ދިވެހިރާއްޖެ
މި ސެންޓަރުގެ ނަންބަރު (IUL)479-PR/479/2020/7 (23 ސެޕްޓެންބަރު 2020) ގެ އިޢުލާނާއި ގުޅިގެން ދެވުނު މަޢުލޫމާތައް ބަދަލުއައިސްފައިވާތީ މި ސެންޓަރުގެ ހިއަރިންގ ރޫމަށް ބޭނުންވާ މައިކް ސިސްޓަމް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.
މަޢުލޫމަތު ސާފުކުރުން |
ބީލަން ހުށަހެޅުން |
ތަން : މޯލްޑިވްސް އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރ (ތީމުގެ މެއިންޓެނަންސް ބިލްޑިންގ ފުރަތަމަ ފަންގިފިލާ ، ހަވީރީ ހިނގުން / ކުރީގެ ލޭބަރ ރިލޭޝަންސް އޮތޯރިޓީ ހިންގި އިމާރާތް) |
ތަން : މޯލްޑިވްސް އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރ (ތީމުގެ މެއިންޓެނަންސް ބިލްޑިންގ ފުރަތަމަ ފަންގިފިލާ ، ހަވީރީ ހިނގުން / ކުރީގެ ލޭބަރ ރިލޭޝަންސް އޮތޯރިޓީ ހިންގި އިމާރާތް) |
ގަޑި : 2020 އޮކްޓޫބަރު 20 ވާ އަންގާރަ ދުވަހު ހެނދުނު 11:00 އަށް |
ގަޑި : 2020 އޮކްޓޫބަރު 25 ވާ އާދިއްތަ ދުވަހު ހެނދުނު 11:00 އަށް ނޯޓު : ބީލަން ހުޅުވުމަށް ހަމަޖައްސާފައިވާ ދުވަސް އެއްވެސް ސަބަބަކާ ހުރެ ސަރުކާރުން ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފިނަމަ ބީލަން ހުޅުވުން އޮންނާނީ ޖެހިގެން އަންނަ ރަސްމީ ދުވަހުގެ މަތީގައި ބަޔާންކޮށްފައިވާ ގަޑީގައެވެ. |
ވީމާ، މި ތަކެތި ސަޕްލައިކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތާވަލުގައިވާ ގޮތުގެމަތިން ކަނޑައެޅިފައިވާ ތަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ތާވަލުގައިވާ ގޮތުގެމަތިން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ބީލަން ހުށަހަޅަން ޙާޒިރުވާ ފަރާތްތަކުގެ ބީލަންތައް ބަލައި ނުގަނެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ޕްރޮޖެކްޓް ނަންބަރ، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
އަދި ދަންނަވަމެވެ. މިނިސްޓްރީ އޮފް ފިނޭންސްގެ ނަންބަރު 13-K/CIR/2019/27 (4 ޖުލައި 2019) މާލިއްޔަތު ސާރކިއުލަރގައި ވާގޮތުގެމަތިން މި ބީލަމުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި، ކުދި އަދި މެދުފަންތީގެ ވިޔަފާރި ގިންތިތަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށް އެކަނިއެވެ.
27 ޞަފަރު 1442