ޢާންމު މަޢުލޫމާތު
ނަންބަރު: ނަންބަރ:(IUL)346/346/2020/48
ޕަބްލިޝްކުރި ތާރީޚް: 13 އޮކްޓޫބަރު 2020
ޕަބްލިޝްކުރި ގަޑި: 14:44
ސުންގަޑި: 22 އޮކްޓޫބަރު 2020 14:00
އަރިއަތޮޅު އުތުރުބުރީ ހިމަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮންޓެކްޓް އުސޫލުން މުވައްޒަފަކު ނެގުން

 

  މަޤާމް:                     އެޑްމިނިސްޓްރޭޓިވް އޮފިސަރ

 މަޤާމުގެ ނަންބަރ:              -

ބޭނުންވާ އަދަދު:                01

މަޤާމުގެ ގިންތި:                ވަގުތީ ( 04 މަސް ދުވަސް )

މަޤާމުގެ ރޭންކް:                ޖީ.އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން:          އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން:         އއ.ހިމަންދޫ ކައުންސިލްގެ އިދާރާ

މުސާރަ:                      4465.00

ސަރވިސް އެލަވަންސް:            1500.00

އެހެނިހެން އެލަވަންސް:            700.00

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:  

v             ސްޓޮކް ބެލެހެއްޓުން

v            ވިޔަފާރި ހުއްދަ ދޫކުރުން

v            ވިޔަފާރި ކުރާ ތަންތަން މުނިޓަރ ކުރުން

v            ފައިސާ ބަލައިގަތުން

v            ރައްޔިތުންގެ މާލިއްޔަތާއި ގުޅޭ ފައިސާއާއި ގުޅޭ މަސައްކަތް

v            އޮޑި ދޯނިފަހަރުގެ ރަޖިސްޓްރީ ގެ ކަންކަން ކުރުން

v            ކައުންސިލްގެ ވިޔަފާރިތައް ބެލެހެއްޓުމާއި އަދި އެ ވިޔަފާރިތައް ތަރައްޤީ ކުރުމުގެ އެންމެހާ މަސައްކަތް

v            މަސްވެރިކަމާއި ދަނޑުވެރިކަމާއި ގުޅޭ މަސައްކަތް ހަރުދަނާ ކުރުމަށް ކުރަން ޖެހޭ އެންމެހާ މަސައްކަތް

v            އޮފީސް ހުޅުވާ ލެއްޕުމުގެ ހެދިފައިވާ ތާވަލާއި އެއްގޮތައް އަމަލު ކުރުން

v            އިވެލުއޭޝަން އަދި ބިޑު ކޮމިޓީގައި ކުރަން ޖެހޭ މަސައްކަތް ކުރުން

v            ކައުންސިލްގެ އެންމެހާ އުސޫލުތަކާއި ހެދިފައިވާ ޤަވައިދުގެ ތެރެއިން ކައުންސިލަށް ކުރިއެރުން        ލިބޭނެ އެންމެހާ ކަންކަން ކުރުން

v            މުވައްޒަފުންގެ ރެކޯޑް ފައިލް ބެލެހެއްޓުން

v            ޗުއްޓީ ސަލާމް ހާޞިރީ ބެލެހެއްޓުން

މަޤާމުގެ ޝަރުތުތައް:

  1.  ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއިއެކު، އޭގެ އިތުރުން

       'ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން

        'ސީ' ގްރޭޑް ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1.  ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި

އިދާރާއިން ލިބެންހުންނާނެއެވެ.)

  1. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  3. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ،

އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ އެޓެސްޓް ކުރި ލިޔުން.

  1. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ އެޓެސްޓް ކުރި ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުންދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ އެޓެސްޓް ކުރި ކޮޕީ އަދިޓްރާންސްކްރިޕްޓްގެ ކޮޕީ.

  (ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ އެޓެސްޓް ކުރި ކޮޕީ؛

   ނުވަތަކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ އެޓެސްޓް ކުރި ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ އެޓެސްޓް ކުރި ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލްސާރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި، ޤައުމީނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި،ވަޒީފާގެ މަސްއޫލިއްޔަތުބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)އަމިއްލަ ކުންފުންޏެއްނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

(ނ) އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްޞާވާ ކުންފުންޏެއްގައި މަސައްކަތްކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮސްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް    ލިބިފައިވާ ތަޢުލީމާއި، ތަޖުރިބާ އަދި އިންޓަރވިއުއަށް

ހޮވުމަށް ބެލޭނެ ކަންތައްތައް:

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:  މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 22 އޮކްޓޯބަރ 2020 ގެ 14:00 ގެ       ކުރިން، އއ.ހިމަންދޫ ކައުންސިލް އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް  [email protected]  މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓްކުރުން:

 މި ވަޒީފާއަށް އެދި ހުށަހަޅާފަރާތްތަކުގެ އަދަދު 10 އަކަށް ވުރެ އިތުރުވާނަމަ އޭގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށްބަލައި،ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތްޝޯޓްލިސްޓް ކުރެވޭނެއެވެ.

 

އިންޓަރވިއު އޮންނާނެ     މި މަޤާމަށް މީހަކު ނެގުމަށް ކުރެވޭ އިންޓަރވިއު އޮންނާނީ 22 އޮކްޓޯބަރ 2020 އިން ފެށިގެން  

      ތަނާއި، މުއްދަތު:   24 އޮކްޓޯބަރ 2020 އާއި ދެމެދު، އއ.ހިމަންދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.

 

ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދުނޫން 5 ދުވަހުގެތެރޭގައި " ވަޒީފާއަށް ކުރިމަތިލީ

ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް   ފަރާތްތަކަށް ޕޮއިންތް ލިބުނު ގޮތުގެ ޝީޓް (A2  ފޯމް) އާންމުކޮށް ފެންނާނެހެން މި އިދާރާގެ

އާންމުކުރުން:              ނޯޓިސްބޯޑުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ

                      ގޮތާއިމެދު އެއްވެސް ޝަކުވާއެއް އޮތްނަމަ A2 ފޯމް އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ 

                      ބަންދުނޫން 5 ދުވަހުގެރޭގައި އެ ޝަކުވާއެއް މިއިދާރާއަށް ހުށަހަޅަން ވާނެއެވެ.

 

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6660061 އަށެވެ. އީ-މެއިލް ކުރާނީ  [email protected] އަށެވެ.

13 އޮކްޓޫބަރު 2020