މަސައްކަތް
ނަންބަރު: (IUL)333/333/2020/15
ޕަބްލިޝްކުރި ތާރީޚް: 13 އޮކްޓޫބަރު 2020
ޕަބްލިޝްކުރި ގަޑި: 12:09
ސުންގަޑި: 27 އޮކްޓޫބަރު 2020 13:00
މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިއިދާރާގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުން

ކޮންޓްރެކްޓް އުޞޫލުން މިއިދާރާގެ ސެކިއުރިޓީ 2 (ދޭއް) އަހަރުދުވަހުގެ މުއްދަތަށް ބަލަހައްޓައިދެވޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2020 އޮކްޓޯބަރ 20 ވާ އަންގާރަ ދުވަހުގެ 13:00އަށް   މިއިދާރާގެ ކޮންފަރެންސް ހޯލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު،2020 އޮކްޓޯބަރ 27 ވާ އަންގާރަ ދުވަހުގެ 13:00އަށް މިއިދާރާގެ ކޮންފަރެންސް ހޯލަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މިމަސައްކަތަށް ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށާއި ޖަމްޢިއްޔާތަކާއިބެހޭ ޤާނޫނު ނަންބަރު (2003/1) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ޖަމާޢަތްތަކަށެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ޙާޟިރުވެވެން ނެތިގެން ބަދަލުގައި އެހެން ފަރާތެއް ހަމަޖައްސަވާނަމަ އެފަރާތެއް ހަމަޖެއްސެވިކަމުގެ ރަސްމީ ލިޔުމެއް ގަޑިޖެހުމުގެ ކުރިން މި އިދާރާއަށް ހުށަހަޅަންވާނެއެވެ. އަންދާސީ ހިސާބު ހުށަހަޅާނީ ބަންދުކުރެވިފަވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި އަންދާސީހިސާބު ހުށަހަޅާ މަސައްކަތުގެ ނަމާއި ހުށަހަޅާ ފަރާތުގެ ނަން އޮންނަންވާނެއެވެ. 

 މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

13 އޮކްޓޫބަރު 2020