ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)266-A/266/2020/108
ޕަބްލިޝްކުރި ތާރީޚް: 18 އޮކްޓޫބަރު 2020
ޕަބްލިޝްކުރި ގަޑި: 15:01
ސުންގަޑި: 31 ޑިސެންބަރު 2020 00:00
ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮވިޑް-19 ރޯގާގެ ބިރުވެރިކަން އިތުރުވަމުން ދާތީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސް ކުރުން

ކުޅުދުއްފުށީގައި ކޮވިޑް-19 ރޯގާގެ ބިރުވެރިކަން އިތުރުވަމުންދާ މި ދަނޑިވަޅުގައި ރައްކާތެރިވުމުގެ ގޮތުން އެޅެން ހުރި ހުރިހާ ފިޔަވަޅުތައް އެޅުމަށާއި ސިއްހީ މާހިރުންގެ ލަފަޔާއި އިރުޝާދަށް ފުރިހަމައަށް ބޯލެބުމަށް އެންމެހާ ރައްޔިތުންނަށް އިލްތިމާސް ކުރަމެވެ. މިގޮތުން ތިރީގައި ފާހަގަ ކޮށްފައިވާ ނުކުތާތަކަށް އިތުރަށް ސަމާލުވުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ.

-          ކޮންމެހެން ނުކުންނަން ޖެހިގެން ނޫނީ ބޭރަށް ނުނިކުންނެވުމަށާއި ބޭރަށް ނުކުންނަނަމަ މާސްކު އަޅައި ގައިދުރުކަން ބެހެއްޓުން

-          މިސްކިތަށް ދިއުމުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒް ގެ އެންގުންތަކަށް ބޯލެބުމުގެ ގޮތުން، މާސްކު އެޅުމާއި، މުސައްލައެއް ހިފައިގެން މިސްކިތަށް ދިއުމަށާއި، ގެއިން ވުޟޫ ކޮށްގެން ދިއުމާއި، ކުޑަކުދިންނާއި މުސްކުޅިން ޖަމާއަތުގައި ބައިވެރި ނުވުމާއި، ބަލީގެ އަލާމާތެއް ހުރިނަމަ ޖަމާއަތަށް ނުދިއުން

-          ވިޔަފާރި ކުރުމަށް ފިހާރަތަކަށް ދިއުމުގެ ބަދަލުގައި އޮންލައިންކޮށް މުދަލަށް އޯޑަރު ކުރެއްވުން

-          އާންމު ސާފުތާހިރުކަމަށް ސަމާލުވުމާއި ގިނަ ގިނައިން އަތްދޮވުން

18 އޮކްޓޫބަރު 2020