައިންކޮށް ޒޫމް އެޕްލިކޭޝަން މެދުވެރިކޮށް ކުރިއަށް ގެންދެވޭނެއެވެ. އަދި އޮންލައިންކޮށް ބައިވެރިނުވެވޭނެ ފަރާތްތަކަށް މަޢުލޫމާތު ދިނުން، ހަމަޖެހިފައިވާ ގަޑީގައި ކުޅުދުއްފުށީ ކައުންސިލް އިދާރާގައި ކުރިއަށް ގެންދެވޭނެއެވެ. މައުލޫމާތު ފޯރުކޮށްދެވޭނީ ނަންނޯޓްކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. މަޢުލޫމާތު ސެޝަންގައި ބައިވެރިނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު އެރުވެންނޯންނާނެ ކަމުގައި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ކުޅުދުއްފުށީ ކައުންސިލްއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ އެއް އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހެޅުއްވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

20 އޮކްޓޫބަރު 2020