ދިވެހިރާއްޖެ
މެޖިސްޓްރޭޓް ކޯޓުތަކުގެ ބޭނުންވާ އެއަރ ކޮންޑިޝަން އަދި ފެންޕަންޕް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު ނަންބަރު: 198F/2020/74 އިޢުލާނުގެ ސްޕެސިފިކޭޝަނަށް ގެނެވުނު ބަދަލާ ގުޅިގެން އެ އިޢުލާން ބާޠިލުކޮށް އަލުން އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
އަދަދު |
ތަފްޞީލް |
09 |
އެއަރކަންޑިޝަން (9000 ބީޓީޔޫ / އިންވާޓަރ) |
24 |
އެއަރކަންޑިޝަން (12000 ބީޓީޔޫ / އިންވާޓަރ) |
22 |
އެއަރކަންޑިޝަން (18000 ބީޓީޔޫ / އިންވާޓަރ) |
07 |
އެއަރކަންޑިޝަން (24000 ބީޓީޔޫ / އިންވާޓަރ) |
01 |
އެއަރކަންޑިޝަން (24000 ބީޓީޔޫ / ސީލިންގ މައުންޓް) |
07 |
ފެންޕަންޕް (150 Watt ނުވަތަ 200 Watt) |
މި މަސައްކަތާގުޅޭ މަޢުލޫމާތުޝީޓް އަދި އަންދާސީހިސާބު ހުށަހަޅާ ފޯމު މިޑިޕާޓްމަންޓްގެ ވެބްސައިޓް www.judiciary.gov.mv ގެ ނޯޓިސްބޯޑުގެ ޕްރޮކިއުމަންޓް ނޯޓިސް ބޯޑްގެ އިޢުލާނާއި މައުލޫމާތު ޝީޓް ބައިން ލިބިވަޑައިގަންނަވާނެއެވެ.
މި މަސައްކަތްކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މައުލޫމާތު ސާފުކުރުމަށް މިޑިޕާޓްމަންޓްގެ މެއިލް އެޑްރެސް [email protected] އަށް 22 އޮކްޓޯބަރ 2020 ވަނަދުވަހުގެ 14:00 ގެ ކުރިން މެއިލް ކުރެއްވުންއެދެމެވެ. އަންދާސީހިސާބު 27 އޮކްޓޯބަރ 2020 ވަނަދުވަހުގެ 11:00 އަށް މިޑިޕާޓްމަންޓަށް ހުށައެޅުއްވުން އެދެމެވެ.
މިހެންވެ އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
27 ސަފަރު 1442