ޢާންމު މަޢުލޫމާތު
ނަންބަރު: (IUL) 416-ESMSMS/416/2020/65
ޕަބްލިޝްކުރި ތާރީޚް: 14 އޮކްޓޫބަރު 2020
ޕަބްލިޝްކުރި ގަޑި: 12:07
ސުންގަޑި: 21 އޮކްޓޫބަރު 2020 14:00
ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދާއިމީ ބިންތަކުގެ ދަފްތަރު ޢާންމު ކުރުމާއި ގުޅޭ

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (7/2010) ގެ 8 ވަނަ އިސްލާހުގެ 4-56 (ހ) ގައި، މިޤާނޫނަށް ޢަމަލުކުރަން ފަށާތާ 6 މަސްދުވަހުގެ ތެރޭގައި ރަށްރަށާއި، ސިޓީތަކުގައި، ޤައުމީ އިދާރާތަކަށާއި، ދަޢުލަތުގެ މުވައްސަސާތަކަށް ދާއިމީ ބޭނުމަށް  ދޫކޮށްފައިވާ ތަންތަނުގެ އޯޑިޓެއް ހަދައި، ދަފްތަރެއް އެކުލަވާލުމަށް ވަނީ ބަޔާންކޮށްފައެވެ.

އެހެންކަމުން، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ލަފާގެ މަތިން މި ކައުންސިލުން އެކުލަވާލާފައިވާ ދާއިމީ ބިންތަކުގެ ދަފްތަރު މި އިޢުލާނާއެކު އާއްމުކުރަމެވެ. އަދި މި ދަފްތަރާމެދު ޝަކުވާއެއް އޮތްނަމަ، ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު މިއަދުން ފެށިގެން 21 އޮކްޓޯބަރ 2020 ވާ ބުދަ ދުވަހުގެ 14:00 އާ ހަމައަށް ހުޅުވާލަމެވެ.

 ވީމާ، މިދަފުތަރާމެދު އެއްވެސް ފަރާތެއްގެ ޝަކުވާއެއް އޮތްނަމަ މަތީގައި ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން ލިޔުމަކުން މިކައުންސިލަށް ހުށައަޅުއްވައިދެއްވުން އެދެމެވެ.

14 އޮކްޓޫބަރު 2020