ވަޒީފާގެ ފުރުޞަތު
ނަންބަރު: HMH | IUL | 2020 |046
ޕަބްލިޝްކުރި ތާރީޚް: 20 އޮކްޓޫބަރު 2020
ޕަބްލިޝްކުރި ގަޑި: 13:56
ސުންގަޑި: 28 އޮކްޓޫބަރު 2020 14:00
ހުޅުމާލެ ހޮސްޕިޓަލް
ދިވެހިރާއްޖެ
އޮޕްޓޮމެޓްރިސްޓް (ޕާޓް ޓައިމް/ފުލްޓައިމް)

މަޤާމް: އޮޕްޓޮމެޓްރިސްޓް (ޕާޓް ޓައިމް/ފުލްޓައިމް)

މަސައްކަތް ކުރަންޖެހޭ ތަން:ހުޅުމާލެ ހޮސްޕިޓަލް

ތަޢުލީމާ ތަޖުރިބާ:

 

1- އޮޕްޓޮމެޓްރީގެ ދާއިރާއިން ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ލިބިފައިވުމާ އެކު އޮޕްޓޮމެޓްރީގެ ދާއިރާގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

2- އޮޕްޓޮމެޓްރީގެ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވުން.

މުސާރައާއި އިނާޔަތް :

 

މުސާރަ:            7035.00 ރުފިޔާ

ސަރވިސް އެލަވަންސް:    2500.00 ރުފިޔާ

ރިސްކް އެލަވަންސް:      100.00 ރުފިޔާ (މަސައްކަތް ކުރާ ދުވަހަކަށް)

އެޓެންޑެންސް އެލަވަންސް:   106.00 ރުފިޔާ (މަސައްކަތްކުރާ ރަސްމީ ދުވަސްތަކަށް)

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1- ލޮލުގެ ރޫޓިން ޓެސްޓްތަށް ހެދުން

2- ވިޝަން ތެރަޕީ އާއި ލޯ ވިޝަން ރީހެބިލިޓޭޝަން ފޯރުކޮއްދިނުން

3- ސްޓްރަބިސްމަސް (ލޯ އަވަރުވުން) ބަލިމީހުން އިވެލުއޭޓްކުރުމާއި ޑައިގްނޯސް ކުރުން

4- އެމްބްލަޔޯޕިއާ ޑައިގްނޯސް ކުރުމާއި މެނޭޖް ކުރުން

5- ނިސްޓެގްމަސް އާއި އެހެނިހެން ލޮލުގެ ބަލިތަކަށް ނޮން ސާރޖިކަލް ޓްރީޓްމެންޓް ޕްލޭންތައް ހެދުން

6- ލޮލުގެ ބަލިތަކާއި އާއްމު ސިއްހަތާއި މެދު މީހުން އަހުލުވެރި ކުރުވުމަށް ކައުންސެލިންގ ދިނުން

7- ސްކޫލް ތަކާއި ކޮމިއުނިޓީ ހެލްތު ސެންޓަރު ތަކުގައި ލޮލުގެ ސްކްރީނިން ކުރިއަށް ގެންދިއުން

8- ވިޝުއަލް ފީލްޑް ޓެސްޓިންގ، އޯ.ސީ.ޓީ، ފަންޑަސް ޕޮޓޯގްރަފީ ފަދަ ޕްރޮސީޖަރ ތައް ކުރިއަށް ގެންދިއުމުގައި އޮފްތަލްމޮލޮޖިސްޓްއަށް އެހިތެރިކަން ފޯރުކޮށްދިނުން

9- ނަން ސްޓްރަބިސްމިކް ބައިނޮކިއުލަރ ވިޝަން ޑިސްއޯޑަރ (ފޯކަސްކުރުމުގެ މައްސަލަތައް ދެނެގަނެ އެކަމުގެ ފަރުވާދިނުން.

10- އައިނު، ކޮންޓެކްޓް ލެންސް އަދި ބޭސް ބޭނުންވާނެ ބަލިމީހުންނަށް ޕްރެސްކްރައިބް ކުރުން

ކުރިމަތިލުމުގެ ސުންގަޑި: 28 އޮކްޓޯބަރ 2020 ވަނަ ދުވަހެގެ މެންދުރު 14:00 ގެ ކުރިން

މި މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، ހުޅުމާލެ ހޮސްޕިޓަލުގެ އިދާރީ އޮފީސް (ލޮޓް ނަންބަރ E-01—04 އިރުދޭމާ ހިނގުން، އެންޒީ ބޭކަރީ މަތީ ފަންގިފިލާއަށް ( ހުށަހެޅުއްވުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ. ވަޒީފާއަށް އެދޭ  ފޯމް ހުޅުމާލެ ހޮސްޕިޓަލްގެ އިދާރީ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ހޮސްޕިޓަލްގެ ވެބްސައިޓް www.hmh.gov.mv އިން ފޯމް ޑައުންލޯޑް ކުރެވޭނެއެވެ. އީމެއިލް މެދުވެރިކޮށް ފޮނުއްވާ ފޯމުތަކަށް، ފޯމު ބަލައިގަތް ކަމުގެ މެއިލް ފޮނުވާނެއެވެ. މެއިލްއަށް ޖަވާބު ނުލިބޭނަމަ ވަޒީފާގެ އިޢުލާނުގައިވާ އީދާރީ އޮފީސް ނަންބަރަށް ގުޅުއްވުމަށްފަހު ފޯމު ލިބިފައިވޭތޯ ޗެކްކުރައްވަންވާނެއެވެ.

  • ވަޒީފާއަށް އެދޭ ފޯމު
  • ސީވީ
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ އަސްލުކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީ
  • ޕޮލިސް ރިޕޯޓް
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން
  • މުއްދަތު ހަމަނުވާ ރެޖިސްޓްރޭޝަން / ލައިސެންސްގެ ކޮޕީ

ޚާއްޞަ ސަމާލުކަމަށް:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުން، ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތަކުގެ ތެރޭގައި، ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ފޯމު ހުށަނާޅާ ފަރާތްތަކުގެ ހުށަހެޅުންތައް ކެންސަލްކުރެވޭނެއެވެ. އަދި ފުރިހަމަނުވާ ފޯމުތައް ބަލައެއް ނުގަނަވޭނެއެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދުމަށް ހުޅުމާލެ ހޮސްޕިޓަލްގެ 3350134،ނުވަތަ 3350132 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

20 އޮކްޓޫބަރު 2020