މަސައްކަތް
ނަންބަރު: (IUL)236-IED/236/2020/13
ޕަބްލިޝްކުރި ތާރީޚް: 14 އޮކްޓޫބަރު 2020
ޕަބްލިޝްކުރި ގަޑި: 10:59
ސުންގަޑި: 28 އޮކްޓޫބަރު 2020 13:15
މުލަކަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މުލަކަތޮޅު ބައެއް ރަށްރަށުގެ ލޭންޑްޔޫސް ޕްލޭން ތައްޔާރުކުރާނެ ފަރާތެއް ހޯދުން

މިއަތޮޅު މަޑުއްވަރި،ވޭވަށް،މުލައް، ނާލާފުށީގެ ލޭންޑްޔޫސް ޕްލޭން ތައްޔާރުކުރުމާއި،މުލީގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލްގެނައުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި މިއިދާރާގެ ނަންބަރ:(IUL)236-IED/236/2020/05 (23 ޖުލައި 2020) އިއުލާން އާއި ގުޅިގެން ހުށަހަޅުއްވާފައިވާ ބިޑްތައް ދެވިފައިވާ މައުލޫމާތާއި އެއްގޮތަށް ނެތުމުން އެ އިއުލާނު ބާތިލްކޮށް މިމަސައްކަތްކޮށްދިނުމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް އަލުން އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

މި ބީލަމުގައި ބައިވެރިވެވޭނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ގައި ވިޔަފާރިކުރުމަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.

ބީލަމުގައި ބައިވެރިވުމަށް ޝަރުތުހަމަވާ އަދި ޝައުޤުވެރިލައްވާ ފަރާތްތަކުން 2020 އޮކްޓޯބަރ 14 އިން 2020 އޮކްޓޯބަރ 19 ދުވަހުގެ 11:00 އަށް ރަޖިސްޓްރީވުމަށް 6720600 ނުވަތަ 7612483 ނަންބަރ ފޯނާ ގުޅުއްވައިގެން ނަންނޯޓްކުރެއްވުން އެދެމެވެ. ނަންނޯޓު ކުރައްވާ ފަރާތްތަކަށް ބިޑް ޑޮކިއުމަންޓް ލިބޭނެ އިންތިޒާމް ހަމަޖައްސައިދެވޭނެއެވެ.

އަދި ބީލަމާގުޅިގެން ދޫކުރެވޭ އެންމެ ފަހުގެ މަޢުލޫމާތުތައް މަތީގައި ދެންނެވިފައިވާ ނަންބަރުތަކާއި ގުޅުއްވައިގެން  ހޯއްދެވުމަކީ ބީލަމަށް ކުރިމަތިލައްވާ ފަރާތުގެ ޒިންމާއެކެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް 2020 އޮކްޓޯބަރ 19 ވަނަ ދުވަހުގެ 13:15 ގައި ޒޫމްމެދުވެރިކޮށް މަޢުލޫމާތު ދިނުމުގެ ބައްދަލްވުން ކުރިއަށް ގެންދެވޭނެއެވެ. އަދި ޒޫމް މެދުވެރިކޮށް ބާއްވާ ބައްދަލްވުމުގެ ލިންކް ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ހިއްސާކުރެވޭނެއެވެ. މައުލޫމާތު ސާފުކުރެއްވުމަށްފަހު، 2020 އޮކްޓޯބަރ 28 ވަނަ ދުވަހުގެ 13:15  އަށް މިއިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

14 އޮކްޓޫބަރު 2020