ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު |
ނަންބަރު: R1C-A/2020/02 |
|
ތާރީޚް: 13 އޮކްޓޯބަރ 2020 |
||
މަޤާމު |
އޮފީސް އެސިސްޓެންޓް (ދާއިމީ) |
ރޭންކް: އެސް.އެސް 2 |
ޢަދަދު |
01 |
ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް 2 |
މަސައްކަތްކުރަންޖެހޭ ތަން |
ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓް |
ސެކްޝަން: އިދާރީ ސެކްޝަން |
އަސާސީ މުސާރަ |
-/3470 ރުފިޔާ |
|
މިމަޤާމަށް ލިބޭ އެލަވަންސް |
- ޖުޑީޝަލް އެލަވަންސް: 1214/50 - ސަރވިސް އެލަވަންސް: -/1000 - ލިވިންގ އެލަވަންސް: -/2550 - ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ
|
|
އަސާސީ ޝަރުޠު |
(އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް މަދުވެގެން (A0) ގެ ލައިސަންސް އޮތުން) |
|
އެހެނިހެން ޝަރުތު |
|
|
މަޤާމުގެ މަސްއޫލިއްޔަތު |
- ކޯޓަށް ޙާޟިރުކުރަންޖެހޭ މީހުންނާއި ޙަވާލުކުރަންޖެހޭ ކޯޓަށް ޙާޟިރުވުމުގެ އަމުރު ޙަވާލުކޮށް އަމުރުގައި ސޮއިކުރުވުމަށް ފަހު އަމުރު ޙަވާލުކުރިކަމަށް ސޮއިކޮށް އަމުރުތަކުގެ ކޮޕީ ކޯޓާއި ޙަވާލުކުރުމާއި، އަމުރު ޙަވާލުކުރަންޖެހޭ މީހަކު ރަށުގައި ނެތްނަމަ އެމީހަކު އުޅޭތަނަކާއި ގުޅޭނެ ފޯނު ނަންބަރެއް ހޯދާ އަމުރުގައި ނޯޓް ކުރުން. އަދި ސީ.އެމް.އެސްގެ ތެރެއިން އަމުރުތައް ހަވާލުކުރުން. - ކޯޓުން އެކިއެކި ފަރާތްތަކަށް ފޮނުވަންޖެހޭ ތަކެއްޗާއި ފައިސާ އާއި، ސިޓީފަދަ ތަކެތި އެފަރާތްތަކާއި ޙަވާލުކުރުން. - މަސައްކަތު މީހުން ގޮވައިގެން ކޯޓުގެ ޢިމާރާތް ފޮޅާ ސާފުކުރުވައި، އަދާފައި ހުންނަ ލައިޓްތައް ހަރުކޮށް، ފާރުތަކުގައި ބަހައްޓާފައި ހުންނަ ގަޑިތައް ހަމަކޮށް ހެދުން. - ކޯޓަށް ހޯދަން ބޭނުންވާ ތަކެތީގެ އަގުބެލުމަށް ފިހާރަތަކަށާއި، އެނޫން ތަންތަނަށް ގޮސް އަގުބަލާ ފޯމް ފުރިހަމަކޮށް ކޯޓާއި ޙަވާލުކުރުމާއި، އެކިފަރާތްތަކުން ކޯޓަށް ގެންނަންޖެހޭ ތަކެތީގެ ތެރެއިން މޮޓޯސައިކަލުން ގެނެވޭ ތަކެތި ކޯޓަށް ގެނެސްދިނުން. - ކޯޓުގެ ކޮޓަރިތަކުގައި މީހަކު ނެތި ފަންކާ އާއި އެއަރކޯން ޖައްސާފައި އަދި ބޮކި ދިއްލާފައިވާނަމަ އެތަކެތި ނިއްވާލުން. - ޙައްދު ޖަހަންޖެހޭ މީހުންނާއި ތަޢުޒީރުކުރަންޖެހޭ މީހުން މެޖިސްޓްރޭޓް އަންގަވާ ގޮތެއްގެމަތިން ޙައްދު ޖެހުމާއި ތަޢުޒީރުކުރުން. - އެކިއެކި ބޭނުންތަކުގައި ކޯޓަށް އަންނަ މީހުން އިށީދެ ތިބެވޭނެ އިންތިޒާމް ހަމަޖައްސާދިނުމާއި، މައްސަލަތަކުގައި ޙާޟިރުވެފައި ތިބޭ މީހުން ގިނައިރުވާނަމަ ސެކްޝަންތަކުގައި ދަންނަވައިގެން އެފަދަ މީހުން އަވަހަށް ނިންމާދިނުމަށް މަސައްކަތްކުރުން. - މައްސަލަތަކާއި ގުޅޭގޮތުން ކޯޓަށް ޙާޟިރުކުރެވޭ މީހުން ކޯޓުގެ ޙުރުމަތް ގެއްލޭފަދަ އެއްވެސް ޢަމަލެއް ހިންގާނަމަ އެފަދަ ޢަމަލެއް ހުއްޓުވުމަށް މަސައްކަތްކުރުން. - ކޯޓުން ކުރާ އިޢްލާންތައް ނޯޓިސްބޯޑުގައި ބެހެއްޓުމާއި ކޯޓުން ކަޑައަޅާ ރަށުތެރޭގެ ސަރަޙައްދުތަކުގައި އިޢްލާން ތައްކުރުން. - މީގެ އިތުރުން ކޯޓުން ދޭންޖެހޭ ޚިދުމަތްތައް ދިނުމުގައި ވަޒީފާ ބަޔާނުގައި ހިމެނިފައި ނެތް އެހެން ނަމަވެސް ހާލަތު ނިޔާކުރާ ގޮތުން ކޯޓަށް މުވައްޒަފުގެ އެހީތެރިކަން ބޭނުންވެގެން، ކޯޓުގެ މަސްއޫލިއްޔަތުތައް ތަންފީޒުކުރުމަށްޓަކައި ކޯޓުން ހަވާލުކުރެވޭ އިތުރު މަސައްކަތްތައް
|
|
ހުށަހަޅަންޖެހޭ ތަކެތި |
|
|
ސުންގަޑި |
2020 އޮކްޓޯބަރ 22 ވާ ބުރާސްފަތި ދުވަހުގެ 13:30ގެ ކުރިން ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުއްވުން އެދެމެވެ. އަދި [email protected] އީމެއިލް މެދުވެރިކޮށް ވެސް ހުށަހެނޭނެއެވެ. |
|
އިތުރު މަޢުލޫމާތު |
|
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް |
މި މަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވާނީ ލިބިފައިވާ ތަޢުލީމާއި، ތަޖުރިބާއާއި، މަސައްކަތަށް ބޭނުންވާ ހުނަރާއި، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށާއި ޤާބިލްކަން ކަށަވަރު ކުރުމަށްޓަކައި ކުރެވޭ އިންޓަރވިއު އަށް ބަލައެވެ. މިގޮތުން މިބައިތަކަށް މާކްސް ކަނޑައެޅިފައިވަނީ:
|
|
މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް |
|