ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)/SDFC-HR/2020/25
ޕަބްލިޝްކުރި ތާރީޚް: 15 އޮކްޓޫބަރު 2020
ޕަބްލިޝްކުރި ގަޑި: 10:38
ސުންގަޑި: 28 އޮކްޓޫބަރު 2020 14:00
އެސް އެމް އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މި އިޢުލާންވަނީ 08 ނޮވެންބަރު 2020 17:37 ގައި ބާތިލް ކުރެވިފައެވެ.


މަޤާމް:  އޮފީސް އެސިސްޓެންޓް (މަސައްކަތު)

ބޭނުންވާ އަދަދު: 1

މަޤާމުގެ މަސްއޫލިއްޔަތު:

  • އޮފީހުން ފޮނުވަންޖެހޭ ސިޓީ ފަދަ ލިޔެކިއުންތައް، ކަނޑައެޅިފައިވާ ފަރާތްތަކަށް ހަވާލުކޮށްދިނުން.
  • އޮފީސް ސާފުތާހިރުކޮށް ބެހެއްޓުމަށް ކުރަންޖެހޭ މަސައްކަތް ކުރުން.
  • އޮފީސް ފޮޅައި ސާފުކުރުމުގެ މަސައްކަތް ކުރިއަށްދާގޮތް ބެލެހެއްޓުން.
  • މުވައްޒަފުންގެ ސައިގެ ކަންކަމުގައި އެހީތެރިވެދިނުން.
  • އޮފީހަށް ގަންނަންޖެހޭ ތަކެތި ގަތުމުގައި ޕްރޮކިއުމަންޓް މަސައްކަތްކުރާ މުވައްޒަފުންނަށް އެހީތެރިވެދިނުން.
  • އޮފީހުގައި ބާއްވާ އެކިއެކި މީޓިންގ/އިވެންޓްތަކަށް ތަން ތައްޔާރުކުރުމަށް އެހީތެރިވެދިނުމާއި ރިފްރެޝްމެންޓް ތައްޔާރުމާއި މީޓިންގ/އިވެންޓް ނިމުމުން ތަށިތައް ނަގައި ސާފުކުރުން.
  • އޮފީހުގެ މަސައްކަތާއި ގުޅިގެން ޙަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން.

 ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާ ތައުލީމާއި ތަޖުރިބާ:

  • ޖީ.ސީ.އީ އޯލެވެލް ފެންވަރު ހުރުން. ނުވަތަ،
  • ލިޔަންކިޔަން އެނގުމާއެކު، މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން އެއް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  •  މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު އަދި ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށްދިނުން.
  • މޮޓޯ ސައިކަލް ދުއްވުމުގެ ލައިސަންސް އޮތުން.

މުސާރައާއި ޢިނާޔަތްތައް:

  • 5000ރ އާއި 6000ރ އާއި ދެމެދު

މަސައްކަތްކުރަންޖެހޭ ގަޑި:

  • ހެނދުނު 08:00 އިން ހަވީރު 16:00 އަށް،

 މަގާމުގެ މަސައްކަތަށް ބެނުންވާ އެހެނިހެން ސިފަތައް:

  • ފަރުވާތެރިކަމާއި ސާފުތާހިރު ކަމާއެކު ކަންކަން ކުރަން އެނގުމާއި މީހުންނާ މުޢާމަލާތް ކުރުމުގައި ރަޙްމަތްތެރިކަމުގެ ސިފަ ހުރުން.
  • މަގާމުގައި އަދާ ކުރަންޖެހޭ މަސްއޫލިއްޔަތާގުޅޭ ދާއިރާއިން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  • ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ
  • ކުރިން މަސައްކަތްކުރެއްވި ފަރާތްތަކުން ދެއްވާފައިވާ ރިފަރެންސް ލެޓަރ
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

އެޕްލިކޭޝަން ހުށަހަޅަންވީ ގޮތާއި ސުންގަޑި:

  • އެޕްލިކޭޝަންސް ފޮނުއްވާނީ 28 އޮކްޓޫބަރު 2020 ވާ ބުދަ ދުވަހުގެ 14:00ގެ ކުރިން މި ކޯޕަރޭޝަންގެ އީމެއިލް: [email protected] އަށެވެ. އެޕްލިކޭޝަންސް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހަމައެކަނި އީމެއިލްއިންނެވެ.

މި ވަޒީފާއާބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ރަސްމީ ދުވަސްދުވަހު 09:00–14:00 ދެމެދު 3026015 ފޯނަށް ގުޅުއްވައި ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

15 އޮކްޓޫބަރު 2020