ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)-BCC/2020/27
ޕަބްލިޝްކުރި ތާރީޚް: 14 އޮކްޓޫބަރު 2020
ޕަބްލިޝްކުރި ގަޑި: 17:25
ސުންގަޑި: 22 އޮކްޓޫބަރު 2020 15:00
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ހުޅުމާލޭގައި ގާއިމް ކުރާ ކޯޝެއާޑް ކިޗެން ފެސިލިޓީގައި ކަލިނަރީ ޓްރެއިނިންގ ހިންގުމަށް ޝައުގުވެރިވާ ފަރާތްތަށް ރަޖިސްޓަރީވުމަށް ހުޅުވާލުން

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ


އިޢުލާން

އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ތެރެއިން ކާބޯތަކެތި އުފައްދާ ފަރާތްތަކަށް (ހާއްސަކޮށް ޒުވާން ވިޔަފާރިވެރިންނާއި ގޭގައި ތިއްބަވައިގެން ކާބޯތަކެތި އުފައްދާ ކަނބަލުންނަށް) އަމާޒުކޮށްގެން ޔޫ.އެން.ޑީ.ޕީގެ ސަސްޓެއިނަބަލް އިކޮނޮމިކް އެންޕަވަރމެންޓް އެންޑް ޑިވެލޮޕްމަންޓް ފޯ އެސް.އެމް.އީޒް (ސީޑްސް) ޕްރޮޖްކްޓްގެ މާލީ އެހީގެ ދަށުން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ އިސްނެންގެވުމާއެކު ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން (ބީ.ސީ.ސީ) ހުޅުމާލޭގައި ކޯޝެއާޑް ކިޗެން ފެސިލިޓީއެއް ގާއިމުކުރުމަށް ވަނީ ނިންމާފައެވެ. ކޯޝެއާޑް ކިޗެން ފެސިލިޓީއަކީ ކާބޯތަކެތި އުފެއްދުމަށް ބޭނުންވާ ގިނަ ވަސީލަތްތަކެއް އެއްތަނަކުން ލިބިދޭގޮތަށް އަދި އެއްފަހަރާ ގިނަ ބަޔަކަށް ބޭނުންކުރެވޭ ގޮތަށް ފަރުމާކުރެވިގެންދާނެ ތަނެކެވެ. އެހެންކަމުން، މި ފެސިލިޓީގައި ކާބޯތަކެތި ތައްޔާރުކުރާ ފަރާތްތަކަށް އަމާޒުކޮށް ތަފާތު ކަލިނަރީ ޓްރެއިނިންގތައް ހިންގުމަށް މި ކުންފުނިން ބޭނުންވެއެވެ.

ވީމާ މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ގޫގުލް ފޯމް މެދުވެރިކޮށް މިކަމަށް ރަޖިސްޓަރ ވެލެއްވުމަށް ދައުވަތު އަރުވަމެވެ. ފޯމް ހުށަހެޅުމުގެ ސުންގަޑިއަކީ 22 އޮކްޓޫބަރު 2020 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 1500 އެވެ. 

https://forms.office.com/Pages/ResponsePage.aspx?id=Y-pF_qOF9kaVz-F4Posec633qKR4q3BDiKfEmeQGrsdUNFIxRDZQWVZTNVVVOEk5RUs1U0k2MkQ1MS4u

 

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ)

މއ. މާދެލި، 6 ވަނަ ފަންގިފިލާ، މަޖީދީ މަގު، މާލެ

ފޯނު: 5555 330

އީމެއިލް: [email protected]

 

ވީމާ މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

14 އޮކްޓޫބަރު 2020