ޢާންމު މަޢުލޫމާތު
ނަންބަރު: GNFH: (I)(I)AP/2020/10 :ނަންބަރ
ޕަބްލިޝްކުރި ތާރީޚް: 13 އޮކްޓޫބަރު 2020
ޕަބްލިޝްކުރި ގަޑި: 08:21
ސުންގަޑި: 20 އޮކްޓޫބަރު 2020 13:00
ފުވައްމުލަކު ހޮސްޕިޓަލް
ދިވެހިރާއްޖެ
ފުވައްމުލަކު ހޮސްޕިޓަލުގެ އިމާރާތްތަކާއި ފާރުތަކާއި ގޯތިތެރެ ފޮޅައި ސާފުކޮށް، ވަށައިގެންވާ މަގުތަކުން ކުނިނަގައި ވިނަނޮޅައި ސާފުކުރުމުގެ މަސައްކަތުގެ ބީލަމުގެ ދަޢުވަތު:

މި އިޢުލާންވަނީ 13 އޮކްޓޫބަރު 2020 08:45 ގައި ބާތިލް ކުރެވިފައެވެ.


 

ފުވައްމުލަކު ހޮސްޕިޓަލް

 ފުވައްމުލައް ، ދިވެހިރާއްޖެ

                     

 GNFH: (I)(I)AP/2020/10 :ނަންބަރ    

އިޢުލާން

ފުވައްމުލަކު ހޮސްޕިޓަލުގެ އިމާރާތްތަކާއި ފާރުތަކާއި ގޯތިތެރެ ފޮޅައި ސާފުކޮށް، ވަށައިގެންވާ މަގުތަކުން ކުނިނަގައި ވިނަނޮޅައި ސާފުކުރުމުގެ މަސައްކަތުގެ ބީލަމުގެ ދަޢުވަތު:

        މި ހޮސްޕިޓަލުގެ ގޯތިތެރޭގައިވާ އިމާރާތްތަކާއި، ގޯތިތެރެއާއި ހޮސްޕިޓަލު ހިމެނޭ ސަރަޙައްދު އަމިއްލަ ތަކެތީގައި ކުނިކަހައި ފޮޅައި ސާފުކުރުމުގެ މަސައްކަތް ކުރާނެ ފަރާތެއް ވަނީ ބޭނުންވެފައެވެ.  

ވީމާ، މިމަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން، 14 އޮކްޓޯބަރ 2020 ވާ ބުދަ ދުވަހުގެ 13:00 އަށް މި ހޮސްޕިޓަލުގެ އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު،

20 އޮކްޓޯބަރ 2020 ވާ އަންގާރަ ދުވަހުގެ 13:00 އަށް މި ހޮސްޕިޓަލުގެ އޮފީހަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަންދާސީ ހިސާބު ހުށަހެޅުއްވޭނީ، މަޢުލޫމާތު ސާފުކުރުމަށް އޮންނަދުވަހު ހާޟިރުވާ (މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި ރަޖިސްޓްރީ ކޮށްފައިވާ) ކުންފުނި/ވިޔަފާރިތަކަށެވެ.

މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބު ހުށަހެޅުމަށް އޮންނަ ދުވަހު ކުންފުނި/ވިޔަފާރިތަކުން ފޮނުވާ މަންދޫބަކީ ކާކުކަން އެނގޭނޭ (ކުންފުނި/ވިޔަފާރީގެ ރަސްމީ ލެޓަރހެޑްގައި ލިޔެ ތައްގަޑު ޖަހާފައިވާ) ލިޔުމެއް ހުށަހަޅުއްވަން ވާނެއެވެ.

                       

                        26 ޞަފަރު     1442ހ             

                       13 އޮކްޓޯބަރ     2020މ.

    

                                                                           އަޙުމަދު ސަޢީދު

                                                                            މެނޭޖަރ، ހެލްތް ސާރވިސަސް

 

 

 

13 އޮކްޓޫބަރު 2020