ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)438-ENV/438/2020/182
ޕަބްލިޝްކުރި ތާރީޚް: 13 އޮކްޓޫބަރު 2020
ޕަބްލިޝްކުރި ގަޑި: 23:23
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
'ޅ. ފުށިފަރު ސަރަހައްދާއި ކުރެއްދޫ ކަނޑުއޮޅި' ގެ އިންތަކާއި މިންތައް އަދި ޒޯނޭޝަންގެ ތަފްޞީލު ތިރީގައިވާ ގޮތަށް ކަނޑައެޅުން

ޤާނޫނު ނަންބަރު 4/93 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާގެ ދަށުން 27 ސެޕްޓެމްބަރ 1995 ގައި މި މިނިސްޓްރީން ކޮށްފައިވާ ނަންބަރު: E/95/32 އިޢުލާނުން ޙިމާޔަތްކޮށްފައިވާ ފާދިއްޕޮޅު ފުށިފަރު ސަރަހައްދާއި، 22 މޭ 2003 ގައި މި މިނިސްޓްރީން ކޮށްފައިވާ ނަންބަރު: 10-C/99/38 އިޢުލާނުން ޙިމާޔަތްކޮށްފައިވާ ފާދިއްޕޮޅު ކުރެއްދޫ ކަނޑު އޮޅި ސަރަހައްދުގެ އިންތަކާއި މިންތައް އަދި ޒޯނޭޝަންގެ ތަފްޞީލު ތިރީގައިވާ ގޮތަށް 13 އޮކްޓޫބަރު 2020 އިން ފެށިގެން ކަނޑައަޅާ، ގަވައިދު ނަންބަރު: 2018/R-78 (ޤުދުރަތީ ނުވަތަ ޠަބީޢީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަންތަނާބެހޭ ގަވައިދު) ގައިވާ ގޮތުގެ މަތިން މިސަރަހައްދާބެހޭ އިތުރު ތަފްޞީލް ތިރީގައި ބަޔާން ކޮށް ،މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރަމެވެ.

13 އޮކްޓޫބަރު 2020