މަސައްކަތް
ނަންބަރު: (IUL)266/266/2020/115
ޕަބްލިޝްކުރި ތާރީޚް: 20 އޮކްޓޫބަރު 2020
ޕަބްލިޝްކުރި ގަޑި: 13:59
ސުންގަޑި: 15 ނޮވެންބަރު 2020 13:00
ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޅުދުއްފުށީ އާރޓިފިޝިއަލް ބީޗާއި އެއަރ ޕޯރޓް ސަރަހައްދުގެ ބީޗްގައި ގޮޑި އަދި ކުޑަ ޖަހާ ބީޗް ސަރަހައްދު ހިތްފަސޭހަ މާހައުލަކަށް ހެދުމުގެ މަސައްކަތް ކޮށްދޭނޭފަރާތެއް ހޯދުން

މި އިޢުލާންވަނީ 05 ނޮވެންބަރު 2020 09:00 ގައި ބާތިލް ކުރެވިފައެވެ.


ކުޅުދުއްފުށީ އާރޓިފިޝިއަލް ބީޗާއި އެއަރ ޕޯރޓް ސަރަހައްދުގެ ބީޗްގައި ގޮޑި އަދި ކުޑަ ޖަހާ ބީޗް ސަރަހައްދު ހިތްފަސޭހަ މާހައުލަކަށް ހެދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެމަތީން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 21 އޮކްޓޯބަރ 2020 (ބުދަ) ދުވަހުން ފެށިގެން 02 ނޮވެމްބަރ 2020 ވާ (ހޯމަ) ދުވަހާއި ދެމެދު މިއިދާރާގެ ނަމްބަރ 6528831 އަށް ގުޅުއްވާ ނަންނޯޓް ކުރެއްވުން އެދެމެވެ.

  •  މައުލޫމާތު ދިނުން – 04 ނޮވެމްބަރ 2020 ވާ (ބުދަ) ދުވަހުގެ 13:00 ގައި
  • އަންދާސީ ހިސާބު ހުށަހެޅުން – 15 ނޮވެމްބަރ 2020 ވާ (އާދީއްތަ) ދުވަހުގެ 13:00 ގައި

މަޢުލޫމާތު ދިނުން އޮންލައިންކޮށް ޒޫމް އެޕްލިކޭޝަން މެދުވެރިކޮށް ކުރިއަށް ގެންދެވޭނެއެވެ. އަދި އޮންލައިންކޮށް ބައިވެރިނުވެވޭނެ ފަރާތްތަކަށް މަޢުލޫމާތު ދިނުން، ހަމަޖެހިފައިވާ ގަޑީގައި ކުޅުދުއްފުށީ ކައުންސިލް އިދާރާގައި ކުރިއަށް ގެންދެވޭނެއެވެ. މައުލޫމާތު ފޯރުކޮށްދެވޭނީ ނަންނޯޓްކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. މަޢުލޫމާތު ސެޝަންގައި ބައިވެރިނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު އެރުވެންނޯންނާނެ ކަމުގައި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ކުޅުދުއްފުށީ ކައުންސިލްއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ އެއް އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހެޅުއްވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

20 އޮކްޓޫބަރު 2020