ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)298/2020/45
ޕަބްލިޝްކުރި ތާރީޚް: 15 އޮކްޓޫބަރު 2020
ޕަބްލިޝްކުރި ގަޑި: 11:04
ސުންގަޑި: 31 އޮކްޓޫބަރު 2020 00:00
މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަމިއްލަ މަސައްކަތްކުރާ ފަރާތްތަކުގެ ދަފްތަރު އެކުލަވާލުން

އަލިފުށީގައި އެސްޓިމޭޓަށް މަސައްކަތްކުރާ ފަރާތްތަކައި އަމިއްލަ ތަކެތީގައި އެސްޓިމޭޓް މަސައްކަތްކުރަމުންދާ އަދި އެކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލުމަށް މި އިދާރާއިން ބޭނުންވާތީ، މި ދަފްތަރުގައި ނަން ނޯޓް ކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން އިދާރާއަށް ދުރުވެ ނަން ނޯޓްކުރެއްވުމަށް ދަންނަވަމެވެ. މި ދަފްތަރުގައި ނަން ނޯޓުކުރުމުގެ ފުރުސަތު ކޮންސްޓްރަކްޝަން މަސައްކަތްކުރާ ފަރާތްތަކާއި، ވަޑާމުގެ މަސައްކަތްކުރާ ފަރާތްތަކާއި، ވެލްޑިންގ މަސައްކަތްކުރާ ފަރާތްތަކާއި، އިލެކްޓްރިކަލް މަސައްކަތްކުރާ ފަރާތްތަކާއި، މުދާ ފޯރުކޮށްދިނުމުގެ މަސައްކަތްކުރާ ފަރާތްތަކާއި އަދި މިނޫންވެސް ފަރާތްތަކަށް ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ.

މި ދަފްތަރު އެކުލަވާލުމުގެ މައިގަނޑު މަޤްސަދަކީ ކައުންސިލުން ހިންގާ ޕްރޮޖެކްޓްތަކާއި، މަސައްކަތްތަކާއި، އެކިއެކި މަރާމާތުތަކާއި، ޕްރޮކިއޯމަންޓްއާއި ގުޅޭ ކަންކަމުގައި ވީހާވެސް ގިނަ ބަޔަކަށް މި ކަންކަމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން ކަމުގައި ދެންނެވީމެވެ.

              މިހެންވެ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

                        27  ޞަފަރު  1442

                     15 އޮކްޓޫބަރު 2020

15 އޮކްޓޫބަރު 2020