ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)405-A/2020/48
ޕަބްލިޝްކުރި ތާރީޚް: 17 ސެޕްޓެންބަރު 2020
ޕަބްލިޝްކުރި ގަޑި: 14:16
ސުންގަޑި:
08 އޮކްޓޫބަރު 2020 14:00
ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނާއި ގުޅޭ
އިޢުލާން
ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނާއި ގުޅޭ
ޤާނޫނާއި ގަވައިދާ ހިލާފަށް ބިދޭންސީން ރަށުގައި އުޅެމުންދާތީވެ، ޤާނޫނާއި ގަވައިދާ ހިލާފަށް އެއްވެސް ބިދޭސީއަކަށް ނޫޅެވޭ ގޮތް ހެދުމަށާއި، އަދި ގަވައިދާ ހިލާފަށް ބިދޭސީން ގެނެސް މަސައްކަތް ކުރާފަރާތްތަކާއި މެދު ޤާނޫނީ ގޮތުން އެޅެން ހުރި ފިޔަވަޅުތަށް އެޅުމަށް މި ކައުންސިލުން ވަނީ ނިންމާފައެވެ.
އަދި ޤަވައިދާ ހިލާފަށް ބިދޭސީން ގެންގުޅޭ ފަރާތްތަކުން، އެފަދަ ބިދޭސީން ގަވައިދަށް ގެނައުމަށް 20 (ވިހި) ދުވަހުގެ މުއްދަތެއް ދިނުމަށް ވަނީ ނިންމާފައެވެ. އަދި ބިދޭސީން ރަށައް ގެނައުމުގެ ކުރިން ރަށުކައުންސިލަށް ބިދޭސީމީހާގެ ލިޔުންތަށް ހުށައަޅާ ހުއްދަ ހޯދަންވާނެއެވެ.
ވީމާ، 8 އޮކްޓޯބަރު 2020ވާ ބުރާސްފަތި ދުވަހުގެ ކުރިން ކުނަހަންދޫގައި އުޅޭ ބިދޭންސީން ގަވައިދަށް ގެނައުމަށް އަންގަމެވެ. އަދި މި މުއްދަތުގެ ފަހުން ގަވައިދާ ހިލާފަށް އެއްވެސް ބިދޭސީއަކަށް ކުނަހަންދޫގައި ނޫޅެވޭނެކަން ވެސް އަންގައި އިޢުލާން ކުރީމެވެ.
29 މުޙައްރަމް 1442
17 ސެޕްޓެމްބަރު 2020
17 ސެޕްޓެންބަރު 2020