މަސައްކަތް
ނަންބަރު: (IUL)237-C/237/2020/05
ޕަބްލިޝްކުރި ތާރީޚް: 12 އޮކްޓޫބަރު 2020
ޕަބްލިޝްކުރި ގަޑި: 14:03
ސުންގަޑި: 12 އޮކްޓޫބަރު 2020 10:30
ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަތޮޅުސްޓޯރުގެ މުދާ މަޖޫރީކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާނު

މިއިދާރާގެ ބެލުމުގެ ދަށުން ހިންގާ އާވާނިރު/ފ. އަތޮޅުސްޓޯރަށް ގެންނަ މުދާ މަޖޫރީކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން މިއިދާރާއިންކޮށްފައިވާ ނަމްބަރު: (IUL)237-C/237/2020/02(31 އޮގަސްޓް 2020)އިޢުލާނާއިގުޅޭ އަންދާސީ ހިސާބު ހުށަހަޅާ ފޯމުގައި ހިމަނަންޖެހޭ ބައެއް މަޢުލޫމާތުތައް ހިމެނިފައި ނުވާތީ އެ އިޢުލާން ބާޠިލްކޮށް، ސްޓޯރަށް ގެންނަ މުދާ 01 އަހަރު ދުވަހުގެ މުއްދަތަށް މަޖޫރީކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނު ކުރަމެވެ.  

މަޖޫރީކޮށްދިނުމަށް އެދި ހުށަހަޅަންޖެހޭ އަންދާސީ ހިސާބު ހުށަހަޅާފޯމާއި މަޖޫރީކުރުމާއިބެހޭ މަޢުލޫމާތު ކަރުދާސް މިއިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެން ހުންނާނެއެވެ. ވީމާ، މިމަސައްކަތް ކުރުމަށް ޝައުޤުވެރިވެ ލައްވާ ފަރާތްތަކުން 2020 އޮކްޓޫބަރު 22 ވަނަ ދުވަހުގެ 10:30 އަށް މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.  

12 އޮކްޓޫބަރު 2020