ދިވެހިރާއްޖެ
ނަންބަރު: 365/2020/41
އިޢުލާން
ބަނދަރު ސަރަހައްދުން ރެސްޓޯރެންޓެއް ހިންގުމަށް ބިންދޫކުރުން
މިރަށުގެ ބަނދަރު އުތުރުކޮޅުން ރެސްޓޯރެންޓެއް ހިންގުމަށް ޚާއްޞަކުރެވިގެން ދޫކުރުމަށް ހަމަޖެހިފައިވާ 1500 (ފަނަރަސަތޭކަ) އަކަފޫޓްގެ ބިމުގައި ރެސްޓޯރަންޓް ހިންގުމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކަށް ޕްރަޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
މައުލޫމާތު ދިނުމާއި، ޕްރޮޕޯސަލް ހުށައެޅުން
|
ވަގުތު |
ދުވަސް |
ތާރީހް |
ތަން |
މައުލޫމާތު ސާފުކުރުން |
13.00 |
ބުދަ |
21 އޮކްޓޯބަރ 2020 |
މުލީ ކައުންސިލް އިދާރާގެ ޖަލްސާކުރާމާލަމް |
ޕްރޮޕޯސަލް ހުށަހެޅުން |
13.00 |
ބުދަ |
28 އޮކްޓޯބަރ 2020 |
މުލީ ކައުންސިލް އިދާރާގެ ޖަލްސާކުރާމާލަމް |
ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ ގޮތް
- ސީ،އެސް،އާރުގެ ދަށުން ހުށަހަޅާކަންކަމަށް %50
- ބިމުގެ ކުއްޔަށް %20
- ހުށަހަޅާ ހުށަހެޅުމަށް %20
- ތަޖުރިބާއަށް % 10
ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނެ ލިއުމެއް ހުށަހެޅުއްވުން އެދެމެވެ. އަދި މަޢުލޫމާތު ސާފު ކުރެއްވުމަށް ބާއްވާ ބައްދަލުވުމުގައި ބައިވެރިނުވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިގަނެވެން ނެތްވާހަކަ ދަންނަވަމެވެ.
މިކަމާގުޅިގެން ކުރެވިފައިވާ މިއިދާރާގެ ނަންބަރު 37/2020/365 (04 އޮކްޓޯބަރ 2020) އިޢުލާނު ގެޒެޓްކުރެވުނުއިރު ތަޖްރިބާއަށް ލިބޭނޭކަމަށް ޖެހިފައި ނުވާތީ އެ އިޢުލާން ވަނީ ބާޠިލުކުރެވިފައެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
14 އޮކްޓޯބަރ 2020